ސާއިފް ގެއްލިގެން ހޯދަން އިއުލާނުކޮށްފި

ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފުލެޓް 205-2-35 ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންކުރަމުން އަންނަ ކަމަށެވެ. މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު، ހުޅުމާލެ […]

އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަން ރައީސް މުޢިއްޒު ގޮވާލައްވައިފި

އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވައިލެއްވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރޭ ތަޤްރީރު ކުރައްވަމުންނެވެ. އދ.ގެ ޤަރާރުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭ ކަމަށް […]

އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް: ރައީސް

އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤުރީރު ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުހިންމު މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤުވާމީ އެއްބައިވަންތަކަމަށް ގޮވާލެއްވިއެވެ. ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، ޚުދު އަޅުގަނޑުމެންގެ ޢަމަލުތަކުން އުފެދިފައިވާ މައްސަލަތައްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް ކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ […]

ސްރީލަންކާގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަކަށް ޢައްޔަންކުރެއްވި ޑރ. ހަރީނީ އަމަރަސޫރިޔާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޑރ. ހަރިނީ އަކީ ލަންކާގެ ތިން ވަނަ އަންހެން ބޮޑުވަޒީރެވެ. އަދި ލަންކާގެ 16 ވަނަ ބޮޑުވަޒީރު ވެސްމެއެވެ. ލަންކާގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެފައި ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް […]

ނަޑެއްލާ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތައް ނައިބު ރައީސާއި ހިއްސާކުރައްވައިފި

ގދ.ނަޑެއްލާ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި އެ ރަށު ކައުންސިލުން ހިއްސާކުރައްވައިފިއެވެ. މިކަން ނައިބު ރައީސާއި ނަޑެއްލާ ކައުންސިލުން ހިއްސާ ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލުގެ މެންބަރުން ވަނީ އެ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، […]

ޑޯގް ސްކޮޑް ބޭނުންކޮށްގެން ވީއައިއޭގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް

ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން ޚާއްސަ އޮޕަރޭޝަނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން […]

އަނެއްކާވެސް މާފުށީ ޖަލުގައި ގައިދީއަކު ދަންޖެހިގެން މަރުވެއްޖެ

އަނެއްކާވެސް މާފުށީ ޖަލުގައި ގައިދީއަކު ދަންޖެހިގެން މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62 އަހަރު) މިއަދު ދަންޖެހިގެން މަރުވެފައިވާ ކަމަށެވެ. އޭނާ ދަންޖެހިފައި ހުއްޓާފެނިފައި ވަނީ މިއަދު ހެނދުނު 6:52 ގައެވެ. ކަރެކްޝަނުން ބުނީ ޢަބްދުލް ޣަނީ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޑޮކްޓަރު ވަނީ 7:21 […]

ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލާ ދިރިއުޅެމުންދާ މީހުން:ރައީސް މުޢިއްޒު

ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުން ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ”އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ“ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަމަށާ، އެކަމުގެ ސަބަބުން ވަކިން ޚާއްޞަކޮށް […]

މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި

މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ އަންގައިފިއެވެ. އެގޮތުން މިހާރު ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށްވެސް ދޫނުކުރުމަށް މާލެ ސިޓީ ކައުންސިލަށް މިހާރު އަންގާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން މާލޭ ސިޓީ ކައުންސިލަށް އެންގީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުން […]

ލ. ގަމުގައި ސަރުކާރުން އިމާރާތްކުރާ 100 ހައުސިން ޔުނިޓު މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ. ގަމުގައި ސަރުކާރުން އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓު މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. ސަރުކާރުން ބުނީ އެ މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓުގެ ތެރެއިން 98 ޔުނިޓު ހިޔާކޮށް ނިންމައިފައިވާ ކަމަށާއި އޭގެތެރެއިން 64 ޔުނިޓެއްގައި ސިމެންތިޖަހައި 12 ޔުނިޓެއްގެ އެތެރެ އަދި ބޭރު ސީލިންގުކޮށް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު 50 ޔުނިޓެއްގެ މުށި ޖެހުމުގެ މަސައްކަތް ނިންމާފައިވާއިރު 48 ޔުނިޓެއްގެ ކަރަންޓު […]