ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު މަރްހޫމް ޞަލާޙުއްދީންގެ ހަނދާނަށް އަރުވަނީ

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. މި ޝަރަފު އެރުއްވުމަށް ނިންމެވީ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ. މި ޝަރަފު، އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ […]
ޓްރޭޑިން ޕްލެޓްފޯމް އިފްތިތާހު ކޮށްދެއްވައިފި

ވިޔަފާރިވެރިންނާ ޚިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު ”ޓްރޭޑިއަން“ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ޕްލެޓްފޯމު އިފުތިތާޙް ކޮށްދެއްވީ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރަސްމީގޮތުން އިފުތިތާޙްކުރުމަށް މިއަދު ހެނދުނު ޖެން މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެއެވެ. […]
މާލޭގައި އަންހެނަކު ރަހީނުކުރި އަތުހަރު ނިޔާވެއްޖެ

މާލޭގައި އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅި ޖެއްސި އާދަމް އަތުހަރު, 32, ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހިގެން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 4:08 ގަ އެވެ. ރޭގެ ވަގުތެއްގައި އަތުހަރު ދަންޖެހިފައި ވަނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައެވެ. މިކަމާއި ގުޅިގެން ދިވެހި ފުލުހުން ދަނީ ތަހުގީގު ތަކެއް ކުރަމުން ކަމަށާއި […]
ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ތަސްލީމުގެ މައްސަލަ ޖިނާއި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަނީ

ދަތުރު ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހައްމަދުގެ މައްސަލަ ޖިނާއީ މައްސަލައެއް ގޮތަށް ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ހުކުރު ދުވަހު ހެނދުނު 10:00 އާއި 11:00 ހާއިރު އެ ފިނޮޅުން ކަމަށް […]
ފުލުހުންގެ އާސާރު ދައްކާލުމުގެ ހަރަކާތް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ފުލުހުންގެ އާސާރު ދައްކައިލުމުގެ ހަރަކާތް ފަށައިފިއެވެ. މި ހަރަކާތަކީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. ފުލުހުންގެ އާސާރަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވައިލާފައެވެ. މި މަހު 2 އިން 3 އަށް 9:00 އިން 16:00އަށް އަދި 20:00 އިން […]
ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސްދީ ފިލައިގެން އުޅޭ 10 ބިދޭސީއަކު ހޯދައިފި

ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށް މިދިޔަ ބުދަ ދުވަހު ހިންގި ޚާއްޞަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސްދީ ފިލައިގެން އުޅޭ 10 ބިދޭސީއަކު ހޯދާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހިންގަމުން އަންނަ ޚާއްސަ ހަރަކާތުގައި މިދިޔަ ބުދަ ދުވަހު ދެ ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގެ ތެރެއިން މާލޭގެ […]
ޔޫކްރޭންގައި ރަޝިޔާގެ ސިފައިން ތަމްރީނު ކުރަން އީރާނުން އެހީވާ ކަމަށް ބުނާ ތުހުމަތު ދޮގުކޮށްފި

ޔޫކްރޭންގައި ރަޝިޔާގެ ސިފައިން ތަމްރީނު ކުރަން އީރާނުން އެހީވާ ކަމަށް ބުނާ ތުހުމަތު އެ ޤައުމުން ދޮގުކޮށްފިއެވެ. އީރާނުގެ ސިފައިން ޔޫކްރޭންގެ ބިމުގައި ރަޝިޔާގެ އަސްކަރީ ބާރުތައް ތަމްރީނު ކުރަމުން އަންނަ ކަމަށް ބުނާ ތުހުމަތު އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންއާނީ ވަނީ ދޮގުކުރައްވާފައެވެ. ރަޝިޔާގެ ސިފައިން ތަމްރީނު ކުރުމަށް ޔޫކްރޭންގެ ބިމުގައި އީރާނުގެ އަސްކަރީ އޮފިސަރަކު ހުރި ކަމަށް ބުނާ ވާހަކައަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ކަންއާނީ ވަނީ ވިދާޅުވެފައެވެ. މިފަދަ […]
ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި 209 ޚަޠީބުން ސަނަދު ހާސިލުކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު ދީފިއެވެ.މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފް، ސްޓޭޓު މިނިސްޓަރ ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންއެވެ. […]
މައިދައިތައާ އޮންނަ ގުޅުން ރަނގަޅު ކުރާނީ ކިހިނެއް؟

މައިދައިތައަކާއި ދަނބިދަރިއެއްގެ މެދުގައި އޮންނަ ގުޅުމަކީ ބައެއްފަހަރު ވަރަށް ނާޒުކު ބަދަހި ކުރަން އުނދަގޫ ގުޅުމަކަށް ވެދާނެއެވެ. މިކަމުގައި ފިރިމީހާގެ މަންމަ ނުވަތަ އަނބިމީހާގެ މަންމަ ނަމަވެސް ބައެއްފަހަރު ގޮންޖެހުންތަކާ ދިމާވެއެވެ.މުޅި އާއިލާގެ ހަމަޖެހުމަށްޓަކައި މައިދައިތައާއި ދަނބިދަރިންގެ މި ގުޅުން ބަދަހިކުރުން މުހިންމެވެ. މި ގުޅުން ކާމިޔާބު ކުރެވިއްޖެނަމަ ތިމާއާ ތިމާގެ ދަރިންނަށްވެސް މިކަމުގެ އުފަލާއި ހިތްހަމަޖެހުން ލިބި މީގެ ހެޔޮ އަސަރު ކުރާނެއެވެ. މި ހިމަނާލަނީ މައިދައިތައެއްގެ ހިތް ކާމިޔާބުކޮށް، ވަރުގަދަ ގުޅުމެއް އުފެއްދުމަށް ކުރެވިދާނޭ […]
ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ރިޒާވްވެސް ވަރުގަދަ ވާނެ: ރައީސް މުޢިއްޒު

ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ރިޒާވްވެސް ވަރުގަދަ ވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ”އިޤްތިޞާދު ހަރުދަނާ ކުރާނަން،ބިންގާ ރަނގަޅު، ފައިސާ ޗާޕެއް ނުކުރަން. އެއީ އެންމެ ފުރަތަމަ ކަންތައް. ޑޮލަރު އަޅުގަނޑުމެން ތެރޭގައި އިތުރު ކުރުމަށްޓަކައި ބައިވަރު ބަދަލުތައް މި ގެންނަނީ، ޤާނޫނީ ބަދަލުތަކާ، ނިޒާމީ ބަދަލުތަކާ މިގެންނަނީ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ރިޒާވްވެސް ވަރުގަދަ […]