ވީޑިއޯ މެދުވެރިކޮށް ރައީސް މުޢިއްޒުއަށް ސުވާލު ހުށަހެޅުއްވުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފި

ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި ”ރައީސްގެ ޖަވާބު“ ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ރައްޔިތުން، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ރައްޔިތުންގެ އަޑު“ ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން މި ޕޯޓަލް،https://citizensvoice.gov.mv މެދުވެރިކޮށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓު […]
ސުޕްރީމް ކޯޓަށް އައްޔަންކުރަން ޝަހީދުގެ ނަން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ޝަހީދު އަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. ކޮމިޓީން ޝަހީދަށް ރުހުން ދޭން ފާސްކޮށް، އެ މައްސަލަ ވަނީ ގޮތެއް ނިންމުމަށް މާދަމާ އޮންނަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބުމުން ޝަހީދު އެ މަޤާމަށް […]
ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނު ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަނު ކުރުމަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއުކޮށްފައެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަނު ކުރަން ފެންނަ ކަމަށް ޖޭއެސްސީން އިއްޔެ ވަނީ ރައީސަށް ލަފާ އަރުވާފައެވެ. އެހެންކަމުން އެ މައްސަލައާމެދު ގޮތެއް ނިންމައިވައި ދެއްވުމަށް އެދި ރައީސް […]
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން ސާޖިދާ ކުށްވެރި ކުރައްވައިފި

ރޭގައި އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ. މިކަން ކުށްވެރިކުރައްވައި އެ ކަމަނާ މިއަދު މީސްމީޑިއާގެ މަންސަ، އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، ވިދާޅުވީ އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.
ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަޤާމުން އިމާދު އިސްތިއުފާ ދީފި!

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަޤާމުން އަހްމަދު އިމާދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އެމްއެމްއޭގެ ކުރީގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުގައި ހުންނަވައިގެން، އޭނާއަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާނުކޮށް އިހުމާލުވެފައިވާއިރު، އެކަންކަން ފާހަގަކުރުމަށް ޤާނޫނުން ޒިންމާތައް މަތިކޮށްފައިވާ ޑެޕިއުޓީ ގަވަރުނަރު، އިމާދު އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަަމަށްބުނެ އިމާދު މަޤާމުން ވަކިކުރުމަށް މަޖިލީހަށް ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ. އިމާދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ފަވަރަ ތަރައްގީ ކުރުމާއި މާލީ […]
ކުޑައީދު ބަންދަށް އިތުރު ދެ ދުވަސް!

ފިޠުރު ޢީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް ހަމަޖައްސައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އެކަން އިޢުލާންކޮށްފިއެވެ. ރައީސް އޮފީހުން ބުނީ 1446ވަނަ އަހަރުގެ ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ، (ފިޠުރު ޢީދު ދުވަހަކީ) މިހާރު ކަލަންޑަރުގައިވާ ގޮތުގެމަތީން، މި މާރިޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާރިޗު 31، އެޕްރީލް 1، އަދި 2 […]
ނޫސް މަޖައްލާތަކުގެ މައުލޫމާތު އަޕްޑޭޓް ކުރަން ޔޫތު މިނިސްޓްރީން އެދިއްޖެ

ނޫސް މަޖައްލާތަކުގެ މައުލޫމާތު އަޕްޑޭޓް ކުރަން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އެދިއްޖެއެވެ. ޔޫތު މިނިސްޓްރީން އަޕްޑޭޓުކުރަން އެދިފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ނޫސް މަޖައްލާގެ އިދާރާގެ ނަމާއި ނޫސް މަޖައްލާގެ ނަމާއި ޑޮމައިން އަދި މަސްއޫލުވެރިއާގެ ނަމާއި ގުޅޭނެ ފޯން ނަންބަރު ހިމެނެއެވެ. އަދި މަސްއޫލުވެރި ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ނަމާއި ގުޅޭނެ ނަންބަރާއި މަޖައްލާއަށް ޒިންމާވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއި، އެޑިޓަރުގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަޕްޑޭޓުކުރަން […]
ދައުލަތުގެ ޚަރަދުގައި މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ހޮވައިފި

ދައުލަތުގެ ޚަރަދުގައި މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ހޮވައިފިއެވެ. ދެންމެ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއްގައި ފަޤީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ޙައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ވަނީ ޙައްޖަށް ފޮނުވާނެ 50 މީހުން ހޮވާފައެވެ. މި ފަރާތްތަކުގެ އިތުރުން އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ […]
ޤައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ހިންގަމުން އަންނަ ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނުގެ ތެރެއިން ހެންވޭރު ގެއެއް ބަލައި ފާސްކުރުމަށްފަހު އެކަކު ހައްޔަރުކޮށްފައި ވާއިރު ޖުމްހޫރީ މައިދާނު ކައިރިން ޕިކަޕެއް ދުއްވާފައި ދިޔަ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުން ހުރި […]
ޝަންމައަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމު

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރިޔަމް ޝައްމަ އިސްމާއިލް އައްޔަނުކޮށްފިއެވެ. ޝައްމަ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ވިސާމް މިިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެ މަގާމުގެ ކޮންމެ ހަރުފަތެއްގައި ޝައްމައަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލް ކުރެއްވި ޝައްމަ އަދާކުރެއްވި ބައެއް މަގާާމުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ކަމުގެ […]