ކުޑަފަރުގައި އެއާޕޯޓެއް ހައްދަވައި ދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންފި

ވެރިކަމުގެ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ އެ ދައުރުގެ ތެރޭގައި ށ.ކުޑަފަރުގައި އެއާޕޯޓެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވައުދުވެވަޑައިގެންފިއެވެ. ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ގޮތުން ށ.ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސަރުކާރު ވެރިކަމަށް އައީ 20 މިނެޓުން އެއާޕޯޓަކަށް ނުދެވޭނެ އެއްވެސް ރަށެއް ނޯންނާނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ވައުދާއެކުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮމަންޑުއާއި އެ […]

ހުކުމް ބާތިލު ނުކުރާހައި ހިނދަކު ޔާމީނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ: އީސީ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލު ނުކުރާހައި ހިނދަކު އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ރައީސް ޔާމީން ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް އޭގެފަހުން ވ.އާރަށުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ނަމަވެސް ޕީޕީއެމްއިން ބުނަމުންދަނީ އޭ ޓު ޒެޑަށް ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ […]

ފުވައްމުލަކުގައި މާރާމާރީއެއް ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 00:30 ހާއިރު ފުވައްމުލަކު ސިޓީގައި ހިނގި މާރާމާރީއެއްގައި 36 އަހަރު ދިވެހި ފިރިހެނަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ. ޒަޚަމްކޮށްލި މީހާއަށް ފުރަތަމަ ފަރުވާދިނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އޭނާގެ ހާލު ސީރިއަސްވުމުން އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.  ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. ފުލުހުން ބުނީ މި މައްސަލައާ […]

ފިލައިގެން ދާން އުޅެނިކޮށް މަންޑޭ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި

ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ރެޒިޑެންސް ފުލެޓްތައް ވިއްކުމުގެ ތެރެއިން މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޙަސަން މަމްދޫޙް (މަންޑޭ) ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ކޭޕާކް ރެޒިޑެންސް ފުލެޓްތައް އިމާރަތްކުރާ ހަމްބޯ ކޮމްޕެނީގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނީ މި މަހުގެ 4 ގައެވެ. އެއާއެކު އޭނާ ފިލަން އުޅޭކަމަށް މައުލޫމާތު ލިބުމުން […]

ބަނގުރާ ދަޅުތަކާއެކު ފިލަން ދަނިކޮށް ދެ މީހަކު އަތުލައިގެންފި

މާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މި އޮޕަރޭޝަން ހިންގީ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މާލެއަށް އެ ކާރު އައުމުން ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ކާރު މަޑުނުކޮށް ދިއުމުން  ފުލުހުން ވަނީ އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވާފައެވެ.  އެގޮތުން ސީގަލް ކަންމަތިން ކާރު ހުއްޓުވައި ކާރުގައި ތިބި 21 އަހަރުގެ ދިވެހި […]

މާލެއިން ގޯތި ދޫކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތީ ޑރ.މުޢިއްޒަށް އެކަނި: ނަޝީދު

މާލެއިން ގޯތި ދޫކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތީ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒަށް އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ރޭ ބޭއްވި  ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ޣިޔާޘުއްސީން ސުކޫލުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ތިބި އެންމެ ނިކަމެތި ރައްޔިތުންގެ ގިނަ ބަޔަކީ މާލޭ ރަށްވެހިން ކަމަށާއި އެ ރަށްވެހިންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ކަމަށެވެ. އެ […]

މަންޑޭ ހައްޔަރުކުރަން އަމުރު ނެރެފި

ހުޅުމާލޭގައި އިމާރަތްކުރަމުންދާ ކޭ.ޕާކް ރެޒިޑެންސް އެޕާޓްމަންޓްތައް ނުއަގުގައި ވިއްކިކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ޙަސަން މަމްދޫޙް (މަންޑޭ) ހައްޔަރުކުރަން އަމުރު ނެރެފިއެވެ. ހަންބޯ ކޮމްޕެނީ ލިމިޓެޑާއި އާބަންކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރަތްކުރަމުންދާ ކޭ.ޕާކް ރެޒިޑެންސް އެޕާޓްމަންޓްތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން އެ އެޕާޓްމަންޓްތައް އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން ހުށަހަޅާފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު […]

ރައީސް ސޯލިހު: ޣައްދާރުވުމުގައި މުޅިން އެހެން ލެވެލްއެއް

ދިވެހިރާއްޖޭގެ ތާރީޚު ލިޔާން ފެށީއްސުރެ މިއަދާ ހަމައަށް ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށްވުރެ ބޮޑު ޣައްދާރެއް ރާއްޖެއަކުން ފެނިފައިނުވާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. ޗެނަލް 13 އިން ރޭ ގެނެސްދިން “ނިއުސް ޓޯކް“ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައި އަދުރޭ ވިދާޅުވީ ރައީސް ޞާލިޙަށް ވޯޓު ދޭން ނުޖެހޭ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނު ގައުމަށް ޣައްދާރުވެފައިވާތީ ކަމަށެވެ. “އަޅުގަނޑަކު ހަމަ ގައިމުވެސް ނުދެކެން ދިވެހިރާއްޖޭގެ […]

އިދިކޮޅު ކޯލިޝަނުން ތިބީ ”އިންޑިއާ އައުޓް“ ގޮވުން ހުއްޓައިލާ ގޮތަކަށް ނޫން

ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އުފައްދާ ސިޔާސީ ޕާޓީ, “ދަ ޑިމޮކްރެޓްސް“ އިން ވަކި ގޮތަކަށް ބުނުމަކީ ޕީޕީއެމް/ޕީއެންސީން ހިންގަމުންދާ ހަރަކާތެއް ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ. ދަ ޑިމޮކްރެޓްސްއާ އިދިކޮޅު ކޯލިޝަން ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ފަށާފައިވާއިރު މިދިޔަ ޢީދު ދުވަހު އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ ހަރަކާތެއްގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މޫނު ސިފަވާ ގޮތަށް ހަދާފައިވާ މޫނުމަތިތައް އަޅައިގެން ”އިންޑިއާ އައުޓް“ ގޮވައި އަޑުއުފުލައިފައެވެ. އެ ހަރަކާތް […]

ޑިމޮކްރެޓްސް އަދި އެއްވެސް ބަޔަކާއެކީ ކޯލިޝަނެއް ނުހަދާނަން: އިދިކޮޅު ކޯލިޝަން

ރިޔާސީ އިންތިޚާބަށް އެއްވެސް ބަޔަކާ އެކީގައި ކޯލިޝަން ހެދުމުގެ މަސައްކަތެއް ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން ދަ ޑިމޮކްރެޓްސްއާއެކު ބާއްވާ ބައްދަލުވުންތަކާ ގުޅިގެން ނޫސްވެރިއަކު މިއަދު ސުވާލުކުރުމުން ޢަބްދުއްރަޙީމް ވިދާޅުވީ ޑިމޮކްރެޓްސް އަދި އެހެން ޕާޓީތަކާ އެއްކޮށް ވާހަކަދައްކަނީކީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތަކުންނެއް ނޫން ކަމަށާއި ވާހަކަ ދައްކަނީ ގައުމީ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ކަމަށެވެ. “އަޅުގަނޑު [ޑިމޮކްރެޓްސް]މި ދެންނެވީ އަޅުގަނޑުމެން […]