ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 38 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ. ފުލުހުން ބުނީ 38 ވަނަ އަސާސީ ތަމްރީނު ކޯހުގައި 140 ފުލުހުން ބައިވެރިވާ ކަމަށެވެ. އެގޮތުން މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެ ކަމަށް […]
ޖަހާމުގުރި ގޯޅީގައި ހުރި ގެއަކުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެޔަކުން މަގުމައްޗަށް ބިއްލޫރި ގަނޑެއް ވެއްޓި ދިވެހި ފިރިހެނަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިރޭ ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 19:12 ހާއިރު ކަމަށެވެ. އަދި ވެއްޓިފައި ވަނީ މާފަންނު، ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަ ވަނަ ފަންގިފިލާގެ ދޮރުގެ ބިއްލޫރިގަނޑެއް ކަމަށެވެ. މި ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ވަގުތު އެ ސައިކަލްގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެމީހާ އަށް އަނިޔާވެފައިވާ […]
އެފްއޭއެމްގެ ފައިސާގައި ބައްސާމް 2 އެޕާޓްމަންޓް ގަތް މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

(އެފްއޭއެމް)އަށް ދިން ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފިއެވެ. ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަން ހާމަކުރީ މިއަދު އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެޕާޓްމަންޓް ގަތްކަމަށް ތުހުމަތު ކުރެވޭ ފައިސާއަކީ ކޮވިޑު ތެރޭގައި […]
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްބާސް ޝަރީފު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ހ.ޔެލޯރޯޒް، ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަން ކުރައްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އަލްއުސްތާޛު ޢައްބާސް ޝަރީފަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޢައްބާސް ޝަރީފު އައްޔަން ކުރައްވާފައި ވަނީ ޤާނޫނުއަސާސީގެ 221 […]
އެމެރިކާގެ މީޑިއާތަކުން ލުބުނާނުގެ ޕޭޖަރ ގޮވުންތަކުގެ ފަހަތުގައިވާ ސަބަބު ހާމަކޮށްފި

އެމެރިކާގެ މީޑިއާތަކުން ލުބުނާނުގެ ޕޭޖަރ ގޮވުންތަކުގެ ފަހަތުގައިވާ ސަބަބު ހާމަކޮށްފި އެވެ. އެގޮތުން އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ވަނީ އަންގާރަ ދުވަހު ލުބުނާނުގައި ޕޭޖަރސް ގޮވުންތައް ހިނގި ސަބަބު ހާމަކޮށްފައެވެ. މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިން އެމެރިކާ އާއި އެހެން ބައެއް ޤައުމުތަކުގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނީ އިސްރާއީލުން ގޮވާ ތަކެތި ފޮރުވާފައި ވަނީ ލުބުނާނަށް އެތެރެކުރި ޓައިވާނުން އުފައްދާފައިވާ ޕޭޖަރުގެ އާ ބެޗެއްގެ ތެރޭގައި ކަމަށެވެ. ހިޒްބުالله […]
މާލޭގެ ގެއެއްގެތެރެއިން މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައެއް ނުވޭ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ. މަރުވެފައި އޮތް މީހަކު ފެނިފައި ވަނީ މާލޭގެ މާފަންނު ގެއެއްގެ ތިންވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރެއިންނެވެ. މަރުވެފައި އޮއްވާ ފެނުނީ މ. ނަލަހިޔާ މަންޒިލް، އަހުމަދު ފަޔާޒް އެވެ. މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް […]
މުސްލިމުންނާމެދު ކަން ކުރާގޮތް ކަމަށް ބުނެ ޚާމަނާއީ ކިޔާފައިވާ ފާޑުކިޔުންތަކަށް އިންޑިއާ އިން ރައްދެއް!

އިންޑިއާގެ މުސްލިމް މައިނޯރިޓީއާ މެދު އަމަލުކުރާ ގޮތާ ގުޅޭ ގޮތުން އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ދެއްކެވި ވާހަކަތަކަށް އިންޑިއާއިން ރައްދު ދީފިއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަލީ ޚާމަނާއީ ދެއްކެވި ވާހަކަތަކަކީ ”ދޮގު މައުލޫމާތު ކަމަށާއި އެއީ ބަލައި ގަނެވޭނެ ވާހަކަތަކެއް ނޫން“ ކަމަށެވެ. ޚާމަނާއީ މި މޭރުމުން ވާހަކަދައްކަވާފައި ވާއިރު އިންޑިއާގެ ހިންދޫ ގައުމިއްޔަތު ސަރުކާރުން މައިނޯރިޓީތަކާ މެދު […]
ޓީޗަރުންގެ ދުވަސް ފާހަގަކުރަން ފައިސާ ނުނަގަން އަންގައިފި

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިފި އެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރު ޓީޗަރުންގެ ދުވަސް ސްކޫލުތަކުގައި ފާހަގަ ކުރާނެ ގޮތުގެ އިރުޝާދުތަކެއް ހިމަނާ އެ މިނިސްޓްރީން މިއަދު ހުރިހާ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އެ ދުވަސް ފާހަގަކުރަން ދަރިވަރުންނާއި ބެލެނިވެރިން އަތުން ފައިސާ ނުނަގަން އަންގާފައެވެ. ހަމައެހެންމެ އެ ދުވަސް ފާހަގަ […]
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް އަޙުމަދުގެ ނަން ސަރުކާރުން ހުށައަޅުއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަޤާމުގައި މި ވަގުތު ހުންނެވި އަޙުމަދު އަލީ ޙަބީބް އައްޔަނު ކުރެއްވުމަށް، ސަރުކާރުން ނަން ހުށައަޅުއްވައިފިއެވެ. ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށްއަޙުމަދު އަލީ ޙަބީބް އައްޔަން ކުރެއްވުމަށް، އޭނާގެ ނަން ސަރުކާރުގެ ފަރާތުން ޕްރައިވެޓައިޒޭޝަން […]
ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން، ކުރިއަށް އޮތް 20 އަހަރަށް ހެދުމަށް ނިންމަވައިފި

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން، ކުރިއަށް އޮތް 20 އަހަރަށް ހެދުމުގެ މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން ހާމަކުރައްވާފައި ވަނީ މިކަމާގުޅޭ ގޮތުން ވީޑިއޯ މެދުވެރިކޮށް މަޢުލޫމާތު ދެއްވަމުންނެވެ. އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މި ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަންކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ކަމާގުޅޭ […]