އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ރަހަ ދެކޭނެ:ހުސެއިން ސަލާމީ

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ރަހަ ދެކޭނެ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސްގެ ޗީފް ކޮމާންޑަރު މޭޖާ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވެއްޖެއެވެ. ސަލާމީ މިހެން ވިދާޅުވީ ހުޅަނގު އަޒަރުބައިޖާންގެ ހުޅަނގު އުތުރު ޕްރޮވިންސްގައި ވައިގެ މަރުކަޒެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަލާމީ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާމިޔާބީގެ ފޮނި ރަހަ ވަރަށް އަވަހަށް ލިބޭނެއެވެ. އަދި އިސްރާއީލާއި ދުޝްމަނުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނުބައި ޖަރީމާތަކުގެ […]

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަމުންދަނީ ބޮޑު އަގުގައި، އެކަން ހުއްޓުވަން އަންގާފައި ވާނެ:ރައީސް

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ވަރަށް ބޮޑު އަގުގައި ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އަންގަވާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ މީސްމީޑިޔާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ކުރެއްވި ޕޯސްޓުގައި ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލިބޭ މިންވަރުގައިކަން […]

ޕީޖީގެ މަޤާމަށް ޢައްބާސް އައްޔަން ކުރަން ހިޔާލު ފޮނުވަން ފާސްކޮށްފި!

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރައީސް އޮފީހުގެ މިހާރުގެ ލީގަލް ސެކްރެޓްރީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޢައްބާސް ޝަރީފް އައްޔަން ކުރެއްވުމަށް އާންމުންގެ ޝަކުވާއެއް އޮތްތޯ ބަލަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ. ޕީޖީގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޒް ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެގޮތުން ޕީޖީގެ މަޤާމަށް […]

ރައީސް އާއި މަޖިލިސް މެންބަރުންނަށް ނިސްބަތްކޮށް ދޮގު ޚަބަރު ފެތުރި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރާފައިވާ މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވެފައި ވަނީ ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ”ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތުން“ ކޮންމެ މަހަކު ދެއްވަމުން އަންނަ ބައިލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ […]

ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން އެއްގަމު ދަތުރުފަތުރަށް އަހުލުވެރި ކުރުވުމަށް ޕްރޮގްރާމެއް

ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން އެއްގަމު ދަތުރުފަތުރަށް އަހުލުވެރި ކުރުވުމަށް ޕްރޮގްރާމެ ފަށައިފިއެވެ. ދާޙިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މި މަހުގެ 10ވަނަ ދުވަހުން ފެށިގެން މަސްދުވަހުގެ މުއްދަތަށް ކަމަށެވެ. އެގޮތުން އެ ވުޒާރާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުން އިތުރަށް ހަރުދަނާ ކުރުމަށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. އެއްގަމު ދަތުރުފަތުރުގެ […]

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ހާބަރު ތަރައްޤީ ކުރަނީ

ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.  އެގޮތުން މިކަމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މިއީ ދިވެހި ޒުވާނުންގެ މެދުގައި މަޤުބޫލުވަމުން އަންނަ ޙަރަކާތެއް ކަމުގައިވާ ސްޕޯޓްސް ފިޝިންގއަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ […]

ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ކުޅުދުއްފުށި ސިޓީ, ޑެއިޒީފެހި,މުހައްމަދު ހަސަން36އ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ކުޅުދުއްފުށި އުތުރު ފަރާތު ބަނދަރުގެ ފަޅުތެރެއިން މިއަދު ހެނދުނު ގާތްގަނޑަކަށް 8:15 ހާއިރުއެވެ. ފުލުހުން ބުނީ ކުޅުދުއްފުށި އުތުރު ބަނދަރު ފަޅު ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމަށް މިއަދު 8:17 ހާއިރު ފުލުހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިގޮތުން އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ […]

ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފި

ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ 50އ މަރުވެފައި އޮއްވާ އިއްޔެ ފެނުނު މައްސަލަ އިތުރު ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި މަރުވެފައި އޮއްވައެވެ. އޭނާ މަރުވެފައި އޮތް އިރު ގައިގާ ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި އަދި ކައިރީގައި މަސްކަނޑާ ވަޅިއެއްވެސް އޮތް […]

ޚާން ޔޫނިސްގައި އިޒްރޭލުން ހިންގި ގަތުލުއާންމު އީރާނުން ކުށްވެރިކޮށްފި

ޚާން ޔޫނިސްގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ގަތުލުއާންމު އީރާނުން ކުށްވެރިކޮށްފި އެވެ.ޚާން ޔޫނިސްގެ ތަލް މަވާސީ ޑިސްޓްރިކްޓްގައި ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ މަރުކަޒަށް އިސްރާއީލުން ދިން އަނިޔާވެރި ހަމަލާ އާއި ގެދޮރު ނެތް ފަލަސްތީނުގެ ދިހަވަރަކަށް މީހުން ޤަތުލު ކުރުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންނާނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ. ނާސިރު ކާންނާނީ ވިދާޅުވީ ފަލަސްތީނުގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް ރެފިއުޖީ ކޭމްޕްތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި، އިޒްރޭލުން އަނެއްކާވެސް […]

ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ގޮސް ތަހުގީގު ފަށައިފި

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ މިއަދު ފެނުނު ޒަކިއްޔާ މޫސާ50އ ގެ މަރާ ގުޅިގެން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމު އެ ރަށަށް ގޮސްފައި ވަނީ ހަވީރުގެ ވަގުތެއްގައެވެ. އެގޮތުން ފުލުހުން މިހާރު ދަނީ ފޮރެންސިކް ހެކި އެއްކުރަމުންނެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި […]