ފައިނަލް ލިސްޓު އާންމުކޮށްފި, ވޯޓު ލެވެނީ 282,395 މީހުންނަށް

ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން އާންމުކުރި ލިސްޓުގައިވާ ގޮތުން ޖުމްލަ 282,672 މީހުންނަށް މިފަހަރުގެ ރިޔާސީ ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް ފައިނަލް ލިސްޓުގައިވާ ގޮތުން ވޯޓުދިނުމުގެ ހައްގު ލިބިގެންވަނީ 282,395 މީހުންނަށެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. މި ލިސްޓުގައިވާ ގޮތުން ރިޔާސީ އިންތިޚާބުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޖުމްލަ 574 […]
“މުލީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީންގެ ތަސައްވުރެއް, އަޅުގަނޑު އެކަން ބާރަށް ކުރިއަށް ގެންގޮސް ނިންމާނަން“

މ.މުލީގެ ބިން ހިއްކުމާއި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ތަސައްވުރެއް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމައި އެކަމުން ރައްޔިތުންނަށް އުފާވެރިކަން ހޯއްދަވައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުލީގައި ބޭއްވި ޖޯލިފަތި ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ މުލީގެ ބިން ހިއްކުމާއި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ތަސައްވުރެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި 2018 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން މަސައްކަތް ވެސް ފެށްޓެވި […]
ޒަރީރަށް ހަމަލާދިން މައްސަލާގައި އިބްރާހީމް ޢަބްދުﷲ އަލުން ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލުމަށްފަހު އޭގެތެރެއިން ދެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި މއ.ނައިޓްވިލާ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުން އެ ތިން މީހުން ވެސް ޝަރުތުތަކަކާއެކު ދޫކޮށްލީއެވެ. ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން ކުރި ހުކުމުގައި ބުނީ އެ ތިން […]
ދެން ކުރާން އޮތް ބޮޑު މަސައްކަތަކީ އެމްޑީޕީ “އަތުލުން“ : ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) “އަތުލުމަކީ“ ކުރައްވާން އޮތް ބޮޑު މަސައްކަތް ކަމަށާއި އެކަން ކުރައްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭނަށް ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ދިއްދުއަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި […]
އިންޑިއާއިން ރާއްޖެއަށް 7,000 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 7,000 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފިއެވެ. ޖަމާލުއްދީން ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތްތައް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. ސަރުކާރުގެ ފަރާތުން ފޮތްތަކާ ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހަދިޔާކުރީ 7,115 ފޮތެވެ. މިއީ މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާނުކުރެއްވި 215 ސްކޫލެއްގައި “އެންރިޗިންގ ސްކޫލް ލައިބްރަރީޒް ޕްރޮޖެކްޓް“ […]
އިބޫ އެބަޖެހޭ ޝަރުޢީ ދާއިރާގެ ވާހަކަ ދެއްކުން ހުއްޓާލަން: ޖަމީލް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރުއީ ދާއިރާގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ. ޑރ.ޖަމީލު މިއަދު ވިދާޅުވީ ރައީސް ޞާލިޙް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުއްވަވާކަމުގެ ބައިވަރު ހެކިތައް އެބަހުރި ކަމަށެވެ. ނުފޫޒު ފޯރުއްވަވާކަން ސާބިތުވާ ގަތަޢީ ހެކިތަކުގެ ތެރޭގައި ރައީސް ޔާމީނަށް ޙުކުމް ޖަހާ ކޮންމެ ގާޟީއަކަށް ދެވޭ މަގާމުގެ ކުރިއެރުން ހިމެނޭ ކަމަށާއި ޖޭއެސްސީ މިނިވަން ނުކޮށް މާފިޔާއަކަށް ހަދާފައިވުމާއި ރައީސް […]
ޝަރުތު ހަމަވާ އެންމެންނަށް އައްޑޫން ގޯތި ދިނުމަށް ނިންމައި މާދަމާ ލިސްޓު އިއުލާނުކުރަނީ

އައްޑޫ ސިޓީން ދޫކުރާ 1000 ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ނިންމައި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މާދަމާ އިއުލާނުކުރަން ނިންމައިފިއެވެ. އައްޑޫ ސިޓީން ގޯތި ދޫކުރަން ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ފެބްރުއަރީގައެވެ. އޭރު އިިއުލާނުކުރީ 1000 ގޯތި ދޫކުރުމަށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި މީދޫން 100 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދޫން 100 ގޯއްޗެވެ. މި ގޯތިތަކަށް އެދި ޖުމްލަ […]
ޑރ.މުޢިއްޒު މިއަދު ވ, މ, ފ އަދި ދ.އަތޮޅަށް ފުރާވަޑައިގަންނަވަނީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހަތަރު އަތޮޅަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. 16 އޮގަސްޓު: 17:00 – ކުޑަހުވަދުއަށް ވަޑައިގަތުން 20:30 – ކުޑަހުވަދޫ ޖަލްސާ 17 އޮގަސްޓް: 9:10 – މާއެނބޫދުއަށް ވަޑައިގަތުން 10:00- ހުޅުދެއްޔަށް ވަޑައިގަތުން 12:00- މީދުއަށް ވަޑައިގަތުން 16:00- ނިލަންދުއަށް ވަޑައިގަތުން 20:30- ނިލަންދޫ ޖަލްސާ 18 އޮގަސްޓް: 8:45- ދިއްގަރަށް ވަޑައިގަތުން 13:50- މަޑުއްވަރިއަށް ވަޑައިގަތުން 16:30- […]
ފޯޖަރީ މައްސަލައެއްގައި ސްޓެޕް އައްޔަ ހޯދަން އިއުލާން ކޮށްފި

ފުލުހުންގެ މުއައްސަސާއިން ބަލަމުން އަންނަ ފޯޖަރީގެ މައްސަލައަކާ ގުޅިގެން ކުރީގެ މަޝްހޫރު ނެށުންތެރިޔާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ހޯދަން މިއަދު އިއުލާނުކޮށްފިއެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންނެވެ. މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. “ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ […]
ހޯނޑެއްދޫގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

ގދ.ހޯނޑެއްދޫގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ރޭ ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހަރުގޭގައި ހުރި ގޮނޑިތަކާއި މޭޒުތަކާއި އެހެނިހެން ތަކެއްޗަށް ވެސް ކަޅުތެޔޮ ޖަހައި ވަނީ ގެއްލުންދީފައެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުުހުން ބުންޏެވެ. ހޯނޑެއްދޫ އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވާއިރު, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް […]