ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލު ކުރަނީ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ. އެޗްޑީސީން މިރޭ ބުނީ މިހާރު ކުރިއަށްދަނީ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން […]

ބްރިޖް އިން ޓޯލް ނަގާނީ އިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުން:ރައީސް

ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ބްރިޖުން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ ރޭގައި އިޢުލާން ކުރެވުނު ”މާލެ ފަހި“ ޕޮރޮގްރާމުގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާއެއް އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ. އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން […]

އެއްލާލި ދަބަހެއް ބަލާފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިއްޖެ

އެއްލާލި ދަބަހެއް ބަލާފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކޮށްފައެވެ. އަދި އެ ދެ މީހުން އެއްލައިލި ދަބަސް ބަލައިފާސްކުރިއިރު 27 […]

ސްޓޭޓް މިނިސްޓަރުކަމުން މާނިއު އިސްތިއުފާ ދީފީ!

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓްމްސްގެ މަޤާމުގައި ހުންނަވަނިކޮށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެނގިފައިވާ ގޮތުގައި މާނިއު އިސްތިއުފާދެއްވިކަން ހޯމް މިނިސްޓްރީއަށް މިއަދު ވަނީ އަންގާފައެވެ. ނަމަވެސް އޭނާ އިސްތިއުފާދީފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ކަސްޓަމްސްގެ ވެރިޔަކަށް ހުންނަވަނިކޮށް މާނިއު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ ވަޒީފާއަށް ބަދަލު ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އޭނާ އެ މަޤާމުން އިސްތިއުފާދީފައި ވާއިރު، […]

 ޓްރެފިކް ތޮއްޖެހުމަށް ހައްލު ހޯދުމަށް ކުރިއަށްގެންދާ“މާލެ ފަހި“ޕްރޮގްރާމް އިފްތިތާހުކޮށްފި

މާލޭގެ މަގުމަތީގެ ޓްރެފިކް ތޮއްޖެހުމަށް ހައްލު ގެނައުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ”މާލެ ފަހި ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ. އެގޮތުން މާލެ ފަހި ޕްރޮގްރާމަކީ ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެ މަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ ތައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ”މާލެ […]

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޕެރިހަށް ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ ފްރާންސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ 26 ޖުލައި 2024 ވާ ހުކުރު ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި […]

ޚަރަދު ކުޑަ ކުރަން 10 ފިޔަވަޅެއް އަޅަން ސްކޫލްތަކަށް އަންގައިފި

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ޚަރަދުކުޑަ ކުރުމަށް 10 ފިޔަވަޅެއް އެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް އަންގައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިކަން އަންގާފައި ވަނީ އިއްޔެ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއް ގައެވެ.މިނިސްޓްރީން ސްކޫލްތަށް ފޮނުވި ސާކިއުލާގައި ބުނީ ދައުލަތުގެ ފައިސާ އިސްރާފު ނުވާނެ ގޮތަކަށް އަމަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ލަފާފުޅު ލިބިފައިވާތީ، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ […]

ޓްރަމްޕަށް ހަމަލާ ދިނުމުން އެމެރިކާގެ ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދީފި

ކެމްޕޭނު އެއްވުމެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީހަކު ހަމަލާ ދިނުމުން އެމެރިކާގެ ސިޔާސީ އިސް ފަރާތްތައް ހިމާޔަތް ކުރުމުގެ ޒިންމާ އޮންނަ ސީކްރެޓް ސާވިސްގެ އިސްވެރިޔާ ކިމްބަލީ ޗީޓްލް މަގާމުން އިސްތިއުފާ ދީފިއެވެ. ކިމްބަލީ ޗީޓްލް މަޤާމުން އިސްތިއުފާ ދީފައި ވަނީ ޖުލައި 13 ވަނަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ޓްރަމްޕްގެ ކެމްޕޭނު އެއްވުމެއްގެ ތެރެއިން އޭނާއަށް މީހަކު ހަމަލާދިން މައްސަލައާ ގުޅިގެންނެވެ.ޕެންސިލްވޭނިއާގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ކެމްޕޭން އެއްވުމާ ގުޅިގެން ސެކިއުރިޓީ ޕްރޮޓޮކޯލާ […]

ނޮޅިވަރަމްފަރުގެ ފުޓުސަލް ދަނޑު ތަރައްޤީކޮށް،ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދޭން އެދިއްޖެ

ހދ.ނޮޅިވަރަމްފަރުގެ ފުޓުސަލް ދަނޑު ރަނގަޅު ފެންވަރަކަށް ހަދައި،ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދޭން އެ ރަށު ކައުންސިލުން އެދިއްޖެއެވެ. އެ ރަށު ކައުންސިލުން މިގޮތަށް އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލު ކުރެއްވުމުގައެވެ.   މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‎މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ […]

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ރަޖިސްޓަރީ ނުކޮށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ 10 އުޅަނދު ނަގައިފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ރަޖިސްޓަރީ ނުކޮށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ 10 އުޅަނދު ނަގައިފިއެވެ. ފުލުހުން މިއަދު ބުނީ ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށާފައިވާ ކަމަށެވެ. އިއްޔެ ފެށި އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދު އިއްޔެ ނަގާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މިގޮތުން ފުލުހުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ […]