ރޭ ފެނިގެންދިޔައީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ފުލުހުން ޖެހިލުން ނުވާނެ ކަމުގެ މިސާލެއް:ސީޕީ ޝުޖާޢު 

ރޭ ހިނގި ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ފަރާތުން ފެނިގެން ދިޔައީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެ ކަމުގެ މިސާލެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. މިއަދު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނާ ސީޕީ ޝުޖާޢު ވަނީ […]

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ޢައްޔަން ކުރުމަށް، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. މީގެ އިތުރުން މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމުތަކާއި އިޤުރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ […]

ރާޖޭޝް ކަންނާގެ ފަރާތުން ދުވަހަކުވެސް އަހަރެންނަށް ތައުރީފުގެ ބަހެއް ނުލިބޭ:ޑިމްޕަލް

ކުރީގެ ސުޕަސްޓާ ރާޖޭޝް ކަންނާގެ ފަރާތުން ދުވަހަކުވެސް އޭނާއަށް ތައުރީފުގެ ބަހެއް ނުލިބޭކަމަށް ޑިމްޕަލް ކަޕާޑިއާ ބުނެފިއެވެ. ރާޖޭޝް ކަންނާ އާއި ޑިމްޕްލް ކަޕަޑިއާ ކައިވެނި ކުރީ 1973 ވަނަ އަހަރު އެވެ. ރާޖޭޝް ކަންނާއާއި ޑިމްޕަލް ކައިވެނި ކޮށްފައި ވަނީ ޑިމްޕަލްގެ އުމުރުން 15 އަހަރުގައެވެ. އޭރު ރާޖޭޝް ކަންނާގެ އުމުރުން 31 އަހަރެވެ. އޭގެ ގާތްގަނޑަކަށް ދިހަ އަހަރު ފަހުން، 1980 ގެ އަހަރުތަކުގެ ކުރީކޮޅު، އެދެމަފިރިންގެ ދެ އަންހެން ދަރިން ކަމަށްވާ ޓްވިންކަލް […]

ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް ލިޔުން ހަވާލުކޮށްފި

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކޮށް، ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ފޮނުވަން ހަމަޖެހިފައިވާ އަލްޙާފިޡް ޢަލީ ރަޢީފުއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.  މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، މިއަދު މި މަޝްރޫޢު ލޯންޗުކުރެވި ޢުމްރާ ދަތުރު އެރުވިފައި މިވަނީ އެއްވަނަ ދަރަޖައިގައި ޤުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު […]

ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކީ ފަގީރެއް:ޑރ.ހައިދަރު

ރާއްޖޭގެ އާބާދީގެ ނިސްބަތުން ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކީ ފަގީރެއް ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ. މިހާރު އުޒްބަކިސްތާނުގައި ކުރިއަށްދާ މަލްޓިޑައިމެންޝަނަލް ޕޮވަޓީ ޕިއާސް ނެޓްވޯކްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެމްޕީއައި ބަލައިގަތުމަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު އެކި ދާއިރާތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ސަރުކާރަށް ލިބޭނެ ކަމެއް ކަމަށެވެ  ހަމައެހެންމެ ރާއްޖެ އިތުރަށް […]

އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް އެ މިނިސްޓްރީން ހަމަޖައްސައިފިއެވެ. އިސްލާމީ މަރުކަޒުގެ ވެބްސައިޓުގައި ޞަދަޤާތް ކުރުމަށް ޙާއްސަ ޕޭޖެއް ޤާއިމްކޮށް އެކަން ލޯންޗުކޮށްދެއްވީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން […]

އިރާގުގެ އިސްލާމިކް ރެސިސްޓެންސް ގްރޫޕުން އިޒްރޭލުގެ ހައިފާ ބަނދަރަށް ޑްރޯން ހަމަލާއެއް ދީފި

އިރާގުގެ އިސްލާމިކް ރެސިސްޓެންސް ގްރޫޕުން އިޒްރޭލުގެ ހައިފާ ބަނދަރަށް ޑްރޯން ހަމަލާއެއް ދީފި އެވެ. އެ ގްރޫޕުން އަންގާރަ ދުވަހު ބަޔާނެއް ނެރެ، ބުނީ ހޯމަ ދުވަހުގެ ރޭ އިޒްރޭލުގެ ހައިފާ ބަނދަރަށް ހަމަލާއެއް ދީފައިވާކަން އިއުލާންކޮށްފަ އެވެ. އެ ގްރޫޕުން ވަނީ ޑްރޯންތައް ބޭނުންކޮށްގެން ހައިފާ ބަނދަރަށް ހަމަލާދީފައެވެ. އިރާގުގެ އިސްލާމިކް ރެސިސްޓެންސް އިން އިޒްރޭލަށް ހަމަލާތައް ދެމުން އަންނަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފަލަސްތީނަށް އަމާޒުކޮށް ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާތަކާއި […]

ތާޕްސީގެ ދިރިއުޅުމުގެ ކަންކަން ”ޕްރައިވެޓް“ ކޮށް ގެންގުޅެނީ ކީއްވެކަން ބުނެދީފި

ބޮލީވުޑްގެ މަޝްހޫރު ތަރި ތާޕްސީ ޕަންނޫގެ ދިރިއުޅުމުގެ ކަންކަން ”ޕްރައިވެޓް“ ކޮށް ގެންގުޅެނީ ކީއްވެކަން އޭނާ ހާމަކޮށްފިއެވެ. އޭއެންއައި އަށް ދާދިފަހުން ތާޕްސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އަބަދުވެސް ގަބޫލު ކުރަނީ އޭނާގެ އަމިއްލަ ދިރިއުޅުން ”ޕާސަނަލް“ ކޮށް ބަހައްޓަންޖެހޭ ކަމަށެވެ. މި އިންޓަވިއުގައި ތާޕްސީ ވަނީ ފިލްމީ ދާއިރާގައި ކުރި ދަތުރާއި ހޯދި ކާމިޔާބީ ތަކާއި، ޑެންމާކުގެ ކުރީގެ ބެޑްމިންޓަން ތަރި މަތިއަސް ބޯއާ ކައިވެނި ކުރި ގޮތާއި، ޕެރިސް އޮލިމްޕިކްސްގައި އޭނާ ކުރި […]

ވަގުތީ ގޮތުން ވެހިކަލް ބެހެއްޓުމަށް ހުޅުމާލޭން ހަމަޖެއްސި ބިން ހުޅުވާލައިފި

ވަގުތީ ގޮތުން ވެހިކަލް ބެހެއްޓުމަށް ހުޅުމާލެ ފޭސް 2 ގައި ހުންނަ ހޯކްސް ޕެޓްރޯލް ޝެޑް އަދި އެމް.ޕީ.އެލް ފްލެޓް ކައިރިން ހަމަޖެއްސި ބިން މިއަދު ހުޅުވާލައިފިއެވެ.  މިއީ މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށް ހުޅުމާލޭން ހަމަޖެއްސި ބިމެކެވެ.   މި ބިމަކީ 42،132.05 އަކަފޫޓުގެ ހުސް ބިމެކެވެ. މި ބިމުގައި އުޅަނދު ބަހައްޓާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި […]

ބީއެމްއެލްގެ ބޯޑަށް އާ މެންބަރުން އައްޔަން ކުރަން ޖަލްސާއެއް ބާއްވަން ނިންމައިފި

ބީއެމްއެލްގެ ބޯޑަށް އާ މެންބަރުން އައްޔަން ކުރަން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. ބީއެމްއެލުން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ޚާއްސަ އާންމު ޖަލްސާ 21 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ހެދުނު 10:00 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޖަލްސާ ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމަންޓު ސިސްޓަމް ”ފަހި ވޯޓް“ މެދުވެރިކޮށް ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ. ބީއެމްއެލް އިން ބުނީ މި ޖަލްސާގައި ބައިވެރިވެ ވަޑައގެންނެވޭނީ […]