ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓަލައިޒް ޕްލެޓްފޯމް އިފްތިތާހުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ”ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓަލައިޒް ޕްލެޓްފޯމް“ އިފުތިތާޙް ކޮށްދެއްވައިފިއެވެ. މި ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވާފައި ވަނީ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ”ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓަލައިޒް ޕްލެޓްފޯމް“ އިފުތިތާޙް ކޮށްދެއްވުމުގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޚިދުމަތްކުރާތާ 30 އަހަރުވެފައިވާ ދެ މުވައްޒަފަކަށް އެކޮމިޝަނުގެ […]
އެމްއެސްސްގެ ދަތުރުތައް މެލޭޝިއާ އަދި ސިންގަޕޫރަށް ފަށަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްސް)ގެ ދަތުރުތައް މެލޭޝިއާ އަދި ސިންގަޕޫރަށް ފަށަން ނިންމައިފިއެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން އެމްއެސްއެސްއިން ބުނީ މި ދަތުރުތަކުގައި ބޭނުންކުރާނީ އެމްއެމްއެސްގެ އަމިއްލަ ބޯޓެއްކަމަށްވާ އެމްއެސްއެސް ގްރެފީން ކަމަށެވެ. މި ބޯޓަކީ އެއްފަހަރާ 500އެއްހާ ކޮންޓެއިނަރ އުފުލުމުގެ ގާބިލްކަން ހުރި ބޯޓެއް ކަމަށްވެސް އެމްއެސްއެސްއިން ހާމަކުރެއެވެ. އެމްއެސްއެސް އިން ބުނީ މި ދަތުރުތައް ކުރާނީ މެލޭޝިއާގެ ޕޯޓު ކިލާންގއާއި ސިންގަޕޫރުން ސްރީލަންކާގެ ކޮލޮމްބޯއަށް ކަމަށާއި މެލޭޝިއާގެ ޕޯޓް ކިލާންގުން އެމްއެސްއެސްގެ ބޯޓުގެ ފުރުމަށް […]
ދިވެހިބަސް ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރިން

ދިވެހިބަސް ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ދިވެހިބަހުގެ ދެމިއޮތުމާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީން ކަމަށެވެ. މިއަހަރު ލިޔުންތެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށް ޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު!“ މިއެވެ. ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ […]
އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަންކުރަން ރުހުން އޮތްތޯ ބަލަނީ

މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ނައިބު ރައީސަކަށް ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭއެސްސީގެ ރައީސްކަން ކުރެއްވި އަލްއުސްތާޛާ ހިސާން ހުސެއިން އައްޔަންކުރަން ޕާޓީގެ ގައުމީ މަޖިލިހުގެ ރުހުން އޮތްތޯ ބެލުމަށް ހުށަހަޅައިފިއެވެ. އެމްޑީޕީގެ ރައީސް ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެ ޕާޓީއަށް މެދުކެނޑުމެއް ނެތި ގިނަ […]
މަޖިލިސް މެންބަރުންގެ އަދަދު 77 ބަދަލުކުރަން އިސްލާހު ހުށަހަޅަނީ

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދެން އަންނަ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދު ކުރަން އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ޤާނޫނުގައިވާ ގޮތުން އާބާދީއާއި އެކު މެމްބަރުން އިތުރުވަމުންދާނެ ކަމަށެވެ. ނަމަވެސް އެއީ ބޭނުމެއް ހުރިކަމެއް ނޫން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ 17 […]
ކައުންސިލްތައް ކުޑަކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައްގެނައުމުގެ މަސައްކަތް ފަށައިފި

ކައުންސިލްތައް ކުޑަކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ކައުންސިލްތައް މިހާރު އޮތީ ނުކަތާހާ ބޮޑުކޮށް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރުމަކީ ރައްޔިތުން ތަމްސީލު ކުރާ ކުރުން ނެތިކޮށްލުން ނޫންކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބަވާ މެމްބަރުންގެ […]
އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީގައި ނަމާދުކުރަން ޚާއްސަ ކޮޓަރިއެއް

އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ސެންޓާ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރުމަށް ޙާއްސަ ތަނެއް ހުޅުވައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީގައި ތަރައްޤީ ކުރި ނަމާދުކުރާ ތަނުގެ ފޮޓޯ ހިއްސާކޮށްފައެވެ. އެ ފޮޓޯ ހިއްސާކޮށް މިނިސްޓަރު ވިދާޅުވީ އެއީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަޞައްވުރުގެ ދަށުން، އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީ ގައި ޤާއިމު ކުރި ނަމާދުކުރާ ތަން […]
އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް ނިންމައިފި

އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް މަސައްކަތް ރާވަން ނިންމައިފިއެވެ. އެގޮތުން އާރްޑީސީގެ މުވައްޒަފުންނަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހް އަފީފް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ ހަރަދުތައް ކުޑަކޮށް މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ހެދުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ހަރަދު ކުޑަކުރުމަށްޓަކައި މެނޭޖުމަންޓުން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެއްމެހާ މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެ މެމޯގައި ނަބީލް […]
ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ ހިފުމުން މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ފައިދާ ލިބޭނެ:ރައީސް

އިސްރާފު ނުކުރުމާ، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފުމަކީ މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. އެގޮތުން ރައީސް ވަނީ ހިޖުރީ އައު އަހަރެއްގައި، އައު ކުރަންވީ އެއް ޢަޒުމަކީ އެއްބައިވަންތަވެ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމުގައި ވިދާޅުވެފައެވެ. މި މުނާސަބާގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި […]
މާލެއިން ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ހަށިވިއްކަމުން ދިޔަ ބަޔަކު މާލޭން ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑްގެ ތިން އަންހެނެކެވެ. ފުލުހުން ބުނީ އެއީ […]