ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި

ގއ.ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ. ވިލިނގިލީގައި އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހުކުރު ދުވަހުގެރޭގައެވެ.  ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ އުމުރުން 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެެއް ކަމަށް ބުނި ނަމަވެސް އެ މީހުންގެ އިތުރު […]

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ޑރ.ޖަމީލް ހަމަޖައްސަވައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔުމް ރަނިންގް މޭޓަކަށް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ހަމަޖައްސަވައިފިއެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި ކަމަށެވެ. 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރަނިންގމޭޓަކަށް ހުންނެވީ ވެސް ޖަމީލެވެ. ނައިބު ރައީސްކަމުގައި 2015 ވަަނަ އަހަަރުގެ […]

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު 148 ބޭފުޅަކަށް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން 148 ބޭފުޅެއްގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައެވެ. މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި އިޚުލާސްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް […]

މިހާރު ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާ: އެޗްޕީއޭ

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މި ރޯގާއިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުން ހިމެނެއެވެ. ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށާއި ރަނގަޅަށް […]

ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން މިއަދު ބުނީ މިތަކެތި އަތުލައިގަތީ މި މަހުގެ ހަތްވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން އެ ޕެކޭޖްތެރޭގައި އޮތް ދެ ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. […]

އިމްރާންގެ އެންގެވުމަށް ރައީސް ޔާމީން ވަކީލުންގެ ބައްދަލުވުމަށް ހުރަސްއެޅިކަމުގެ ތުހުމަތު

ހޯމް މިނިސްޓަރު އިމްރާންގެ އެންގެވުމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ހުރަސްއަޅާފައިވާކަމަށް ޕީޕީއެމްއިން ދެންމެ ބުނެފިއެވެ. ޕީޕީއެމްއިން ކުރި ޓުވީޓެއްގައި ބުނީ ރައީސް ޔާމީންގެ ވަކީލުން މިއަދު މާފުށްޓަށް ވަޑައިގަތުމުން އިމްރާންގެ އެންގެވުމަށް ބައްދަލުވުމަށް ހުރަސް އަޅައި ރައީސް ޔާމީނާއި ވަކީލުން ބައްދަލުކުރުމުގެ ފުރުސަތުދީފައިނުވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ގާނޫނުގެ ބޭރުން  ހުރަސް އެޅިކަން ފާހަގަކުރައްވައި, ރައީސް ޔާމީންގެ ވަކީލުންގެ ވަކީލުންގެ ޓީމުގެ އިސް […]

އައްޑޫން ދޫކުރާ 1,000 ގޯއްޗަށް 4,000 އަށްވުރެ ގިނަ ފޯމު ހުށަހެޅި

އައްޑޫ ސިޓީން ދޫކުރާ 1,000 ގޯއްޗަށް 4,000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ ގޯތިތައް ލިބޭ މީހުންގެ ލިސްޓު އާންމުކުރުން ލަސްވެފައިވަނީ އެހާ ގިނަ ފޯމު ހުށަހަޅާފައިވާތީ ކަމަށެވެ. އަމާޒަކީ އަންނަަ މަހުގައި ލިސްޓު އާންމުކުރުން ކަމަށާއި ފޯމުތައް އިވެލުއޭޓްކޮށް ނިމެން ކައިރިވެފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. އައްޑޫ ސިޓީން ގޯތި ދޫކުރަން ނިންމައި […]

އިންތިޚާބީ ހައްގުތައް ކަށަވަރުކުރަން ރައީސް ޔާމީން ސްޕްރީމް ކޯޓަށް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިންތިޚާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލު އާދަމް ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިޚާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.  “އެ […]

ރިޔާސީ އިންތިޚާބު: ޝަކުވާތައް ބަލައިގަތުމަށް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފި

އަންނަ ރިޔާސީ އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި އިންތިޚާބާ ބެހޭ މަރުކަޒު ދަރުބާރުގޭގައި ”ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ“ މިއަދު ގާއިމުކޮށްފިއެވެ. ެއިލެކްޝަންސް ކޮމިޝަނުން މިއަދުހާމަކުރި ގޮތުގައި ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. އަދި  ހުކުރުދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ. ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ. ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. ޝަކުވާ ހުށަހަޅާ […]

ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު ފުރުމާ ގުޅޭ ކަންކަން ފަށައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ފުރުމާގުޅޭ ކަންކަން ކުރަމުންދާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލާފައިވަނީ މާދަމާ ހެނދުނު 09:00 އިން އޮގަސްޓު 7 ވަނަ ދުވަހުގެ 14:00 އަށެވެ. ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަންސްއަށް ހުށަހަޅާނެތޯ މީޑިއާތަކުން ސުވާލު ކުރުމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު […]