އެމް.ޕީ.އެލްއާއި އޭސް ޓްރެވަލްސް މޯލްޑިވްސްއާ ދެމެދު ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ގަތަރު އެއާވޭސްގެ ޖެނެރަލް ސަރވިސް އޭޖެންޓް އޭސް ޓްރެވަލްސް މޯލްޑިވްސްއާ ދެމެދު ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ސަރވިސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ގަތަރު އެއާވޭސް މެދުވެރިކޮށް ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓް ކާގޯގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ-ޓު-އެއަރ ޓްރާންސިޕްމަނަޓްގެ ކާގޯގެ ޚިދުމަތް އަމަލީކޮށް ފެށި ފަހުން ދެ ތިން […]
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު

ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް މުހައްމަދު ސައީދު އައްޔަން ކުރައްވައިފިއެވެ. ސައީދު މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ބޯޑުން ނެރުނު ބަޔާނުގައި ބުނީ ސައީދު މި މަޤާމަށް އައްޔަންކުރީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕްރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން ކަމަށެވެ. ހަމައެހެންމެ […]
މޫސުމަށް އަންނަ ބަދަލުތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް އޮތް ނުރައްކަލެއް:ސާޖިދާ

މޫސުމަށް އަންނަ ބަދަލުތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ކަނޑުގެ ދިރުންތަކާއި އަދި ރާޅާއެޅުންފަދަ ކަންކަމަށް ވެސް އޮތް ނުރައްކަލެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފާހަގަ ކުރައްވައިފިއެވެ. އެ ކަމަނާ މިކަން ފާހަގަކުރައްވާފައި ވަނީ ”އޭ.އެސް.އެފް އޭސިއަން ސާރފިން ޗެންޕިއަންޝިޕް 2024“ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާގެ ވާހަކަފުޅުގައި ރާޅާއެޅުންފަދަ ހަރަކާތެއްގެ ނިމުން ފާހަގަކުރާއިރު ކަނޑުތަކުގެ ވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ކަނޑުގެ ދިރުންތަކާއި […]
ޕީއެސްއެމްގެ އެމްޑީ ކަމުން ޒީނާ އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފިއެވެ. އެނގިފައިވާ ގޮތުގައި ޒީނާ އިސްތިއުފާ ދެއްވާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް މީޑިއާއަކަށް ހާމަކުރައްވާފައެއް ނުވެއެވެ. ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އަައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު އެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ޒީނާ ވަނީ ނޫސް ވެރިކަމުގެ ދާއިރާގައި 17 […]
އިސްރާއީލު ސިފައިން ޣައްޒާގެ މިސްކިތެއްގައި މުސްހަފްތައް އަންދަނީ

އިސްރާއީލު ސިފައިން ޣައްޒާގެ މިސްކިތުގައި މުސްހަފްތައް އަންދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަލްޖަޒީރާ ޓީވީއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެ ޓީވީއަށް ވަނީ އިސްރާއީލުގެ ސިފައިން ޣައްޒާގެ މިސްކިތްތައް ސުންނާފަތިކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލިބިފައެވެ. އެގޮތުން ހުކުރު ދުވަހު އާންމުކުރި ވީޑިއޯ ފޫޓޭޖުތަކުން ފެންނަނީ ޣައްޒާގެ މިސްކިތެއްގައި އިސްރާއީލު ސިފައިން ކީރިތި ޤުރުއާނުގެ ކޮޕީތައް އަންދަމުންދާ މަންޒަރެވެ. ގަތަރުގެ ނިއުސް ޗެނަލް އަލްޖަޒީރާއިން ބުނީ އެ ފޫޓޭޖް ހޯދާފައިވަނީ ޣައްޒާއިން ފެނުނު އިސްރާއީލު ސިފައިންނާއި […]
މިހާރު ހިންގަމުން އަންނަ އެމްއެފްޑީއޭ އުވާލައްވައި އަލުން އެ އިދާރާ އުފައްދަވައިފި

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ”މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ“ މިއަދު ގާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2024/17 ދެންނެވުމުގައެވެ. ރައީސް އޮފީހުން ވިދާޅވީ ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވައިލައްވާފައި […]
ޕީޖީ ޝަމީމް އިސްތިއުފާ ދެއްވައިފި

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޕީޖީ އޮފީހުން މިރޭ ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕީޖީ ހުސެއިން ޝަމީމު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެގޮތުން ޕީޖީ ޝަމީމް އިސްތިއުފާ ދެއްވާފައި ވާތީ ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަޙްމޫދް ސަލީމް ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ. ޕީޖީ ޝަމީމް އިސްތިއުފާދެއްވާފައި މިވަނީ އޭނާ ވަކިކުރަން މަޖިލީހުގެ […]
ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޮޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ރޯވެފައި ވަނީ ތިލަފުށީގައި ހުންނަ މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕްގައެވެ. އެމްއެންޑީއެފުން ދެންމެ ބުނީ މި ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށްގެންނާއި ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލް ލިބުމުން ހިއްސާ ކުރާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ތިލަފުށީގެ ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ، ދުން އަރަމުންދާ މަންޒަރު […]
ސިހުރު ހެދި ކަމަށް ބުނާ ދެ މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ރައްޔިތުންގެ މަޖިލިހުގެ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހް އަވަހާރަކޮށްލަން ސިހުރު ހެދި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަަށް ފޮނުވައިފިއެވެ. މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ މެއި 3 ވަނަ ދުވަހު ހުށަހަޅާފައިވާ، ށ. ފުނަދޫގައި ސިހުރުހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޖުލައި ދެ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައި ވަނީ 60 އަހަރުގެ […]
ކޮންމެ މަސްދޯންޏަކަށް ތިން ޓަނު އައިސް ދެނީ

ކޮންމެ މަސް ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. އެ ކުންފުނިން މިއަދު ބުނީ، މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރުމަށް ނިންމާފައިވާ ކަަަމަށެވެ މިފްކޯއިން ބުނީ މި އައިސް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ނިޔަލަށް ކަމަށެވެ. މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެގެން ދިއުމަށްފަހު […]