ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިފްތިތާޙުކޮށްފި

ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. އެންވަޔަަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތަކެއް ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން 1.9 މެގަވޮޓު ކަރަންޓް އުފައްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކެއްވެސް ވަނީ ބަހައްޓާފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. މި އިތުރުކުރެވުނު ކެޕޭސިޓީއާއެކު، ރާއްޖޭގައި މިހާރު ޖުމްލަ 67.5 […]

ކަރަންޓުގައި ޖެހި ޒުވާނަކު ނިޔާވުމުން 50،000 ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހި 18 އަހަރުގެ ޒުވާނަކު ނިޔާވި މައްސަލައިގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތީރިޓީ (ޔޫއާރުއޭ) އިން ފެނަކަ ކޯޕަރޭޝަން 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އެ ޒުވާނާ ނިޔާވީ، ވިއްސާރަވެ މަގުމަތީގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރޭގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.  ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މެއި މަހުގެ 23ގައި އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހާދިސާގެ […]

ހުކުރު ދުވަހުގެ ރޭ ރައީސް މުޢިއްޒު ޤައުމާ މުޚާޠަބު ކުރައްވާނެ

 މިނިވަން ދުވަހުގެ މުނާސަބަތުގައި މި އަންނަ ހުކުރު ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވަން ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ ރައީސް މުޢިއްޒު ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށެވެ. މި ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެއެވެ. ދިވެހި ދައުލަތަށް ޚިދުމަތް […]

ފުލުހުންގެ ނަމުގައި ފޭކު މެއިލްތަކެއް ދައުރުވަމުން އަންނާތީ ސަމާލުވާން އެދިއްޖެ

Maldives Dhivehi News

 ދިވެހި ފުލުހުންގެ ނަމުގައި ފޭކު މެއިލްތަކެއް ދައުރުވަމުން އަންނާތީ ސަމާލުވާން ފުލުހުންގެ އިދާރާއިން އަންގައިފިއެވެ. މިފަދަ މެއިލްތަކެއްގެ ފޮޓޯ ހިއްސާކޮށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން ނުވަތަ ސީޕީގެ ނަމުގައި ފޮނުވާ މެއިލްތަކެއްކަން ނުވަތަ ފުލުހުން އަންގާ އެންގުންތަކެއް ގޮތަށް ސިފަވާ ކަހަލަ ފޭކު މެއިލްތަކެއް ދައުރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދައުރު ވަމުންދާ އީމެއިލް ތަކަކީ އެ މުއައްސަސާއިން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫން ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މިފަދަ […]

ކަސްޓަމްސްގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކޮށްފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނު ކުރައްވާފައިވާ ކަމަށެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު […]

ގަވަރުނަރު ކަމުން ހާޝިމް ވަކިކުރުމަށްފަހު މުނައްވަރު ޢައްޔަން ކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށްފަހު މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފާއަކަށް ރައީސް ޑރ މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ […]

ބްލެކް ހޯސް ވައިޓަލް ހަނީ އަދި އެޓުމެކްސް ރޯޔަލް ހަނީ ރާއްޖެ އެތެރެކުރުން މަނާ ކޮށްފި

ބްލެކް ހޯސް ވައިޓަލް ހަނީ އަދި އެޓުމެކްސް ރޯޔަލް ހަނީ ރާއްޖެ އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވިއްކަމުންދާ ބްލެކް ހޯސް ވައިޓަލް ހަނީ އަދި އެޓުމެކްސް ރޯޔަލް ހަނީ ފޯ ހިމް މާމުއިގައި ބޭހުގެ ދެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އަދި ސިލްޑެނަފިލް ހިމެނޭކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ […]

އެމް.ޕީ.އެލްގެ ފުރަތަމަ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާގެ ފައިދާ އިންވެސްޓަރުންނަށް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑްގެ ބޮންޑުގައި އިންވެސްޓުކުރި ފަރާތްތަކަށް ފުރަތަމަ ކޫޕަން ޕޭމެންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ. އެމްޕީއެލް އިން ބުނީ މިއީ އެ ކުންފުނިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑު ކަމަށާއި މި ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު 11 އޭޕްރިލް 2023 ގައި ހުޅުވާލިއިރު މި ބޮންޑަށް ގިނަ ފަރާރްތަކުން އިންވެސްޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މި ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓްކުރި ފަރާތްކަށް 4 ޖުލައި 2024 ގައި ވަނީ […]

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މުހިންމު ކަންތައްތަކެއް ކުރަނީ

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ. މިގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު މިކަމާގުޅޭގޮތުން ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި […]

އިސްލާމިކް މިިނިސްޓްރީގެ ”މީޑިއާ މައުރަޒު“ މާދަމާ އާއްމުންނަށް ހުޅުވާލަނީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ ”މީޑިއާ މައުރަޒު 2024′  މާދަމާ އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ. އެ މިނިސްޓްރީން ކުރިއަށްގެންދާ މީޑިއާ މައުރަޒު އިފްތިތާހު ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފުތިތާޙުކޮށްދެއްވީ މިއަދު މެންދުރުފަހުއެވެ. މީޑިއާ މައުރަޒު 2024 އަކީ ފާއިތުވި 8 މަސް ދުވަހުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާއިން ހާސިލްކުރެވިފައިވާ ކަންކަން މީޑިއާއާއި […]