ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް ކަސްޓަމްސް އިން އަތުލައިގެންފި

ދާދި ދެންމެއަކު އަވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާދި ދެންމެއަކު ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކަމަށްވާ ކެނެބިސް އަޅާފައިވާ ޝިޕްމެންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ. ވޭޕް ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން މަނާ ކުރަން މިއަދު ރައީސް ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވާ އިހްސާން ވިދާޅުވީ […]
ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. އެގޮތުން އެ ސެންޓަރުން ތައާރަފުކޮށްފައި ވަނީ ޔޫޓީއުބް ޗެނަލް، ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމް އެވެ. ފުލުހުން ބުނީ ސައިބަރ ކްރައިމް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މަސައްކަތްކުރާނެ ގޮތާއި، މިފަދަ ކުށްތައް ކުރާ މީހުން ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކުގެ […]
ބެލްކަނިން ވެއްޓި ޒުވާނަކު ނިޔާވި މައްސަލައިގައިި ޒާތީ މައުލޫމާތުތަކެއް އާއްމު ކުރުމުން ފުލުހުން މައާފަށް އެދިއްޖެ

މިދިޔަ އޮގަސްޓް މަހު މާލޭގެ އިމާރާތެއްގެ ބެލްކަނިން ވެއްޓި ޒުވާނަު ނިޔާވި މައްސަލައިގައިި ޒާތީ މައުލޫމާތުތަކެއް އާއްމުކުރުމުން ފުލުހުން މައާފަށް އެދިއްޖެއެވެ. މިކަމަށް އިޝާރާތްކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަފްސީލުތައް ދިނީ މީޑިއާއަކުން އެކަމުގެ ހަގީގަތް އޮޅޭގޮތަށް އަދި ތަހުގީގު ގެންގޮސްފައިވާ ގޮތާއި ނިޔާވި ޒުވާނާގެ އާއިލާގެ ބައެއް މީހުނާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށެވެ. މިގޮތުން އެ މީޑީއާ ބްރީފިންގ ކުރިއަށް ގެންދިއުމުގައި ބައެއް ސެންސިޓިވް […]
ވެނެޒުއެލާއިން ލުބުނާނަށް އިންސާނީ އެހީ ފޯރުކޮށްދޭން ފަށައިފި

ވެނެޒުއެލާއިން ލުބުނާނަށް އިންސާނީ އެހީ ފޯރުކޮށްދޭން ފަށައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވެނެޒުއެލާއިން ލުބުނާނަށް ދޭ އިންސާނީ އެހީގެ ފުރަތަމަ ބެޗް ސީރިއާގެ ވެރިރަށް ދިމިޝްގަށް އިއްޔެ ފޯރުކޮށްދީފައިވާ ކަމަށް ވެނެޒުއެލާގެ ފޮރިން މިނިސްޓަރު ޔުވާން ޖެލް ޕިންޓޯ ވަނީ ވިދާޅުވެފައެވެ. ވެނެޒުއެލާގެ ސަރުކާރުން ވަނީ އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި އަސަރުކުރި ލުބުނާނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާއި އަދި އަސާސީ ތަކެތި ހަދިޔާކޮށްފައެވެ. ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން […]
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ ކެމެރާ ހަދިޔާކޮށްފި

ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ. މިތަކެތި ހަވާލުކޮށްފައި ވަނީ އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ރަސްމިޔާތެއްގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މީގެކުރިން ވަނީ އެއްގަމު […]
ފުއާދުގެ ބަދަލުގައި އީސީއަށް ހަސީބު އައްޔަން ކުރަން ނަން ފޮނުވައިފި

އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ރައީސް ފުއާދު ތައުފީޤުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އެ ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގައި ހުންނެވި އަބްދުލް ހަސީބު އިސްމާއީލް އައްޔަން ކުރުމަށް ނިންމަވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައިފި އެވެ ހަސީބު މީގެ ކުރިން ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަންވެސް ކުރައްވާފައެވެ. އެގޮތުން ހަސީބްގެ ނަން ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ފޮނުއްވި ސިޓީގައި އީސީގެ މެންބަރުކަމަށް […]
ޑިވެލޮޕްމަންޓް ބޭންކަށް ލައިސަންސް ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގައި ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކަށް ލައިސެންސް ދޫކޮށްފިއެވެ. އެ ބޭންކަށް ލައިސަންސް ދޫކޮށްފައި ވަނީ އެމްްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ބޭންކަށް ބޭނުންވާ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. މި ލައިސަންސާ ހަވާލުވެވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިގެން އުފައްދަވާފައިވާ ބޭންކެކެވެ. މި ބޭންކު ހުޅުވުމުން، ރާއްޖޭގެ މާލީ ދާއިރާއަށާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކަށް […]
މޮންގޯލިއާންގެ މޮޑްލް އަލްޓަންޓޫޔާ މަރާލުމުގެ މާސްޓަރ މައިންޑަކީ ނަޖީބް ތުން ރަޒާކް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

މޮންގޯލިއާ އަށް ނިސްބަތްވާ އަންހެން މޮޑްލް އަލްޓަންޓޫޔާ ޝަރިބޫ މަރާލުމުގެ މާސްޓަރ މައިންޑަކީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމުގައި ހުންނެވި ދާތޫކް ސްރީ ނަޖީބް ތުން ރަޒާކް ކަމަށް ބުނާ ވާހަކަތައް އެ މަނިކުފާނު ދޮގު ކުރައްވައިފި އެވެ.މެލޭޝިޔާގެ ހައިކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރިޔަށް ދިޔަ އަޑު އެހުމުގައި ނަޖީބު ވިދާޅުވީ ދުވަހަކުވެސް އަލްޓަންޓޫޔާ އާއި ބައްދަލުވެފައި ނުވާ ކަމަށާއި އަދި އަލްޓަންޓޫޔާ މަރާލުމަށް ސްޕެޝަލް އެކްޝަން ޔުނިޓްގެ ކުރީގެ މެމްބަރުންނަށް ދުވަހަކުވެސް އަންގާފައިވެސް […]
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން 2 ބިން އަދި ބީޗް ސައިޑުން 16 ބިމެއް ވިއްކަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން 2 ބިން އަދި ބީޗް ސައިޑުން 16 ބިމެއް ވިއްކަން ބީލަމަށް ލައިފިއެވެ. އެޗްޑީސީން މި މަހުގެ ދިހަ ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން 2 ބިން އަދި ބީޗް ސައިޑުން 16 ބިމެއް ވިއްކަން ބީލަމަށް ލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވެވެނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި އޭގެ ތެރޭގައި %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް […]
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މި މަހު އިއުލާނު ކުރަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މި މަހު އިއުލާނު ކުރަން ނިންމައިފިއެވެ. ހައުސިން މިނިސްޓްރީން ރޭ ބުނީ ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މި މަހު އިއުލާނު ކުރާން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފްލެޓު ލިސްޓު އިއުލާނު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ހައުސިން މިިނިސްޓްރީން ބުނެފައި ވެއެވެ. ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނީ ފްލެޓު ލިސްޓު […]