އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެެއް ދީފި!

ޔަހޫދީ އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އިޒްރޭލުން ދަނީ ފާއިތުވި އެގާރަ މަސް ދުވަހު މެދުކެނޑުމެއްނެތި ލުބުނާނުގެ ދެކުނު ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދެމުންނެވެ. މި ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ ހިޒްބުﷲގެ ހަމަލާތަކަށް ބިރުން ލުބުނާނުގެ ބޯޑަރު ކައިރީގައިވާ ސަރަހައްދުތަކުން 60،000 އަށް ވުރެ ގިނަ އިޒްރޭލު ވަޒަންވެރިން ހުސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލުން ލުބުނާނުގެ ދެކުނުގެ ޚިޔާމް އާއި އައިތާ އަޝް ޝަބް ރަށްތަކަށް ހަމަލާދީފައި ވަނީ މިއަދު ހެނދުނުގެ […]

ސައުދީ އަރަބިއްޔާއިން 13 އަހަރަށް ފަހު ސީރިއާގައި ހުންނަ އެމްބަސީ ހުޅުވައިފި

ސީރިޔާގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ 13 އަހަރަށް ފަހު އަލުން ހުޅުވައިފި އެވެ. އެގޮތުން ދިމިޝްގުގައި ހުންނަ މި އެމްބަސީގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު އެވެ. ސީރިއާގައި ހުންނަ ސައުދީ އެމްބަސީގެ ޗާޖް ޑި އެފެއާޒް ވިދާޅުވީ ރިޔާދާއި ދިމިޝްގާއި ދެމެދު ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރާ މަސައްކަތްތައް އެމްބަސީން ކުރާނެ ކަމަށެވެ. ހަމައެހެންމެ މި އެމްބަސީ އަލުން ހުޅުވުމަކީ ދެ ޤައުމުގެ އަޚުވަންތަ ކަމުގެ ގުޅުމުގެ […]

މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް މަޝްވަރާކޮށްފި

މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރުމާއި ތަމްރީނު ދިނުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިކަންހާމަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ރާއްޖޭގެ މަސްވެރި ސިނާއަތު ކުރިއެރުވުމަށާއި، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއަދުގެ މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ […]

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަޤާމުގައި ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާދެއްވައިފިއެވެ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ މި މަހުގެ 8 ވަނަ އިސްތިއުފާދީފައިވާ ކަމަށެވެ. އެހެންކަމުން ބޭންކުގެ ސީއީއޯގެ މަޤާމުގައި ކާލް ހުންނާނީ މި މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ އާންމު ޖަލްސާ، އީޖީއެމްއާ ހަމައަށް ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ. […]

އިންޑިއާ އިން އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

ބައެއް ޤައުމުތަކުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު އިންޑިއާ އިން ފެނިއްޖެއެވެ. މިއީ މި ބަލި ޖެހިފައިވާ ކަމަށް އެ ޤައުމުގައި ރިކޯޑު ކުރެވުނު ފުރަތަމަ ޕޭޝެންޓެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ މި ބަލި ޖެހިފައި ވަނީ އެ ބަލި ފެތުރެމުން އަންނަ ޤައުމަކަށް ދާދިފަހުން ދަތުރުކުރި ޒުވާން ފިރިހެނަކަށް ކަމަށެވެ. އެހެންކަމުން އޭނާ ހޮސްޕިޓަލެއްގައި އެކަހެރިކޮށްފައިވާއިރު އޭނާގެ ހާލު […]

ޒަހަމްވެފައި އޮތް ދިވެއްސަކު މާލޭގެ ގެސްޓްހައުސްއަކުން ފެނިއްޖެ

ޒަހަމްވެފައި އޮތް ދިވެހި ފިރިހެނަކު މާލޭގެ ގެސްޓްހައުސްއަކުން ފެނިއްޖެއެވެ. ޒަހަމްތަކަކާއެކު އޭނާ ފެނިފައި ވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރެއް ނުވެގެން އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ ބެލުމުންނެވެ. ފުލުހުން ބުނީ ޒަހަަމްތަކަކާއެކު ފެނިފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ. މީގެ އިތުރުން އޭނާ މިހާރު އައިޖީއެމްއެޗަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ“ސީން“ގައި ފުލުހުންގެ ތަހުގީގު ޓީމު މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިއްސާކޮށް، މާލީ މަންފާ ހޯދަމުންގެންދާ ޓެލެގްރާމް ޗެނަލްތަކެއް ސީޒްކޮށްފި

ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިއްސާކޮށް، މާލީ މަންފާ ހޯދަމުންގެންދާ ޓެލެގްރާމް ޗެނަލްތަކެއް ސީޒްކޮށްފިއެވެ. ފުލުހުން ބުނީ ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައި ކަމަށެވެ. އެގޮތުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް […]

ބުރިޖު ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކަށް ފިޔަވަޅު އަޅައިފި

ސިނަމާލެ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލެއްގައި މާގަސްތަކެއް ހިފައިގެން ދަތުރުކުރި މީހަކަށް ފިޔަވަޅު އަޅައިފި އެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގަވައިދާ ހިލާފަށް މުދާ އުފުލުމުން, ފިޔަވަޅު އެޅީ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެގޮތުން ފުލުހުން ވަނީ އޭނާ 750 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ފުލުހުން ބުނީ މި ފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުަތަކުން ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ހަނދާން ކޮށްދޭ ކަމަށެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބް،ޖޭއެސްސީގެ މެންބަރު ކަމަށް ފަރުހާދު

ރައީސުލްޖުމްހޫރިއްޔާ ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިސްމާއިލް ހަބީބް އައްޔަން ކުރައްވައިފިއެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ މެންބަރު ކަމަށް އަލްއުސްތާޛު ފަރުހާދު ރަޝީދު ޢައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މަޤާމަށް، ގ.ގާކޮށި ފްލެޓް 111-ބީ، އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. މި މަޤާމަށް ހަބީބް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. […]

ބިނާވެށި ޕްލޭންކުރާ ބިލު ތަސްދީގު ކުރައްވައިފި

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، 22 އޮގަސްޓު 2024 ވި ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭން ކުރުމެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން […]