މާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ފަސް މީހަކު ހައްޔަރުކޮށްފި

މާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ފަސް ދިވެހިންނެވެ. އެއީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ.އެ މީހުން ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އެމީހުންގެ މައްޗަށް ކުރަނީ، ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.މިގޮތުން އެމީހުންގެ ބަންދާ މެދުގައި ގޮތެއް […]
ހުޅުމާލޭގައި ރިސާޗް ލައިބްރަރީއަކާއެކު މިސްކިތެއް ބިނާ ކުރަނީ

ހުޅުމާލޭގައި ރިސާޗް ލައިބްރަރީއަކާ އެކީ މިސްކިތެއް ބިނާ ކުރަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ކުރެއްވި ޕޯސްޓެއްގައި މި ބިނާގެ ކުރެހުން ހިއްސާކުރައްވާ ވިދާޅުވީ ”މަސްޖިދު އުންމުލްމުއުމީން އާއިޝާ ރަޟިޔައް ﷲ އަންހާ“ ގެ ނަމުގައި ބިނާކުރާ މި މިސްކިތަކީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ބިނާކޮށްދޭ މިސްކިތެއް ކަމަށެވެ. އެގޮތުން މިއީ ކީރިތި ރަސޫލާގެ އަނބިކަނބަލަކަށް ނިސްބަތްކޮށް ރާއްޖޭގައި ނަން ދެވޭ ފުރަތަމަ މިސްކިތް ކަމަށްވެސް ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އެތައް […]
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ހުޅުމާލޭގައި ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު 11:00 އެހާކަންހާއިރު ހުޅުމާލޭ މޫދުގައި ޑައިވިންއަށް ގޮސް އުޅުނު މީހަކު ގެނބިގެން މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި މަރުވެފައިވަނީ ތައިލޭންޑުގެ އުމުރުން 55 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ހާމަކުރެއެވެ. މީގެ އިތުރުން އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ދާންދޫ ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ގއ. ދާންދޫ ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި މަޝްވަރާކުރައްވައިފިއެވެ. މިކަމާ މަޝްވަރާ ކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުގެ މެންބަރުންނާއެކު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. އެގޮތުން މި ބައްދަލު ކުރެއްވުމުގައި ދާންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީ […]
ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަނީ

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން (29އ) އެވެ. ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އުބާދަތު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުޙައްމަދު އުބާދަތު ޙުސައިން ހޯދަމުންދަނީ ކެނެބިސް […]
ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި 4 މީހަކު ހައްޔަރުކޮށްފި

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި 4 މީހަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުން ކޮށްގެން ނުވަތަ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ހަތަރު ބިދޭސީއަކު ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން މިދިޔަ ބުދަ ދުވަހު ހިފަހައްޓާފައިވާ ކަމަށެވެ. މިގޮތުން އެއީ 28 އަހަރުގެ ބިދޭސީއަކާއި 31 އަހަރުގެ ބިދޭސީއަކާއި 25 އަހަރުގެ ބިދޭސީއެއްގެ އިތުރުން 22 އަހަރުގެ ބިދޭސީއެއް ކަމަށާއި ހަތަރު […]
ވޭނުގައި އެއްޗެއް ގޮވިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ބުނެފި

ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވާފައިވާ ކަމަށް ރިޕޯޓުކުރުމުން ސަލާމަތީ ޚިދުމަތްތަކުން ހަރަކާތްތެރިވެފައިވީ ނަމަވެސް އެފަދަ އެއްޗެއްގެ ނިޝާނެއް ވޭނުން ފެނިފައި ނުވާކަމަށް ސިފައިން ބުނެފިއެވެ. ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން އެ ފަދަ ހާދިސާތަކުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން އަންނަނީ ކުރަމުން ކަމަށް ސިފައިން ވަނީ ބުނެފައެވެ. މީގެ އިތުރުން މިހާތަނަށް ބެލިބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް އެ ވޭނުން ފެންނަން ނެތް […]
ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް 206 ފަރާތުން ފޯމު ހުށަހަޅައިފި

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް 206 ފަރާތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދެވަނަ ބުރުގެ އިމްތިޙާނު ތިން ސަރަހައްދެއްގައި ބާއްވާނެ ކަމަށެވެ. އެގޮތުން މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރަށް އައްޑޫ ސިޓީއާއި މީމު އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ […]
ވެހިކަލެއްގެ ތެރޭން އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

މާލޭގައި ވެހިކަލެއްގެ ތެރެއިން އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ދެންމެ ހިނގި މި ހާދިސާގައި އެއްޗެއް ގޮވާފައި ވަނީ ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގެ ތެރޭގައެވެ. އެހެންކަމުން މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންގެ އިތުރުން ސިފައިންވެސް ހަތިޔާރާއެކު މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މިކަންހާމަކޮށް ފުލުހުން ބުނީ ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި ބާރުގަދަ އަޑެއް ގޮވައިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ތަފްސީލް އަންނަނީ…
ސިޔާސީ މަގާމުތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ސިޔާސީ މަގާމުތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ގޮވާލާ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހަޅާފައި ވަނީ ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން އިތުރުކޮށް، އާދައިގެ މަގާމު ތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނާތީ އެކަން […]