ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހޭ:ރައީސް

ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޤައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިޠާބުގައެވެ. ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އެކަމަށްޓަކައި މި ޒަމާނުގައި ބޭނުންވަނީ ޢިލްމީ ހަމަތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. […]
ކުކިން ސޯސްއެއް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މަނާ ކޮށްފި

މާސްޓާ ފުޑްސްގެ ކްރީމީ ޗިކަން އެންޑް މަޝްރޫމް ސޯސް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މަނާ ކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މާސް އޮސްޓްރޭލިއާ ޕޓވ ލޓޑ އިން ތައްޔާރު ކޮށްފައިވާ އެ ސޯސްގެ އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ބިސް ހިމެނޭ ކަމަށާއި ނަމަވެސް މި އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވާތީ އެ އުފެއްދުން ބާޒާރުން ނެގުމަށް އެކުންފުނިން އަންގާފައިވާ ކަމަށެވެ. އަދި އެލާޖަންގެ މައުލޫމާތު ލޭބަލުގައި […]
މަދީނާ އިންވެސްޓްމަންޓް މެނޭޖްމަންޓުގެ ދަށުން ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވައިފި

މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން މ. ޠައިބާ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މަސްޖިދު އުންމުލް މުއުމިނީން ޢާއިޝާ رضی اللہ عنھاގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވައިފިއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވަގުތީ މިސްކިތް ކުރިން ހުރި ބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ދެ ފަންގިފިލާއަށް ޢިމާރާތްކުރާ، ދެހާސް މީހުންގެ ޖާގައިގެ މި މިސްކިތުގައި ރިސަރޗް ލައިބްރަރީއަކާއެއް ހިމެނެއެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް […]
ރައީސް މުޢިއްޒު ރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމުޢިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވިއެވެ. އަދި އެ ޖަމުޢިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އެ ޖަމުޢިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރެއްވިއެވެ. އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން […]
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ. އިސްތިއުފާދެއްވާ ފަނޑިޔާރު ސުއޫދު، ރައީސްއަށް ޑރ.މުހައްމަދު މުޢިއްޒުއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާއެކު، ރައީސް މުއިއްޒުގެ ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއާ ހިލާފަށް އަދުލު އިންސާފުގެ ބާރަށް […]
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

ސައުދި އަރަބިއްޔާއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފިއެެވެ. އެ ގައުމުން ވަނީ އެހެނިހެން އަހަަރުތަކެކޭވެސް އެއްގޮތަށް މި ރަމަޟާންމަސް ފެށުމުގެ ކުރިންވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކޮށްފައެވެ. އެ ފަހަރު ހަދިޔާކޮށްފައި ވަނީ 50 ޓަނުގެ ކަދުރެވެ. މިގޮތުން މި ފަހުން ހަދިޔާކުރި 10 ޓަނުގެ ކަދުރު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މިކަމަށްޓަކައި އެ މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރާއްޖެއަށް ޑްރަގް އެތެރެކުރި ދިވެއްސަކު 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ރާއްޖެއަށް ޑްރަގް އެތެރެކުރި ދިވެއްސަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ވައިގެ މަގުން އޭނާ ރާއްޖެއައި އިރު ގެނައި ކަރުދާސް ފޮށިގަނޑެއް ބަލައި ފާސްކުރިއިރު ދެ ފުޅިއެއް ފެނިފައި ވާއިރު އެއްފުޅީގެ ތެރެއިން 480.8 ގްރާމުގެ ކެނެބިސް އާއި އިތުރު ފުޅިއެއްގެ ތެރެއިން 481.9 ގްރާމު ކެނެބިސް ވަނީ ފެނިފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ ދައުލަތާއި އެ މީހާއާ ދެމެދު ހެދި އިއުތިރާފްގެ […]
މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އަޒާން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިކަން ހާމަކުރައްވާ އެ ދެ ކޮމިޓީއަށް ގެނައި ބަދަލުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ދެ ކޮމިޓީން ވަކިކޮށް އިމްތިޔާާޒާ ސުލޫކު ކޮމިޓީއާ، ޕެޓިޝަން ކޮމިޓީގައި ހުންނެވި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައި އަޒާން ވަނީ […]
ފުރަތަމަ އިހްޔާ ފޯރަމް މިރޭ، މަޢުޟޫއަކީ ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން!

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. މި ފޯރަމްގެ މައުލޫއަކީ ”ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން“ މިއެވެ. މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 […]
ތިރީހަށްވުރެ ގިނަ ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވަނީ

ތިރީހަށްވުރެ ގިނަ ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވަމުންދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ދެންމެ ބުނީ ތިލަފުށްޓާ ދިމާ ބޭރުން ދަތުރުކުރަމުންދާ ”ސުވެނިއަރ 34“ ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމަށެވެ. އަދި މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ. މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މަޢުލޫމާތު ލިބިފައިވާގޮތުގައި އެ އުޅަނދުގައި 38 މީހުން ދަތުރު ކުރަމުންދާ ކަމަށެވެ.