ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުން އެމްޕީއެލްއަށް!

ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ތަރައްގީކޮށް، އެ ޕޯޓް ހިންގަން އިކޮނޮމިކް މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އެމްޕީއެލް އިން ބުނީ، އެ ކުންފުންޏާ ހަވާލުކޮށްގެން ކުޑަހުވަދޫގައި ތަރައްގީކުރާ ޕޯޓުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކް ކަމަށެވެ. އަދި އެ ޕޯޓާއެކު ކުޑަހުވަދޫގައި މުސްތަގުބަލުގައި ޑިސްޓްރިބިއުޝަން ހަބެއްގެ […]

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ސަރުކާރުން ބިލެއް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. އެގޮތުން މި ބިލް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. ހަމައެހެންމެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ފަނޑިޔާރަކު ވަކިކުރެވޭނީ މަޤާމަށް އެމީހަކު ޤާބިލު ނޫން ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.

މި ރޯދަމަހުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭނެ

މި ރޯދަމަހުވެސް ފެނާއި ކަރަންޓު ބިލުން ސަރުކާރުން ޑިސްކައުންޓު ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރައްވާފައި ވަނީ ދ. އަތޮޅަށް މިއަދު ހަވީރު ފެއްޓެވި ދަތުރުފުުގައި މިރޭ ކުޑަހުވަދޫގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މި އަހަރުވެސް ފެނާއި ކަރަންޓު ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެ ކަމަށެވެ.އަދި އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ […]

ޖޭއެސްސީއަށް ރައީސް ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ޔަޒްމީދު!

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ގއ.ވިލިނގިލި، ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި މަޤާމަށް ޔަޒްމީދު އައްޔަންކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ރައީސް ފުރާވަޑައިގެންފި

ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. ރައީސްގެ […]

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބަލަން ނިންމައިފި

ނ. ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބަލަންފަށާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ. އެންއައިސީން މިހެން ބުނެފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު އަވަސް ކުރަން ގޮވާލާ އިއްޔެ އެ ރަށު ޕޮލިސް ސްޓޭޝަން ދޮށަށް ރައްޔިތުން އެއްވެ މުޒާހާރާކޮށްފައި […]

ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި!

ނ.ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށް އެ ދެ މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަން ހިންްގާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ހުދުއަސުރުމާގެ، ޢަބްދުއްލަޠީފް މޫސާ (47އ) އާއި، ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (28އ) އެވެ. މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭގެ […]

ފައިނުގައި އެއާޕޯޓު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ރ. ފައިނުގައި އެއާޕޯޓު ތަރައްގީކުރަން ސަރުކާރުގެ މައި ކޮންސްޓްރަކްްޝަން ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެމްޓީސީސީ އާއެކު ފައިނު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށްފައެވެ. ފައިނުގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. އެމްއޭސީއެލުން […]

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް!

ރ.އަތޮޅު ކައުންސިލަށް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ ސިހުރު ހަދާކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ، ރ. އުނގޫފާރު، މުހައްމަދު އަމްޖަދު (61އ) އަދިނަސީމީ ހިޔާ، ރ. އުނގޫފާރު، މުހައްމަދު ވަހީދު (67އ) އެވެ. ރ.އަތޮޅު ކައުންސިލުގެ އިދާރާއަށް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ފުލުހުން މިހާރު އަމަލުކުރާ އުސޫލުގެ […]

އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކަށް ކާނާ ވިހަވެގެން ފަރުވާދެނީ

މޯލްޑިވްސް އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކަށް ކާނާ ވިހަވެގެން ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ދެންމެ ބުނީ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެނގިފައިވާގޮތުގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ އިިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ އެމީހުނަށް ފަރުވާދެމުންނެވެ. މިހާރު މީސް މީޑިއާގައި އާންމުވެފައިވާ ބައެއް ފޮޓޯތަކުން ޑިޓެންޝަން ސެންޓަރުން ބަޔަކު ނެރެގެން ގެންދާ މަންޒަރުވެސް […]