އަލްހާންގެ ޕާސްޕޯޓް ހިފަހައްޓައިފި, އޭނާ ވިދާޅުވީ ފިލައިގެން ދާކަށް ނޫޅެން ކަމަށް

ފިލައިގެން ރާއްޖެއިން ބޭރަށް ދާން ނޫޅުއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ. އަލްހާން މިހެން ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށެވެ. އަލްހާންގެ ޕާސްޕޯޓު ހިފެހެއްޓީ ކިންގްސް ކެޕިޓަލްސް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ […]
ރައީސް ޞާލިޙް ގެންދަނީ ލަދެއް, ބިރެއްނެތި މަޖިލިސް މެންބަރުންނަށް ރިޝްވަތުދެމުން: ނަޝީދު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންދަވަނީ ލަދެއްނެތި ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން އެ ޕާޓީ ދޫކުރައްވައި އިއްޔެ އެމްޑީޕީއަށް ސޮއިކުރައްވާފައިވަނިކޮށެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ […]
“ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯ: އިސްލާމްދީން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމްދީން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނުއްވައިފިއެވެ. ޑރ.މުޢިއްޒުގެ “ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯ ނެރުމަށް ކުރިން ހަމަޖެެއްސީ ބައިބަޔަށް ބަހާލައިގެންނެވެ. ނަމަވެސް މިއަދު އިދިކޮޅު ކޯލިޝަނުން ވަނީ މެނިފެސްޓޯ މީޑިއާތަކާ ހިއްސާކޮށްފައެވެ. މެނިފެސްޓޯގެ ޗެޕްޓަރު 6 ގައި ވާ ގޮތުން ފަޤީރުންނަށް ދައުލަތުން ހިލޭ ފަރުޟު ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް 5 އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި […]
މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދިން މައްސަލަ: މުވައްޒަފުންތަކެއް ސަސްޕެންޑްކޮށް މައްސަލަ ބަލަނީ

ގދ.ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ހޫނުވެ އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ. ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ބައެއް މީހުންނަށް ދިނީ މިދިޔަ މަހު މުއްދަތު ހަމަވެފައިވާ އައިވީތަކެއްކަމަށް ބުނެ އެކަމާ ގުޅިގެން އެ ރަށު ބައެއް މީހުން ވަނީ މުޒާހަރާކޮށްފައެވެ. ގައްދޫ ހެލްތު ސެންޓަރުގައި މުއްދަތު ހަމަވެފައިވާ އައިވީ ގުޅި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަން ފާހަގަކުރައްވައި ހެލްތު މިނިސްޓްރީން ވިދާޅުވީ އެ މައްސަލައާ […]
އެސްޓީއޯގެ ތެޔޮ އަސާސީ ރޭޓުގައި ކޮންމެ އަތޮޅަކުން ލިބޭ ގޮތް ހަދާނަން: ޑރ.މުޢިއްޒު

އޭނާގެ ވެރިކަމެއްގައި އެސްޓީއޯއިން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އަސާސީ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީއަށް އިއްޔެ ފެށްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު މަރަދުއަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި މުޢިއްޒު ވިދާޅުވީ ބައެއް ރަށްރަށުގައި ތެޔޮ ވިއްކުމުގައި ޕްރައިވެޓް ސެކްޓާގެ ފަރާތްތަކުން އޮންނަނީ މޮނޮޕޮލައިޒްކޮށްފައި ކަމަށެވެ. “އެކަމުގައި ކޮނެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯއިން އެންމެ އަސާސީ […]
ޑރ.މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން: ޖަމީލު

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އަތްޕުޅުގައި ހިއްޕަވައިގެންކަމަށް އެމަނިކުފާނުގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ރޭ ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒު އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެން ހިތަދޫގައި ބޭއްވެވި ކެމްޕޭން ޖަލްސާގައި ޖަމީލު ވިދާޅުވީ އައްޑޫން ޑރ.މުޢިއްޒަށް ދެންނެވި ހޫނު މަރުހަބާއިން ހާމަވަނީ މި “ފިޔާތޮށި ލަޝްކަރު“ ބައްްޔެއް ނުކުރެވޭނެ ކަމަށެވެ. މީގެއިތުރުން ޖަމީލު ވިދާޅުވީ ހޯދަންވީ ވައުދަށް ކަމޭ […]
މެންބަރު ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް މިއަދު ފޮނުއްވި ސިޓީގައި ސިރާޖު ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިރާޖު ވަނީ އެމްޑީޕީގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހަމައަށް ސިރާޖަކީ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި މެންބަރެކެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ތާއީދުކުރެއްވީ ރައީސް ޞާލިޙަށެވެ. […]
ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯ ލޯންޗުކޮށްފި, އެންމެ މުހިންމު ސިޔާސަތަކީ “ގެދޮރުވެރިކަން“

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ މިރޭ ލޯންޗުކޮށްފިއެވެ. ޑރ.މުޢިއްޒުގެ މެނިފެސްޓޯ ލޯންޗުކުރީ ހުޅުމާލޭ ދެވަނަ ފޭސްގައި މިރޭ އެކަމަށްޓަކައި ބޭއްވި ޖަލްސާގައެވެ. މި މެނިފެސްޓޯގެ ނަމެއްކަމުގައި ހަމަޖައްސާފައިވަނީ “ދިވެހިންގެ ރާއްޖެ“ އެވެ. ޑރ.މުޢިއްޒު ވިދާޅުވީ މިއީ މިވަގުތަށް އެންމެ އައުލާކަން ބޮޑު އެންމެ މުހިންމު ޝިއާރުކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ފެނިވަޑައިގަންނަވާތީ ކަނޑައެޅުއްވި ނަމެއް ކަމަށެވެ. ޑރ.މުޢިއްޒު ވިދާޅުވީ ދިވެހިންގެ ރާއްޖެ އަނބުރާ ހޯދުމަށް އެންމެން އަތުކުރި […]
ޑރ.މުނައްވަރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމަށްފަހު އެ ނިންމެވުން އަނބުރާ ގެންދެވި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. މި ނިންމެވުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޑރ.މުނައްވަރު މިއަދު ވިދާޅުވީ މިފަދަ ނިންމެވުމެއް ނިންމެވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކެންޑިޑޭޓަކީ ޑރ.މުޢިއްޒު ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ބޭނުންވާ ޑރ.މުނައްވަރު ސޮއި ވެސް ހަމަކުރެއްވިއެވެ. […]
ރިޔާސީ އިންތިޚާބު: ބޭރު ގައުމުތަކުގައި ވޯޓު ލުމަށް ހަމަޖެހިފައިވާ ވަގުތުތައް

އަންނަ ސެޕްޓެންބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ގައުމުތަކުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާ ވަގުތުތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ފަސް ގައުމެއްގައި ޖުމްލަ 8 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި އިނގިރޭސިވިލާތުގެ ލަންޑަނާއި މެލޭޝިއާގެ ކުއަލަލަމްޕޫރް އަދި އެކުވެރި ޢަރަބި ޢިމާރާތް (އަބޫ ދާބީ) ގައެވެ. އީސީން މިއަދު […]