ގަވަރުނަރު ވަކިކުރަން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ،އެމްއެމްއޭގެ ގަވަރުނަރު ކަމުން އަލީ ހާޝިމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ގަވަރުނަރު މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ލަފާ އެރުވުމަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް އަހްމަދު ނާޒިމް އެވެ. އެގޮތުން ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ އަރުވަނީ ޤައުމުގެ އިގުތިޞާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި […]
އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކާގުޅޭ ގޮތުން އައިސީޖީން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާއި އަމަލުކުރާ ގޮތްތަކުގެ ސަބަބުން ޤާނޫނީގޮތުން ނުކުންނަ ނަތީޖާތަކާ ގުޅޭ ގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން އިއްޔެ ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް މަރުޙަބާ ވިދާޅުވެފައި ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން […]
ކާރަކުން ހަ ކޭސް ބަނގުރާ ފެނުނު މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ (23އ) އެވެ. ފުލުހުން ބުނީ ޓަފްޖޮލް މިއާ ހޯދަމުންދަނީ، 2024 ޖުލައި 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއް ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރު […]
ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި

ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މާލޭ ގެއެއްގައި ގެންގުޅުނު މައްސަލައެއް ޖުލައި 18 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން އުމުރުން 30 , 27 އަދި 22 އަހަރުގެ ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަކަށް އެ އެންމެން ބަންދުކުރަން […]
ޕާކިސްތާނު ހައި ކޮމިޝަނުން އިސްލާމިކް މިނިސްޓްރީއަށް 10 ކޮމްޕިއުޓަރާއި 7 ލެޕްޓޮޕް ހަދިޔާ ކޮށްފި

ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 10 ކޮމްޕިއުޓަރު ސިސްޓަމާއި 7 ލެޕްޓޮޕް ހަދިޔާ ކުރައްވައިފިއެވެ. މި ސާމާނު ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ސާމާނު ހަވާލުކޮށްދެއްވާފައި ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސާމާނާއި ހަވާލުވެލައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު […]
ހައްޔަރު ކުރުމުގެ ތެރެއިން މީހަކަށް އަނިޔާވެފައި ވަނީ ފިލަން އުޅެނިކޮށް ވެއްޓިގެން:ފުލުހުން

ފުލުހުން ބަލަމުން ދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މުޙައްމަދު ޖަމީލް/މ. ދޯޅަބުގެ(38އ) ހައްޔަރު ކުރަން އުޅުމުގެ ތެރެއިން އޭނާ އަށް އަނިޔާވެފައި ވަނީ ހައްޔަރު ކުރަން އުޅުމުން ފިލަން އުޅުމުގެ ތެރޭގައި ވެއްޓިގެން ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައި ވަނީ މިކަމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. އެގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އޭނާއަށް އަނިޔާވެފައި ވަނީ، މި މަހުގެ 15 ވަނަ ދުވަހު14:15 ހާއިރު ފުލުހުން […]
ގަވަރުނަރު ވަކިކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ. މި ނިންމުން ފާސްކޮށްފައި މިވަނީ ގަވަރުނަރު މަޤާމުން ވަކިކުރަން މަޖިލީހުން ހިންގާ މައްސަލައިގައި ޖަވާބުދާރީވާން، މާލިއްޔަތު ކޮމިޓީއަށް މިދިޔަ ތިން ދުވަހު ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ހާޒިރުވެވަޑައިގެންފައި ނުވާތީ، ލިޔުމުން ފޮނުއްވި ޖަވާބަށް ރިއާޔަތްކުރުމަށްފަހުއެވެ. ގަވަރުނަރު މަޤާމުން ވަކިކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް އަހްމަދު ނާޒިމް އެވެ. […]
މާލޭ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

މާލޭގެ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ތަހުގީގު ކުރަން ފަށާފައިވަނީ މާލޭ ވިޔަފާރިވެރިންގެ މިސްކިތުގައި ބަހައްޓާފައިވާ ފެންކޭސްތަކެއ ވަގަށް ނެގި މައްސަލައެއް ކަމަށެވެ. އެގޮތުން މި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން މި މައްސަލައާއި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ […]
އޮންލައިން ލައިބްރަރީއަކާއެކު އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓް ޖުލައި 26 ގައި ލޯންޗު ކުރަނީ

އޮންލައިން ލައިބްރަރީއަކާއެކު އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓް ޖުލައި 26 ގައި އިފްތިތާޙު ކުރަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް މިރޭ ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހު އެ މިނިސްޓްރީގެ އައު ވެބްސައިޓް އިފްތިތާހު ކުރާނެ ކަމަށެވެ. އެގޮތުން މި ވެބްސައިޓުގައި އޮންލައިން ލައިބްރަރީއެއް ހިމެނޭނެ ކަމަށާއި އެ ފޮތްތައް ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި 2008 ފެށިގެން މިހާތަނަށް އެ މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް […]
ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމެއެޗުގައި މިވަގުތު ފަރުވާދެމުންދާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް މާދަމާ 1:00 ޖަހާއިރަށް ހާޒިރު ކުރުމަށެވެ. މީގެ އިތުރުން ޝިފާން ވިދާޅުވީ މިހާދިސާ ގައި ފުލުހުން ޢަމަލުކުރިގޮތާއި މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް […]