މަދަރުސީ ދައުރުން ފެށިގެން ހަކުރުބައްޔަށް ދަރިވަރުން ހޭލުންތެރި ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް:ސާޖިދާ

މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެންވިދާޅުވީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ހަކުރުބަލީގެ ހާލަތު ރާއްޖޭގައި އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިއީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭން ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ތަޙައްމަލުކުރަމުންދާ އެއް ބަލިކަން […]

ފުލުހުން މީހަކު ހައްޔަރުކުރި ގޮތާ މެދު ފާޑުކިޔުން އަމާޒުވެ,އެ މައްސަލަ ބަލަނީ

Maldives Dhivehi News

އަނިޔާވެރި ގޮތަކަށް ފުލުހުން މީހަކު ހައްޔަރުކުރާ މަންޒަރު އާންމުވެ އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ފަރާތުން ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި އެދިއްޖެއެވެ. މިކަންހާމަކޮށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ ފަރާތުން، މިފަދަ އެއްވެސް އަމަލަކީ ފުލުހުންގެ ހަމަތަކުގެ ތެރެއިން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. އެގޮތުން މި ހާދިސާ ތަހުގީގު ކުރުމަށް ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި […]

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ޢަލްއުސްތާޒު އިބްރާހީމް އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުންނެވެ. އެއީ އަންހެން 19 ފުލުހުންނާއި ފިރިހެން 65 ފުލުހުންނެވެ. އޭގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި، ހެޑް އޮފް ސަރވިސް […]

ޕޮލިސް ކުލަބާއި އެފްއޭމް ގުޅިގެން ކާމިޔާބު ކަމާއެކު ފުޓްސަލް ރެފްރީ ކޯހެއް ކުރިއަށް ގެންގޮސްފި

ޕޮލިސް ކުލަބާއި އެފްއޭއެމް ގުޅުގެން ކާމިޔާބު ކަމާއެކު ފުޓްސަލް ރެފްރީ ކޯހެއް ކުރިއަަށް ގެންގޮސްފިއެވެ. މިކަންހާމަކޮށް ފުލުހުން ބުނީ ޕޮލިސް ކުލަބާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ހިންގި ބޭސިކް ފުޓްސަލް ރެފްރީ ކޯސް ނިންމައި ފާސްވި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވާ ކަމަށެވެ. މި ކޯސް ނިންމާ ފާސްވި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ރޭ ސާޖަން އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް […]

ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުން:ރައީސް މުޢިއްޒު

ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ ޢަޒުމެއް ހުރުން މުހިންމުކަމަށާއި، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ޚާއްޞަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީގެ އިމާރާތުގައި ކުރިއަށް ދިޔަ މި ޚާއްޞަ […]

ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފިއެވެ. ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު އަދި ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެވެ. މީގެ އިތުުރުން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ […]

ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަންތަކަށް ބަދަލު ގެނެސްފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ ބައެއް އިދާރާތަކުގެ ނަންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުގެންނަވައިފިއެވެ. މި ބަދަލުގެންނަވާފައި ވަނީ 2024 ޖޫން 25ވަނަ ދުވަހު އެވެ. އެގޮތުން އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ނަން ”ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން“ ގެ ނަމަށް ބަދަލު ކުރެއްވުމަށް ނިންމަވާފައި ވާއިރު އދ. އަށް […]

އައިވީއެފް އަދި އައިޔޫއައި ހަދަން އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކަށް އެހީ ދެނީ

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ”އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހުޅުވާލި ފުރަތަމަ ބުރުގައި، އެކަމަށް އެދުނު 153 މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކަށް އެހީ ދޭން ނިންމައިފި އެވެ. މިކަންހާމަކޮށް އެންސްޕާއިން މިއަދު ބުނީ، މުއްދަތު ހަމަވިއިރު އެހީއަށް އެދި 153 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ 153 މީހުންގެ ތެރެއިން ޝަރުތުހަމަވާ 37 މީހުން […]

ދިވެހިންގެ ދީލަތި އެހީގައި ޚިދުމަތް ޖަމިއްޔާއިން ދިވެއްސަކަށް މަސްނޫޢީ ފަޔެއް ޖަހައިދީފި!

ދިވެހިންގެ ދީލަތި އެހީގައި ޚިދުމަތް ޖަމިއްޔާއިން ދިވެއްސަކަށް މަސްނޫޢީ ފަޔެއް ޖަހައިދީފީއެވެ. ދިމާވި ހިތާމަވެރި އެކްސިޑެންޓެއްގައި ފައި ބުރިކޮށްލަންޖެހި ނުކުޅެދޭ މީހަކަށް ވެފައި ވަނިކޮށް ޚިދުމަތް ޖަމިއްޔާއިން ދިވެހިންގެ އެހީގައި މަސްނޫޢީ ފަޔެއް ޖަހައިދިނީ އދ. ފެންފުށި އިބްރާހިމް މުހައްމަދަށެވެ. މިކަންހާމަކޮށް ޚިދުމަތް ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާގެ އިސްނެގުމުގެ މަތިން ދިވެހި ރައްޔިތުންގެ ދީލަތި އެހީގައި އދ.ފެންފުށީ،އިބްރާހިމް މުހައްމަދަށް މަސްނޫޢީ ފަޔެއް ޖަހައިދީ އަނބުރާ މުޖުތަމަޢުއަށް ނެރެދީފައިވާ ކަމަށެވެ.  އެގޮތުން އަމިއްލަ ބުރަ މަސައްކަތުން ޢާއިލާއަށް […]

ހުޅުމާލެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކަށް މަރުތޭކަލަކުން ހަމަލާދީ މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކަށް ފާރަލައިގެން ސައިކަލުގައި ދުއްވާފައިދަނިކޮށް، ދެ މީހަކު ވަނީ މަރުތޭކަލަކުން އޭނާގެ ބޮލުގައި ޖަހަން މަސައްކަތްކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) އާއި އަޙްމަދު ރަބީޢު، ގއ. […]