މާލެ ސިޓީގެ ތޮށިގަނޑު މަރާމާތު ކުރަން ޖަޕާނާއެކު ސޮއިކޮށްފި

މާލެ ސިޓީގެ ތޮށިގަނޑު މަރާމާތު ކުރަން ޖަޕާނު ސަރުކާރާއެކު ދިވެހި ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޖަޕާނުގެ އިކޮނޮމިކް އަދި ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުންނެވެ. މި މަސައްކަތަށް 140،000 ޑޮލަރު ޖަޕާނުގެ ސަރުކާރުން ދޭނެެއެވެ. މިއަދު ހާރިޖީ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ވަޒީރު މޫސާ ޒަމީރެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ތަކެއުޗި މިދޮރިއެވެ. […]

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެރޭނެއް ފުރޮޅާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެރޭނެއް ފުރޮޅާލައިފިއެވެ. ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ޓަވަރުތަކާއި ދޭތެރޭގައެވެ. ފުލުހުން ބުނީ ހުޅުމާޅެ ފޭސް ދޭއްްގައި ކެރޭނެއް ފުރޮޅާލައިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު ލިިބިފައިވާ ކަަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. ސޯޝަލް މީޑިއާގައި މި ހާދިސާގެ ފޮޓޯތައް މިހާރު އަންނަނީ ދައުރުވަމުންނެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ […]

އިސްރާއީލުގެ ދިފާޢީ ބާރުތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ހިޒްބުﷲގެ ޑްރޯން ހަމަލާތަކުގެ ސަބަބުން

އިސްރާއީލުގެ ދިފާޢީ ބާރުތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ހިޒްބުالله ޖަމާއަތުން މިހާރު ދެމުން އަންނަ ޑްރޯން ހަމަލާތައް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ހިޒްބުاللهގެ ޑްރޯންތަކަކީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމަށް ކުރިމަތިވި ”އެންމެ ބޮޑު ގޮންޖެހުން“ ކަމަށް އިސްރާއީލުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ ބުނެފައެވެ. އެގޮތުން ހިޒްބުاللهގެ ވަންވޭ އެޓޭކް ޑްރޯންތަކުން އެމީހުންގެ އަމާޒުތަކަށް އަސަރު ކުރަމުންދާ ކަމަށް އަލިއަޅުވާލާ އިސްރާއީލުގެ އަޔަން ޑޯމް ސިސްޓަމާއި ހަނގުރާމަމަތީ މަތިންދާބޯޓުތައްވެސް އެ ހަމަލާތައް ނާކާމިޔާބުކޮށްލުމަށް ނުކުޅެދިފައިވާކަމަށް […]

ހުޅުމާލޭގައި ބިނާކުރާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ހުޅުމާލޭގައި ބިނާކުރާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ. މާލޭގައި މިހާރު ހިންގަމުން އަންނަ ހައްޖު ކޯޕަރޭޝަންގެ އޮފީސް މިހާރު ހިންގަނީ އަމިއްލަ މީހެއްގެ އިމާރާތެއްގައެވެ. ހައްޖު ކޯޕަރޭޝަނުގެ އޮފީސް އިމާރާތް ކުރުމަށް ނިންމާފައިވާ ބިމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ. ނުވަ ފްލޯއަށް އިމާރާތް ކުރަން ހަމަޖެހިފައިވާ އެ އިމާރާތް […]

ހިޒްބުالله އިން އިޒްރޭލުގެ ވައިގެ މިސައިލް ޑިފެންސް ބޭސްއަކަށް ހަމަލާދީފި

ހިޒްބުالله އިން އިޒްރޭލުގެ ވައިގެ މިސައިލް ޑިފެންސް ބޭސްއަކަށް ހަމަލާދީފިއެވެ. ލުބުނާނުގެ ރެސިސްޓެންސް މޫވްމަންޓް ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުގެ ވައިގެ މިސައިލް ޑިފެންސް ބޭސްއަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް އެ ޖަމާއަތުން ދިން ބޮޑު ރޮކެޓް ހަމަލާއެއް މިއަދު ހެނދުނު މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ހިޒްބުالله އިން ބުނީ އިޒްރޭލުގެ ވައިގެ މިސައިލް ޑިފެންސް ބޭސްއަކަށް އެތައް ސަތޭކަ ކަޓިއުޝާ ރޮކެޓު ފޮނުވާލާފައިވާ ކަމަށެވެ. […]

ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފެތުރުމަށް ފުލުހުން އެދިއްޖެ

Maldives Dhivehi News

ސައްޚަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގަ އާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުން ބުނީ މި މަހުގެ 05ވަނަ ދުވަހުގެ ރޭ 2:48 އެހައިކަންހާއިރު، ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ލ. އިސްދޫ / ބީޗްހައުސް، ޙަސަން ސަމާޙް ނިޔާވެފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.ހަމަ އެހެންމެ މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާ އެ ޚިދުމަތުން ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް […]

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފި

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި އެވެ. އެގޮތުން ޑަބްލިޔުއެޗްއޯގެ ފަރާތުން ހެލްތު މިނިސްޓްރީއާ އެ ޓެސްޓް ކިޓްތައް ހަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރު ޑރ. ޕަޑްމަލް ޑި ސިލްވާ އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ޓެސްޓް ކިޓުތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ. ހެލްތު މިނިސްޓްރީން ބުނީ އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ކަމަށެވެ. ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން […]

އީސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ އީސީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 23 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ރައީސް އޮފީހުން ވިދާޅުވީއެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ […]

ހުޅުމާލެ ދެވަނަ ފިޔަވަހިން ބީޗް ފްރޮންޓާއި ބީޗް ސައިޑުން 16 ބިމެއް ވިއްކަނީ  

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރޮންޓާއި ބީޗް ސައިޑުން 16 ބިމެއް ވިއްކަން ނިންމާ އެޗްޑީސީން އެ ފުރުސަތު ހުޅުވާލައިފިއެވެ. ހަމައެކަނި 18 އަހަރުން މަތީގެ ދިވެހިންނަށް ކުރިމަތިލެވޭނެހެން އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ބީޗް ފްރޮންޓުން ވިއްކަނީ 1،096 އަކަފޫޓާއި 3،252 އަކަފޫޓާ ދެމެދުގެ ބިން ކަމަށެވެ. މިގޮތުން އެ ތަންތަން ވިއްކަނީ އަކަފޫޓެއް 4،500ރ. އަށް ކަމަށާއި ބީޗް ފްރޮންޓުން ވިއްކާ ގޯތީގެ ޖުމްލަ އަގު އުޅޭނީ 4.9 މިލިއަން ރުފިޔާ އާއި 14.6 […]

ޒަކިއްޔާގެ ހަށިގަނޑު ތަހުގީގަށް މާލެ ގެނައުމަށްފަހު އަނބުރާ ރަށަށް ގެންގޮސްފި

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ނ.ހޮޅުދޫ،މާރަނގަ/ ޒަކިއްޔާ މޫސާ50އ ގެ ހަށިގަނޑު ތަހުގީގަށް ފަހު އަނބުރާ އެ ރަށަށް މިއަދު ގެންގޮސްފިއެވެ. ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި މަރުވެފައި އޮއްވައެވެ. އޭނާ މަރުވެފައި އޮތް އިރު ގައިގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި އަދި ކައިރީގައި މަސްކަނޑާ […]