ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު މާރާމާރީ ހިންގައިފި،ހަމަލާދިނީ މަރުތޭލަކުން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފުންގެ މެދުގައި މާރާމާރީ ހިންގައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓު މިރޭ 08:00 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެެވެ. އެގޮތުން ފުލުހުން ބުނީ މި މާރާމާރީ ހިންގީ މަރުތޭލައެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް ހަމަލާދީފައި ވަނީ ކޮން ތަނަކަށް ކަމެއް އަދި ސީދާ ބުނަން ނޭނގޭ ކަމަށް ފުލުހުން […]
ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަނެއްޖެ

ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަނެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ކުޅުދުއްފުށީ ސިޓީގައެވެ. މިކަމަށް އިޝާރާތްކޮށް ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ބުނީ ބަންގްލަދޭޝް ފިރެހެނެއްގެ އަތުން ދިވެހި އަންހެނަކު ފޭރުނު މައްސަލައިގެ ރިޕޯޓު އެ އިދާރާއަށް މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އެކަމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ އަންހެން މީހާ ގެންގޮސްފައިވާ ކަމަށް ފުލުުހުން ހާމަކުރެއެވެ. ސޯޝަލް […]
ޑރ. ޝަހީމް ސަޢޫދީއަށް ފުރާވަޑައިގެންފި

އިސްލާމީ ޤައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްޞަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. އެގޮތުން މި ދަތުރުފުޅުގައި މަނިކުފާނާއެކު ވުޒާރާގެ ވަފުދުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މައްކާގައި ބޭއްވުމަށް […]
އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރައްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް، ދަފްތަރު. ނަންބަރު ރސ 13099، އަޙްމަދު މުނައްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، އަޙްމަދު މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މުނައްވަރާއި ބައްދަލުކުރައްވާ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ. މި […]
އިންޑިޔާގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން މޯދީއަށް ހަމްދަރުދީގެ މެސެޖެއް ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސްގެ މެސެޖުގައި، މިއަދު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެޤައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފައި ވެއެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ މަނިކުފާނު […]
ވިނަރެސް ފްލެޓް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް,ކާރުގެ ޑްރައިވަރު ފިލައިފި

ހުޅުމާލޭގެ ވިނަރެސް ފްލެޓް ސަރަހައްދުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރަކުން ޖެހި މީހަކު ވިއްސައިގެން ދިޔުމުން، ކާރުގެ ޑްރައިވަރު އެ ސަރަހައްދު ދޫކޮށް ފިލައިފި އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެގޮސް މަގުގެ އެއް ފަރާތުގައި މީހަކު މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. ސައިކަލްގައި މަޑުކޮށްގެން އިން ފިރިހެން މީހާއަށް އަނިޔާވެ އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައި […]
އިންސާނީ ވަގުފާރީގެ މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ފޯން ލައިނެއް ތައާރަފްކޮށްފި

އިންސާނީ ވަގުފާރީގެ މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ފޯން ލައިނެއް ތައާރަފްކޮށްފިއެވެ. މި ލައިން ތައާރަފްކޮށްފައި ވަނީ އިއްޔެ ފާހަގަކުރި އިންސާނީ ވަޤުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި އަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ ”މީހުން އިންސާނީ ވަގުފާރިކުރުން ހުއްޓުވުމަށްކުރާ މަސައްކަތުގައި އެއްވެސް ކުޑަކުއްޖަކު އިސްތިސްނާ ނުކުރުން“ މިއެވެ. މި ރަސްމިއްޔާތުަ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ހިއުމަން ޓްރެފިކިން އަކީ ނުރައްކާތެރި ކުށެއް ކަމަށެވެ. އެހެންކަމުން އެ […]
ޕާކިސްތާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ސިފައިންގެ މީހަކު މަރާލައިފި

ޕާކިސްތާނުގެ ބަލޫޗިސްތާން ޕުރޮވިންސުގެ ގަވާދަރްގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރޭގައި އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ސިފައިންގެ މީހަކަށް ހަމަލާދީ މަރާލައިފި ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. މި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބަލޯޗް މޫވްމަންޓް ޖަމާޢަތުން ޑިމާންޑް ކުރަމުން އަންނަނީ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފައިވާ އެ ޖަމާޢަތުގެ މެންބަރުން މިނިވަން ކުރުމަށެވެ.މިކަމަށް ޑިމާންޑްކޮށް މުޒާހަރާގެ ބައިވެރިން ވަނީ ބަނދަރުމަތީ ރަށެއް ކަމުގައިވާ […]
ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް ”ގޮތުގައި“ ރައީސްއަށް ހަދިޔާ ކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް، ”ގޮތުގައި“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހަދިޔާ ކުރައްވައިފިއެވެ. މި ފޮތް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު ވަނީ މި ފޮތް އިފުތިތާހު ކޮށްދެއްވާފައެވެ. މި ފޮތް ލިޔުއްވާފައި ވަނީ ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީއެވެ. މި ފޮތުގައި 190 ސަފުހާ ހިމެނެއެވެ. ޤައުމީ ޚިދުމަތްތެރިޔާ ފުޢާދު ތައުފީޤުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފުސީލާއެކު […]
ހަބީބް އެޗްއާރުސީއެމްއަށް އައްޔަން ކުރަން ހިއުމަންރައިޓްސް ކޮމިޓީން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އަބްދުއްރަހީމް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ހަބީބް އެޗްއާރްސީއެމްގެ މެންބަރުކަމަށް ހަމަޖެއްސުމަށްޓަކައި މަޖިލީހުގެ ތަޅުމުންވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް ހަބީބްގެ ނަން ފާސްކުރަން ޖެހޭނެއެވެ.އެޗްއާރްސީއެމްގައި ހުސްވެފައިވާ މަގާމަށް މެންބަރަކު […]