ރައީސް މުޢިއްޒު ނޭޕާލުގެ ބޮޑުވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ނޭޕާލުގެ ބޮޑުވަޒީރުގެ މަޤާމާ ކޭ.ޕީ. ޝަރްމާ އޮލީ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ނޭޕާލުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސް މުޢިއްޒު ހިއްސާ ކުރެއްވި ޕޯސްޓުގައި ނޭޕާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ނޭޕާލުގެ ބޮޑުވަޒީރުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 އޯގަސްޓް 1980 […]

ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޛު މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަނީ

ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޛު މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / ހ. އާޝިޔާނާ، ޢަލީ މޫސާ (64އ) އެވެ. ފުލުހުން މިއަދު ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ޢަލީ މޫސާ ހޯދަމުންދަނީ ރަހުނު […]

މަޖިލިސް ތަޅުމުގައި ބޭނުންގޮތަކަށް އަޑުގަދަކުރަން ޖާގައެއް ނުދޭނަން:އަބްދުއްރަހީމް

މަޖިލިސް ތަޅުމުގައި ބޭނުންގޮތަކަށް އަޑުގަދަކުރައްވަން ޖާގަ ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ވަރަށް އަޑު ހަރުކޮށް ސުވާލު ކުރެއްވުމުންނެވެ. އެގޮތުން ވޯޓަށް ބޭނުންވެގެން ނޫނީ ވިލިމާލެ ރައްޔިތުން އެއްވެސް ސަރުކާރަކަށް ނުފެންފަ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވެއެވެ. ބްރިޖެއް އަޅަން ބަޔަކާ ހަވާލު […]

މާލިއްޔަތު ކޮމިޓީއަށް މިއަދު ވަޑައިނުގެންނެވޭ ކަމަށް ގަވަރުނަރު އަންގަވައިފި

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގެންނެވޭނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަންގަވައިފިއެވެ. ހާޝިމް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން މިއަދު 11:00 އަށް ތާވަލު ކޮށްފައި ވާއިރު އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ވަނީ މާލިއްޔަތު ކޮމިޓީން ފަށާފައެވެ. އެގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފަށަން ތާވަލުކުރި ބައްދަލުވުމެވެ. އެގޮތުން އެމްއެމްއޭ އިން […]

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިނަދޫ ސިޓީން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި

 މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ހައިވިސިބިލިޓީ ޓީމު އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިނަދޫ ސިޓީން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.   އެގޮތުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު […]

ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ, ޓްރަމްޕަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނާލްޑް ޓްރަމްޕަށް ބަޑިން ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރައީސް ޓްރަމްޕަށް މި ހަމަލާ ދީފައިވަނީ ކެމްޕޭނު އިވެންޓެއްގައި ވާހަކަ ދައްކަން ހުއްޓައެވެ. ވައިރަލްވެފައިވާ ފޮޓޯތަކުން މި ހަމަލާ އޭނާގެ ކަންފަތަށް އަމާޒުވެފައިވާ މަންޒަރު ފެންނައިރު ކަންފަތުން ލޭ ފައިބާ މަންޒަރު ވެސް […]

ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ”ފެންޑާ މައުރަޒު“ ނަމުގައި ފޮތް މައުރަޒެއް

މި އަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ”ފެންޑާ މައުރަޒު 2024“ ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީން ފޮތް މައުރަޒެއް ހުޅުވައިފިއެވެ. މި ފޮތް މައުރަޒު ހުޅުވައިދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމެވެ. މި ފޮތް މައުރަޒު އޮންނާނީ މިއަދުން ފެށިގެން މާދަމާއަށް ކޮންމެ ދުވަހަކު ހެނދުނު 10 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ދިވެހިބަހުގެ އެކެޑަމީގައެވެ. މި މައުރަޒުން ދިވެހިބަހުގެ އެކެޑެމީއާއި ދިވެހި ލިޔުންތެރިން ލިޔެފައިވާ ފޮތް ލިބެން ހުންނާއެވެ. މިގޮތުން މި […]

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭން ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭން ހަދިޔާކޮށްފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފައި ވަނީ 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭންއެވެ. މިއީ 61.7 […]

ދޫނި ކޮއްޓެއްގައި ދެ މީހަކު ބަންދުކޮށްގެން އުޅުނު މައްސަލައެއް ފެންމަތިވެ،މައްސަލަ ބަލަން ފަށައިފި

ދޫނި ގެންގުޅޭ ކޮއްޓެއްގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ފެންމަތިވެ،ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ. އާންމުވެފައިވާ ވީޑިއޯއިން ދޫނި ކޮއްޓެއްގައި ދެ ފިރިހެނަކު ބަންދުކޮށްފައި ތިބޭ މަންޒަރު ފެނެއެވެ. އެ ދެ މީހުންވެސް ތިބީ މަތިން އެއްޗެއް ނުލައެވެ. އަދި މި ވީޑިއޯއިން ފައިސާ ދޭނެ ކަމަށް އެތަނުން އެކަކު ބުނާ އަޑު އިވެއެވެ.  ބެލެވޭ ގޮތުގައި އެ ކޮށީގައި އެ މީހުން ބަންދުކޮށްފައި ވަނީ ފައިސާގެ މައްސަލައެއްގައެވެ. މިކަމަށް އިޝާރާތްކޮށް ފުލުހުން ބުނީ އެ […]

އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިން ބިދޭސީއަކަށް ހަރުކަށި ފިޔަވަޅު އަޅާ ޑީޕޯޓް ކުރަނީ

އިމިގްރޭޝަންގެ މަސައްކަތަށް ހުރަސްއަޅާ ވެހިކަލަށް ގެއްލުން ދިން ބިދޭސީއަކަށް ހަރުކަށި ފިޔަވަޅު އަޅާ ޑީޕޯޓް ކުރާނެ ކަން ހާމަކޮށްފިއެވެ. އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ރޭ ހިންގި އޮޕަރޭޝަންގައި މާލޭގައި ޓޭކްއަވޭ ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން 6 ބިދޭސީ ފިރިހެނަކާއި ބިދޭސީ އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މީގެތެރެއިން 3 ބިދޭސީން ހިންގަމުންދިއަ ކެފޭއެއް ވަނީ ބަންދުކޮށްފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން […]