ބ.އަތޮޅުގެ ދެ ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ބ.އަތޮޅުގެ ދެ ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ފުލުހުން ގާއިމުވެތިބެ ޚިދުމަތް ދޭން ފަށާފައި ވަނީ ބ.ކެންދޫ އަދި ބ.ދޮންފަނުގައެވެ. ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް އިބްރާހީމް ޢަބްދުއްރަޙްމާންއެވެ. ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވަނީ 2016 މެއި […]

ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި މެލޭޝިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި މެލޭޝިއާގެ ކުންފުންޏަކާއި އެކު ސޮއިކޮށްފި އެވެ. ރާއްޖޭގައި ޤާއިމުކުރާ ތެލެސީމިއާ ހޮސްޕިޓަލު ތަރައްޤީކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭ ފޭސް 2 ގައެވެ. ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. ހުޅުމާލޭގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ […]

ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ސްކޭމް ލިންކުތަކެއް ދައުރު ކުރަނީ!

ގެދޮރުވެރިޔާ ސްކީމާ ގުޅުވައިގެން ހަދާފައިވާ ފިޝިން ލިންކުތަކެއް ދައުރުވަމުންދާތީ، އެކަމަށް ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުން ބުނީ މި ލިންކަކީ ”ގެދޮރުވެރިޔާ ސްކީމުން ފްލެޓުތަކަށް ފޯމުލުމުގެ ފުރުސަތު އެޗް.ޑީ.ސީ.އިން އަލުން ހުޅުވާލިކަމަށާއި ވެބްސައިޓުން ލިބެންހުންނާނެ“ ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިމެނޭ މެސެޖަކާއެކު ދައުރުކުރަމުންދާ ލިންކެއް ކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު މިފަދަ ލިންކުތަކުގެ ޝިކާރައަކަށް ވެފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ހާއްސަކޮށް ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އާންމު ކުރުމަށް […]

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށައިފިއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައި ވަނީ 2012 ވަނަ އަހަރުއެވެ. ހައި ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނީ ހުޅުމާލޭގައި ވަކި ކޯޓެއް ހުރުމަކީ އޭގެ ސަބަބުން އެކި ގޮންޖެހުންތައް ދިމާވާ ސަބަބެއް ކަމަށެވެ. ހަމައެހެންމެ މިކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށްވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. ހައިކޯޓުން މިގޮތަށް ހުކުމް ކޮށްފައި ވާއިރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް އުވާލުމަށް ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން މިހާރު […]

އިސްރާއީލުން ބޭނުންވަނީ މުޅި އަރަބި އަދި އިސްލާމީ ސަރަހައްދު

އިސްރާއީލުން ބޭނުންވަނީ މުޅި އަރަބި އަދި އިސްލާމީ ސަރަހައްދު ކަމަށް ހިޒްބުاللهގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޝެއިޚް ނާއިމް ޤާސިމް އިއްޔެ ވިދާޅުވެއްޖެއެވެ. ނާއިމް ވިދާޅުވީ އިސްރާއީލުން ހިފާފައިވާ ހައިފާ އާއި ޓެލް އަވީވަށް އިއްޔެ ހަމަލާދީފައިވާ ކަމަށާއި މިއީ ހިޒްބުاللهގެ މަރުޙޫމް ސެކްރެޓަރީ ޖެނެރަލް ޝަހީދު ސައްޔިދު ހަސަން ނަޞްރުالله އެދިވަޑައިގަންނަވާނޭ ގޮތް ކަމަށެވެ. އަދި މިއަދު އެ ޖަމާއަތުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގެ ތެރެއިން ބޭނުން ކޮންމެ ބަޔަކަށް ހަމަލާދެމުން އަންނަ ކަމަށް ނާއިމް […]

ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފި އެވެ. އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ޑައިވް ސެންޓަރެއް ތަަރައްޤީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެޗްޑީސީން ބުނީ މި މަސައްކަތް ހަވާލުކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި ކުންފުނީގެ ތަޖުރިބާއާއި ފައިނޭންސްގެ ކަންކަން ވެސް ހިމެނޭ ކަމަށެވެ މި މަސައްކަތަށް ޕްރޮޕޯސަލް އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން […]

ޕޮލިޓެކްނިކުން ޤައުމީ ފެންވަރުގެ ދިވެހި ބޭސްވެރިކަމުގެ ކޯސްތަކެއް ފަށަނީ

ޤައުމީ ފެންވަރުގެ ދިވެހި ބޭސްވެރިކަމުގެ ކޯސްތަކެއް ފަށަން މޮލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުވެއްޖެއެވެ. މިކަންހާމަކޮށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން މިހެން ވިދާޅުވީ ޕޮލިޓެކްނިކުން ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ކުރެއްވި ދަތުރަށްފަހުއެވެ. އެގޮތުން ޛޫޝާން ވިދާޅުވީ މިގޮތަށް އަތޮޅުތަކަށް ކުރެވޭ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީންވާން ޑިމާންޑް ހުރި ދާއިރާތަކާއި، ރާއްޖެއަށް އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަސް ފަސޭހަވެގެން ދާކަމަށެވެ. އަދި އައު ކޯސްތައް ފެށުމަށް ބޭނުންވާ މައުލޫމާތާއި ފަންނުވެރިން ހޯދުމަށްވެސް ފަސޭހަވެގެންދާކަމަށެވެ. މި […]

އެމްއާރްއެމް އުވާލުމުގެ މަސައްކަތް ކުރާތީ އެ ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްތޯ ބަލަނީ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް ކުރަމުންދާތީ، އެ ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ ހުށަހަޅަން އަންގައިފި އެވެ. އެމްއާރްއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ އުވާލަން ނިންމާފައި ވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ވަރަށް މެންބަރުން ހަމަކުރެވިފައި ނުވާތީއެވެ. މިކަންހާމަކޮށް އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްއާރްއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޕާޓީގެ އެއްވެސް […]

އިސްރާއީލުން ޣައްޒާގެ އަލް އަގްސާ ހޮސްޕިޓަލަށް ދިން ހަމަލާ އީރާނުން ކުށްވެރިކޮށްފި

ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް އަގްސާ މަތީރް ހޮސްޕިޓަލަށް އިސްރާއީލުން އިއްޔެ ދިން ބޮމުގެ ހަމަލާތަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ކުށްވެރިކޮށްފި އެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން އިސްމާއިލް ބަޣާއީ ވިދާޅުވީ މި ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޕްލޭންގެ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ބައިނަލްއަގްވާމީ ގާނޫނުތަކުން މަދަނީ ތަންތަނާއި އަމާޒުތަކަށް ހާއްސަކޮށް ހޮސްޕިޓަލްތަކަށާއި މެޑިކަލް އެއިޑް ސެންޓަރުތަކަށް ހަމަލާ […]

ސްޕާއެއް ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުން ކަމަށެެވެ. އެގޮތުން މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން […]