އިންޑިއާގެ ”ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް“ ރާއްޖެއަށް ތަޢާރަފު ކުރަނީ

އިންޑިއާގެ ”ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް“ (ޔޫ.ޕީ.އައި) ރާއްޖެއަށް ތަޢާރުފު ކުރަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މި ބައްދަލު ކުރެއްވުމުގައި ޔޫ.ޕީ.އައި ތަޢާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށާއި މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. […]

އީރާނުން ބޯޑަރު ފާރުތައް ހަދަން ފަށައިފި

އީރާނުގެ އިރުމަތީ ބޯޑަރުގައި ބޯޑަރު ފާރުތައް އަޅަން ފަށައިފި އެވެ. މިކަންހާމަކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އީރާނުން އިރުމަތީ ބޯޑަރު ހުރަސްކޮށް ފާރު ހަދަން ފަށާފައިވާ ކަމަށް އިސްލާމިކް ރިޕަބްލިކްގެ ބޯޑަ ގާޑް ޕޮލިސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަހުމަދު އަލީ ގައުދަރުޒީ ވަނީ ވިދާޅުވެފައެވެ. އަހުމަދު އަލީ ގައުދަރުޒީ މިއަދު ވިދާޅުވީ މި ފާރު އިމާރާތް ކުރުމުގެ މަގުސަދަކީ ތެލާއި މުދަލާއި ޚާއްސަކޮށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް […]

ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ބަންދު ދުވަހެއްކަމުގައި ރައީސް ހަމަޖައްސަވައިފި

ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަން ޢިއުލާންކުރީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައެވެ. އެގޮތުން ނޮވެމްބަރު 10 ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ، ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށްވާތީއެވެ. އަދި މި އަހަރު ކަލަންޑަރުގައި ވާގޮތުން، ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ، (2024 ނޮވެންބަރު 10 […]

ބްރިޖު ޕާކް މިއަދު ހުޅުވައިފި

ސިނަމާލެ ބްރިޖު ޕާކް މިއަދު ހުޅުވައިފިއެވެ. މި ޕާކަކީ ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކާއި ދެ ޤައުމުގައި އޮތް ޒަމާންވީ ގާތް ގުޅުން ދައްކުވައިދޭ ތަނެކެވެ. އެގޮތުން މި ޕާކުގެ ތެރޭގައި، ސިނަމާލެ ބްރިޖު މަޝްރޫޢު ތަރައްޤީ ކުރުމުގެ އެކި ފިޔަވަހިތަކުގެ ފޮޓޯ ބަހައްޓާފައި ވެއެވެ. ބުރިޖު ޕާކު ހުޅުވައިދެއްވީ ކޮންސްޓްރްކަޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ޗައިނާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވަންގް ލީޝިން އެވެ. 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 […]

ނަތަންޔާހޫ ދިރިއުޅޭ ގެއަށް ޑްރޯން ހަމަލާއެއް ދީފި!

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅޭ ގެއަށް ހިޒްބުﷲ ޖަމާއަތުން ޑްރޯން ހަމަަލާއެއް ދީފިއެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ހަމަލާދީފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއް ގައެވެ. ގަތަރުގެ މީޑިއާ އަލަރާބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިޒްބުﷲ އިން ސިޒޭރިއާ ސަރަހައްދާއި ދިމާލަށް ފޮނުވާލި ޑްރޯން ޖެހުނީ ނަތަންޔާހޫގެ ގެކޮޅަށެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި ހަމަލާ ނަތަންޔާހޫގެ ގެއަށް އަމާޒުވި ނަމަވެސް އެ ހަމަލާ ދިންއިރު ނަތަންޔާހޫ އާއި އޭނާގެ އާއިލާ އެ ގޭގައި […]

އިލެކްޝަންސް ކޮމިޝަނުގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަނީ

އިލެޝަން ކޮމިޝަން (އީސީ) ގެ އޮފީސް ހިންގަން މާލޭގެ އިމާރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. މިކަންހާމަކޮށް އީސީން ކުރި އިއުލާނުގައި ބުނީ، އެ ކޮމިޝަންގެ އޮފީސް ހިންގުމަށް 10 އަހަރު ދުވަހުގެ މުއްދަަތަކަށް އިމާރާތެއް ކުއްޔަށް ނަގަން ބޭނުންވާ ކަމަށެވެ. އީސީން ބުނީ އެ ކޮމިޝަނުގެ އޮފީސް ހިންގުމަށް އިމާރާތް ކުއްޔަށް ދޫކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެ ކަމަށާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28ވާ ހޯމަ ދުވަހުގެ 13:30ގައި އީސީ ހިންގާ ޕޯޓް […]

ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލަނީ

ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ރައީސް އޮފީހުން ވިދާޅުވީ ދުންފަތް ކޮންޓްރޯލު ކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު […]

އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލުމަށް ނިންމަވައިފި

އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިގޮތަށް ނިންމެވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގެ ބޭނުމަކީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ޙާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި، އެ ޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ޤާނޫނީ ފްރޭމްވަރކެއް […]

ވިލިމާލޭގައި ތަަރައްގީކުރާ ހޮސްޕިޓަލްގެ ފީސިބިލިޓީ ނިމުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާގެ އެހީގައި ވިލިމާލޭގައި ތަަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ނިމުމުގެ އެއްބަސްވުމުގައި މިއަދުު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ކޮންސްޓްރަކްޝަން މިނިސްޓްރީގައެވެ. އެގޮތުން މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުއްތަލިބް އެވެ. އަދި ޗައިނާގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިސިން އެވެ.  މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ […]

ދާލު އަމާންވެށީގެ ޚިދުމަތްތައް ފުޅާކުރަން ސޮއި ކޮށްފި

 ދ. ކުޑަހުވަދޫގައި ހިނގަމުންދާ އަމާންވެށީގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުން އެކުލަވާލާފައި ވަނީ އެއާރޕޯޓުގެ އިޖުތިމާޢީ ހަރަކާތްތައް ކުރިއަރުވާ ޖަމިއްޔާ، ދަ ނޯޓިލަސް ފައުންޑޭޝަނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމެންޓް ދެމެދުގައެވެ. މި އެއްބަސްވުމުގެ ދަށުން ނޯޓިލަސް ފައުންޑޭޝަންގެ އެހީއާއިއެކު ދ. އަމާންވެށީގެ ގޯތިތެރޭގައި ޒަމާނީ ފެންވަރުގެ ޓަރފް ދަނޑެއް ޤާއިމުކުރެވޭނެއެވެ. އަދި ކުދިން ކިޔެވުމަށް އަމާންވެށި އިމާރާތުގައި ކުދިން ކިޔަވާނެ ޒޯނެއް ތަރައްޤީ ކުރުމަށްޓަކައި ލައިބްރަރީ އޭރިއާއެއް […]