މި ރަމަޟާންމަހު މާލޭގައި 8 އިޙްޔާ ފޯރަމް ބާއްވާނެ

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މާލޭގައި 8 އިހްޔާ ފޯރަމް ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައި ކަމަށެވެ. މި އަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ 2 މާރިޗު 2025 ވަނަ ދުވަހުގެ ރެއެވެ. މި ފޯރަމްގައި ”ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން“ މި މަޢުޟޫއަށް […]

މާދަމާއަކީ މުލަރޯދަ ދުވަސް

މާދަމާއަކީ މި އަަހަރުގެ ރަމަޟާން މަހުގެ މުލަރޯދަ ދުވަސް ކަމުގައި ދެންމެ އިއުލާންކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ދެންމެ ވަނީ މާދަމާއަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައެވެ. އެ މިނިސްޓްރީން އެގޮތަށް ކަނޑައަޅާފައި ވަނީ އިސްލާމީ މަރުކަޒުގައި ހަނދު ސާބިތުކުރުމަށްޓަކައި މިރޭ ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ހަނދު ސާބިތުވިކަން އިޢުލާންކުރައްވާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވަމުން ވިދާޅުވީ ޙިޖްރީ […]

ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު އަލުން ތަރައްޤީކުރަނީ

ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު އަލުން ތަރައްޤީކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު ރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ފާލަން ފަރުމާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ […]

މި ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރާނެ

މި ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ރަމަޟާން މަހު މާލޭގެ 16 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގެ 7 މިސްކިތެއްގައި އަދި ވިލިމާލޭގެ 1 މިސްކިތެއްގައި ޙިފުޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ރަމަޟާން މަހު މާލޭގެ ގިނަ މިސްކިތްތަކެއްގައި ޒުވާން ޙާފިޡުން ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާ […]

މިފެށޭ ރޯދަމަަަހަކީ ގާތް ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއް:ރައީސް

މި ފެށޭ ރޯދަމަަަހަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކޮށް، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ މުސްލިމެއްކަމުގެ ފަޚުރު، ހިތާ ރޫހުން ލިބިގަނެ، ޢާއިލާތަކާއި ގާތް ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޚިޔާލުތަފާތުވުންތަކުން އެއްކިބާވެ، ޤައުމާއި ދީން އިސްކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި، މާޒީގައި ހިފަހައްޓައިގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށާއި […]

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލި ޕްލޭން އިފްތިތާހުކޮށްފި

ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަގުސަދުގައި އެކުލަވާލި ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029، އިފުތިތާހުކޮށްފިއެވެ.  މި ޕްލޭން އިފުތިތާހުކޮށްދެއްވީ ރޭ މިނިސްޓްރީ އޮފް ހެލްތުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. އެގޮތުން އެ ޕްލޭންގައި ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރުމަށް […]

ތިން ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ރިހި މެޑަލް ލިބިއްޖެ

ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމުކުރި 3 ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ލިބިއްޖެއެވެ. މި މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ކުޅުނު މުބާރާތުގެ ފައިނަލްމެޗުން ދިވެހި ޓީމުގެ މައްޗަށް އިންޑިއާ ޓީމުން ކުރި ހޯދީ، 107-32 ގެ ނަތީޖާއަކުންނެވެ. މިއީ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތަކުން ދިވެހި ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރެއްގެ […]

ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން 2 މީހަކު ހައްޔަރުކޮށްފި!

ނ. ހޮޅުދޫގައި ފުލުހަކަށް ހަމަލާދީ، އެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން 2 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އެ ރަށުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، އެ ރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުންދިނުމުން ކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން […]

ފްލެޓު ލިބޭ މީހުންގެ ލިސްޓް އިއުލާންކޮށްފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4000 މީހުނަކީ ޝަރުތުހަމަވާ މީހުންތޯ ބެލުމަށްފަހު މިއަދު އާންްމު ކުރި ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1423 ފަރާތެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 ފަރާތެކެވެ. އަދި ބާކީ ހުރި ފްލެޓްތައް ލިބޭ […]

ސޫދާނުގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ސޫދާނުގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 40 މައްޗަށް އަރައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބޯޓު ވެއްޓިފައި ވަނީ ސޫދާނުގެ ވެރި ރަށް ޚާރްޠޫމް ސްޓޭޓްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އޮމްދުރްމާން އަށެވެ. މި ބޯޓު ވެއްޓިފައި ވަނީ ވާދީ ސެއިޑްނާ އެއާ ބޭސް ކައިރިން އޮމްދުރުމަންގައި ހުންނަ ސިފައިންގެ އެންމެ ބޮޑު އެއް އަސްކަރީ ހަބް ކައިރިއަށެވެ. އަދި ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބޯޓު […]