ދިޕިކާއާއި ރަންވީރަށް ދަރިއަކު ލިބިއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންވީރު ސިންގް 39އ އާއި ދީޕިކާ ޕަދުކޯން 38އ އަށް އެ މީހުންގެ އަލަތު ދަރިފުޅު ލިބިއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދިޕިކާ ވިހާފައި ވަނީ މިއަދުއެވެ. އަދި އެ ދެމަފިރިންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.މި މުނާސަބަތާއި ގުޅިގެން ސޯޝަލް މީޑިއާގައި އެ ދެމަފިރިންގެ ފޭނުންގެ ފަރާތުން މަރުހަބާގެ މެސެޖުތަކާއި ހެޔޮ އެދުންތައް އަންނަނީ އޮހެމުންނެވެ. ދިޕިކާ ވިހާފައި ވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައެވެ. […]

ޑޮލަރު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަނީ، ސަމާލުވޭ!

ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި އެކަމަށް ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.  އެގޮތުން މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް […]

ހަލަބޮލި މާލޭ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރެވޭނީ ކިހިނެތް؟

ރާއްޖޭގެ ވެރިރަށް މާލޭ ސިޓީއަކީ ގިނަ ޚިދުމަތްތައް ލިބެންހުރުމާއެކު ދިވެހިންގެ އާބާދީގެ އެންމެ ގިނަ އިންސައްތަ ބަޔަކު ދިރިއުޅޭ ސިޓީއެވެ. އެހެންކަމުން އާބާދީގެ ގިނަ ބަޔަކު ދިރިއުޅޭ ދުނިޔޭގެ އެހެނިހެން ސިޓީތަކެކޭ އެއްފަދައިން މާލެ ސިޓީގައި އެއްގަމު އުޅަނދުތަކާއި ހިނގާ މީހުންގެ މެދުގައި އެކްސިޑެންޓްތަކުގެ ނުރައްކާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭ ސިޓީގެ ގިނަ މަގުތަކަކީ ހަނި މަގުތަކެއް ކަމުން ތޮއްޖެހުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވެއެވެ. މިކަމުގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކުގެ […]

ހިޒްބުﷲއިން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއްދީފި

ހިޒްބުﷲ އިން ޑްރޯން މެދުވެރިކޮށް ފޮނުވި ހަމަލާތަކެއްގައި، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރޮކެޓު ހަމަލާތަކެއް ދީފިއެވެ. ހިޒްބުالله އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު ރަމޯޓް ނަފްތާލީ ކޮށީގައި ކަމިކާޒޭ ޑްރޯންތަކާއި ބީއެމް-21 ގްރޭޑް ރޮކެޓްތަކެއްގެ ސްކޮޑްރަންއެއް ފޮނުވާލައި، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. ބެއިތު ހިއްލެލް ކޮށީގައި ހުންނަ އަލް ސާލް ބެޓޭލިއަންގެ ކޮމާންޑް ހެޑްކުއާޓަރާއި، ޔާރާ ކޮށީގެ ދެކުނުގައި ހުންނަ ހުޅަނގު ބްރިގޭޑް 300ގެ އަލަށް […]

އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ”ދިވެހީން“ ނެރެފި

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ ”ޤައުމީ ލަވަ އަލްބަމް“  މިއަދު ނެރެފިއެވެ. މި އަހަރުގެ މި އަލްބަމުގައި ޖުމްލަ 6 ލަވަ ހިމެނޭނެއެވެ. މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ކޮށްފައި ވަނީ ”ދިވެހީން“ މި ތީމަށެވެ.   މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައި ވަނީ ރާއްޖޭގެ ފުންނާބު އުސް ޒުވާން ލަވަކިޔުންތެރިންނެވެ. އެމްއެންޑީއެފުން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި […]

ސަޢޫދީގެ އަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެއްކަމަށްވާ، އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދު އަވަހާރަވުމާއި ގުޅިގެން މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، އެ މަނިކުފާނު ވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި ޢާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ […]

ޕެރަލިމްޕިކްސް 2024ގައި ވާދަކުރި ދިވެހި ދެ އެތުލީޓުންނަށް ބޮޑު ކުރިއެރުމެއް 

ފްރާންސްގެ ވެރިރަށް ޕެރިސްގައި ކުރިއަށްދާ ޕެރަލިމްޕިކްސް 2024ގައި ވާދަކުރި ދިވެހި ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ. ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ބުނީ ޕެރަލިމްޕިކް ގޭމްސްގައި މި ފަހަރު ދިވެހިރާއްޖެ ތަމްސީލުކުރީ ދެ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުއްރައްޒާގު އަބްދުއްސަމަދު ކަމަށެވެ. އެގޮތުން އެ ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ހާމަކޮށް އެ ވުޒާރާއިން ބުނީ އެ ގޭމްސްގައި ފާތިމަތު އިބްރާހިމް ވާދަކޮށްފައި ވަނީ 100 މީޓަރު ދުވުމުގައި […]

އެކްޓިންއަކީ އަހަރެންގެ ލޭގައިވާ ކަމެއް:ކަރީނާ

އެކްޓިންއަކީ އޭނާގެ ލޭގައިވާ ކަމެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ކަރީނާ ކަޕޫރް ޚާން 43އ ބުނެފިއެވެ. ކަރީނާ މިހެން ބުނެފައި ވަނީ އޭނާ ލީޑުރޯލުން ފެނިގެންދާ އަދި ޕްރޮޑިއުސް ކޮށްފައިވާ ފިލްމު ”ދަ ބަކިންހަމް މާޑާސް“ ގެ ޓްރެއިލާ ލޯންޗު ކުރުމުގެ ހަރަކާތުގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ. ހެންސަލް މެހެތާ ހަދާފައިވާ މި ތުރިލާ ފިލްމުން ކަރީނާ ފެނިގެން ދާނީ ޑިޓެކްޓިވް އެއްގެ ރޯލުންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ […]

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި 81 ވަނަ ޤައުމީ ދުވަސް

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި 81 ވަނަ ޤައުމީ ދުވަހެވެ. ޤައުމީ ދުވަސް ނިސްބަތް ވަނީ، އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. އެގޮތުން ޤައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ 1 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޕޯޗުގީޒުންގެ 15 އަހަރުވީ ދިގު އަނިޔާވެރި ވެރިކަމުން ބޮޑު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.ޕޯޗުގީޒުން އަލި ރަސްގެފާނު ޝަހީދުކޮށް ރާއްޖެ ހިފާފައި […]

ޤައުމީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިސްކުރައްވައިފިއެވެ. އެމަނިކުފާނު ޤައުމީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރެއްވީ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ އެކްސް މެދުވެރިކުރައްވައި، ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. ޤައުމީ ދުވަހާ ގުޅިގެން މާދަމާ ހެނދުނު ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ޤައުމީ ދުވަހުގެ ރަސްމީ […]