މެންދުރު ނަމާދަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހަދައިފި

މެންދުރު ނަމާދު ވަގުތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހޭގޮތަށް މަޖިލީހުގެ ގަވާއިދުގައި ހިމަނައިފި އެވެ. މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމާފައި ވަނީ މެންދުރު 12:00 އިން މެންދުރުފަހު 1:00 އަށެވެ. މިކަންހާމަކޮށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެންދުރު ނަމާދާ ދިމާކޮށް 12:00 އިން މެންދުރުފަހު 1:00 އަށް މެދުކަނޑާލުމަށް ގަވާއިދުގައި ހިމަނާފައިވާނެ ކަމަށެވެ. މީގެ ކުރިން ނަމާދުގެ ވަގުތަށް ޖަލްސާ މެދުކަނޑާލަނީ މެންދުރު 12:30 އިން މެންދުރު ފަހު […]

މި ސަރުކާރު ހިންގާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙަައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަމަށާއި މި […]

ޤައުމުގެ މިނިވަންކަން ޔަޤީންކުރުމަށް ދައުލަތުގެ އެހެން ބާރުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން:ރައީސް

ޤައުމުގެ މިނިވަންކަން ފުރިހަމަ ގޮތުގައި ޔަޤީންކުރުމަށް ދައުލަތުގެ އެހެން ބާރުތަކަށްވެސް އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި އެ އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ޖުޑިޝަރީގެ ދާއިރާއަށް ކުރިއެރުން ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި ޖުޑިޝަރީ ދާއިރާ އޮތީ ވަރަށް […]

ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާނެހެން ގެދޮރުވެރި ލޯން އޮކްޓޯބަރުގައި ދޫކުރަނީ

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ މި […]

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 138 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސް އޮފީހުން ވިދާޅުވީ މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ […]

ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީވެސް މިނިވަންކަން އޮވެގެން:ނައިބު ރައީސް

ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީވެސް މިނިވަންކަން އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ. ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ދެއްވި މި ވީޑިއޯ މެސެޖުގައި ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މިނިވަން ކަމަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަމަށް […]

މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އަރިސްކުރައްވައިފި

މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ. އެމަނިކުފާނު މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރައްވާފައިވަނީ މިއަދު މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި އެ މަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަންދުވަހެވެ.

ވަގު ވިސާއެއްޖަހާފައިވާ ޕާސްޕޯޓެއްގައި ރާއްޖޭން ފުރަން އުޅުނު ބިދޭސީއަކު، ހުއްޓުވާ ޑީޕޯޓުކޮށްފި

ވަގު ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން، އޮޅުވާލައިގެން ރާއްޖޭން ފުރަން އުޅުނު ބިދޭސީއަކު ޑީޕޯޓް ކޮށްފިއެވެ. މިކަންހާމަކޮށް އިމިގްރޭޝަނުން ބުނީ، ނަކަލުކޮށްފައިވާ ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ފުރަން މަސައްކަތް ކުރި ބިދޭސީއަކު ހުއްޓުވާ އޭނާ ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ރާއްޖޭން ފުރަން މަސައްކަތް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މި މައްސަލައިގައި އޭނާ ހުއްޓުވައި މިހާރު ޑީޕޯޓް ކޮށްފައިވާ ކަން ހާމަކޮށްފައިވީ ނަމަވެސް ބިދޭސީ މީހާއަކީ […]

 މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ”މަގުމަތީ ހިނގާލުން“މާދަމާ ހަވީރު

ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ ”މަގުމަތީ ހިނގާލުން“ މާދަމާ ހަވީރު މާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އަދި މި ހިނގާލުން ފަށާނީ، ޖުލައި 26 ވަނަ ދުވަހު (މާދަމާ)ގެ ހަވީރު 16:15 ގައި ބަންޑާރަކޮށީންނެވެ. މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. މި […]

ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޑޮލަރު ހަދިޔާކޮށްފި

ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޑޮލަރު ހަދިޔާކޮށްފިއެވެ. މި ފައިސާ ހަދިޔާކޮށްފައި ވަނީ ދިވެހިބަހުގެ އެކެޑަމީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޕާކިސްތާނު ސަރުކާރުގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީއެވެ. ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް […]