އިސްރާއީލުން އަޅާފާނެ ފިޔަވަޅަކަށް އީރާނުން ފުރިހަމައަށް ތައްޔާރުވެއްޖެ

އިސްރާއީލުން އަޅާފާނެ ފިޔަވަޅަކަށް އީރާނުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ. ޒަޔަނިސްޓު އިސްރާއީލުން އަޅާފާނެ ފިޔަވަޅަކަށް ފުރިހަމައަށް ރައްދު ދިނުމަށް ތައްޔާރުވެފައިވާ ކަމަށާއި އިސްރާއީލުން ފިޔަވަޅު އަޅާނަމަ އީރާނުގެ ކައުންޓަރ ސްޓްރައިކް ތަންފީޒު ކުރެވޭނެ ކަމާމެދު ޝައްކެއްނެތް ކަމަށް ހަތިޔާރު އެޅި ސިފައިންގެ މައުލޫމާތު ލިބިފައިވާ މަސްދަރަކުން ބުނެފިއެވެ. އެ މަސްދަރާ ހަވާލާދީ ތަސްނީމް ނިއުސް އެޖެންސީން ބުނީ އީރާނުގެ ޕްލޭންގައި ރެސިޕްރޮކަލް އަދި ސްޕެސިފިކް ސްޓްރައިކްތަކުގެ ބައެއް ވައްތަރުތައް ހުރިއިރު، ޒަޔަނިސްޓުންގެ ފިޔަވަޅުގެ ބާވަތަށް ބަލާއިރު، އޭގެ ތެރެއިން […]

ވީޑިއޯ ރޫމެއް ގާއިމުކުރާތީ މަޖިލީހުގެ 3 ވަނަ ދައުރު ފެށުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވީޑިއޯ ރޫމެއް ގާއިމްކުރާތީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުން ފަސް ކޮށްފި އެވެ. މިކަންހާމަކޮށް މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނީ ޖަލްސާތައް ބްރޯޑްކާސްޓް ކުރަން އާ ވީޑިއޯ ރޫމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ބްރޯޑްކާސްޓު ކުރަން ދަތިތަކެއް ހުރި ކަމަށެވެ. އެހެންކަމުން މި ދައުރުގެ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަ ދުވަހު ފަށަން މަޖިލީހުގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާ ކަމަށް އެ […]

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އަންނަނީ އިތުރުވަމުން 

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.  ފުލުހުން މިއަދު ބުނީ އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުން އަންނަ ކަމަށެވެ. އެގޮތުން މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރާގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށާއި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، ފުލުހުންގެ ޚިދުމަތުން […]

ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރުމަށް ރައީސް ގޮވާލައްވައިފި

ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ޤައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުޚާޠަބުކުރައްވަމުން ރައީސް ވަނީ އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް […]

ކައިވެނި ޕާޓީތަކުގައި މިހާރު ނުނަށަނީ ކީއްވެކަން ޝާހު ބުނެދީފި

ކައިވެނި ޕާޓީތަކުގައި މިހާރު ނުނަށަނީ ކީއްވެގެންކަން ބޮލީވުޑްގެ ސްޕަ ސްޓާރް ޝާހުރުކް ޚާން (58އ) ބުނެދީފިއެވެ. ދާދިފަހުން ކަރަން ޖޯހަރާއި ވިކީ ކައުޝަލްއާ އެކު ކޯ ހޯސްޓްކުރި އައިއެފްއޭ އެވޯޑްސްގައި ޝާހުއާ ސުވާލުކޮށްފައި ވަނީ އޭނާގެ މަޝްހޫރު ކައިވެނީގެ ނެށުންތަކާ ގުޅޭގޮތުންނެވެ. ކުރިން ވަރަށް ގިނައިން ވެޑިން ޝޯތައް ހަދަމުން ދިޔަ ކަމަށާއި އެކަމަކު މިހާރު އެ ޝޯތަކަށް ދިއުން ހުއްޓާލީ ކީއްވެތޯ ޝާހު ކުރެން ސުވާލު ކުރުމުން ޝާހު ވަނީ އެކަން ސާފުކޮށްދީފައެވެ. މިކަމާ ގުޅިގެން […]

ޚާއްސަ އިވެންޓުތަކަކާއެކު ބައިނަލްއަޤްވާމީ ޖަނަވާރުންގެ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ޚާއްސަ އިވެންޓުތަކަކާއެކު ބައިނަލްއަޤްވާމީ ޖަނަވާރުންގެ ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ. މިއީ ރާއްޖޭގައި ޖަނަވާރުންގެ ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރެވެ. ބައިނަލްއަޤްވާމީ ޖަނަވާރުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި ’އެނިމަލް ޑޭ ފެއަރ 2024‘ ބާއްވާފައި ވަނީ މާލޭ އާޓިފިޝަލް ބީޗުގައެވެ. މި ރަސްމިއްޔާތު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ އެވެ. ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް މި ފެއާ ބާއްވާފައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ […]

ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮންލައިން ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮންލައިން ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިއްޖެއެވެ. މިކަންހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އިންޓަނެޓް މެދުވެރިކޮށް ދެމުންއައި ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އެގޮތުން މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުންގެ ޚިދުމަތުން ވަނީ މާފަށް އެދިފައެވެ. މީގެ އިތުރުން މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން […]

އިންޑިއާގެ ރައީސްގެ ދަޢުވަތަކަށް ރައީސް މުޢިއްޒު އިންޑިއާއަށް

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. މި ދަތުރުފުޅުކުރައްވަން ނިންމަވާފައި ވަނީ އޮކްޓޫބަރު މަހުގެ 6 ން 10 ށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ޤައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާ ކުރައްވާނެއެވެ. ރައީސް މުޢިއްޒު އިންޑިއާއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ […]

ރައްޔިތަކު ފުލުހުންގެ ކައިރިއަށް ކަމަކު އައިސްފިނަމަ މާޔޫސްކޮށް ނުލާތި:ސީޕީ

ރައްޔިތަކު ފުލުހުންގެ ކައިރިއަށް ކަމަކު އައިސްފިނަމަ މާޔޫސްކޮށް ނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އެދިވަޑައިގެންފިއެވެ. ސީޕީ މިހެން ވިދާޅުވީ ހއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުލުހުންނާއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސީޕީ އިއްޔެ ވަނީ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިއެވެ. ފުލުހުންނާއެކު ކުރިއަށް […]

ހިޒްބުﷲގެ އަސްކަރީ ސައިޓްތައް ނައްތާލަން ކަމަށް ބުނެ އިސްރާއީލުން ލުބުނާނަށް އަރައިފި

ލުބުނާންގެ ދެކުނުގެ ސަރަހައްދުގައި ތިބި ހިޒްބުﷲ މުޖާހިދުންގެ އަސްކަރީ ސައިޓްތައް ނައްތާލަން ކަމަށް ބުނެ ޒަޔަނިސްޓް އިސްރާއީލު ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޮމުގެ ހަމަލާތަކެއް ދިނުމަށްފަހު އިސްރާއީލު ސިފައިންތައް އެއްގަމު މަގުން ލުބުނާނަށް އެރީ ރޭ ދަންވަރު އެވެ. އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލު ސިފައިން ވަނީ ހިޒްބުالله އަށް އަމާޒުކޮށްގެން ލުބުނާނުގެ ދެކުނުގައި ”ލިމިޓެޑް ގްރައުންޑް އޮޕަރޭޝަނެއް“ ފަށާފައެވެ. އަސްކަރީ އުޅަނދުތަކާއި ބުލްޑޯޒަރުތަކާއެކު […]