ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަނީ

ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައަޅަން ނިންމައިފިއެވެ. މިކަންހާމަކުރެއްވީ ރައީސް ޑރ.މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކޮށް، ބޭނުން ކުރުން މަނާ ކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި […]
ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު ފައިސާ ހަވާލުކުރިތޯ ސުވާލު ކުރަން ޚަލީލް މަޖިލީހަށް ހާޒިރު ކުރަނީ

މިދިޔަ ޖޫން މަހު ޕީއެސްއެމުން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިއަން ރުފިޔާ ހަވާލުކޮށްފިތޯ ސުވާލު ކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ މިކަމާއި ގުޅޭގޮތުން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ނިންމާފައިވީ ނަމަވެސް ފޮރިން މިނިސްޓްރީން މިދިޔަ އޮގަސްޓު މަހު ވަނީ އެ ފައިސާ އދ. ގެ ޖަމިއްޔާ އަންރުއާ އާ ހަވާލުކޮށްފައިވާ ކަން ހާމަކޮށްފައެވެ. އެގޮތުން މިކަމާއި ގުޅިގެން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން […]
ސިނަމަން ވެލިފުށި މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ވ. އަތޮޅު ރިސޯޓެއް ކަމަށްވާ ސިނަމަން ވެލިފުށި މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ. ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 11:29 ހާއިރު ކަމަށެވެ. އަދި ވ. ފެލިދޫގައި ހުންނަ ހޮސްޕިޓަލަށް އަންހެން މީހާ ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރެއެވެ. މި ހާދިސާގައި މަރުވެފައި ވަނީ ބެލަރޫސްއަށް ނިސްބަތްވާ 63 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން […]
ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ފެންމަތިވެއްޖެ

ޓީޗަރަކު ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންތަކެއް ގްރޫމް ކުރި މައްސަލައެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައެއް މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ހާމަކުރެއެވެ. މި ހާދިސާ ހިނގާފައި ވަނީ މ، ފ، ދ، ތ އަދި ލ. އަތޮޅުގައި […]
ފަލަސްޠީނާއި ލުބްނާނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވަން ޖެހޭ:ޑރ.ޝަހީމް

ފަލަސްޠީނާއި ލުބްނާނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވާ އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރެއްވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ. ޑރ.ޝަހީމް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްޠީނާއި އިޒްރޭލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވައި މެދުއިރުމައްޗަށް ޞުލްޙަ ގެނައުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދު ކަމަށާއި އެކަމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މީގެ […]
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ހުޅުވައިފި

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ހުޅުވައިފިއެވެ. މިކަންހާމަކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ޗެއަރޕާސަން ލުބްނާ މުޙައްމަދު ޒާހިރު ވާހަކަ ދައްކަވަމުންނެވެ. ލުބްނާ ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅޭ ޤާނޫނުގެ ދަށުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.އެގޮތުން ކ. ހިންމަފުއްޓާއި ހުޅުމާލޭގައި އެފަދަ ސެންޓަރުތަކެއް ޤާއިމް ކޮށްފައިވާ ކަމަށާއި އެންމެ ފުރަތަމަ އޮޕަރޭޓް ކުރަން ފެށީ ހުޅުމާލޭގެ ސެންޓަރުގެ ޚިދުމަތް ކަމަށްވެސް ލުބްނާ […]
ފައިސާގެ އިނާމު ލިބޭގޮތަށް މީރާއިން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

ފައިސާގެ އިނާމު ލިބޭގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރެހުމުގެ މުބާރާތެއް ބާއްވަން ހުޅުވާލައިފިއެވެ. މި މުބާރާތުގެ މަޢުލޫއަކީ ”ޤައުމު ބިނާ ކުރުމުގައި ޓެކްސްގެ ދައުރު“ އެވެ. އެގޮތުން ”ގުޅިގެން މީރާ“ އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލާފައިވަނީ މި މަހުގެ ނިޔަލަށެވެ. ތިން އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 13 އަހަރާއި 15 އަހަރާ ދެމެދާއި، 16 އަހަރާއި 18 އަހަރާއި […]
ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަން ފަންނީ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން މެލޭޝިޔާގެ އިސްލާމިކް މިނިސްޓަރު ދެއްވައިފި

ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަން ފަންނީ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން މެލޭޝިޔާގެ އިސްލާމިކް މިނިސްޓަރު ދެއްވައިފިއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދު މެލޭޝިޔާއަށް މިހާރު ކުރަމުން އަންނަ ދަތުރުގައި މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު ޢިއްޒައްދީން ޢަދުނާންއާ ބައްދަލުކުރައްވާފައެވެ. ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމުގެ އިތުރުން، ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނުކުރުމަށް ވެސް އެހީތެރިވެ ދެއްވާނެ ކަމުގެ ޔަޤީންކަން […]
ރައީސް މުޢިއްޒު، އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޯވޯ އަށް މަރުޙަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. ރައީސް ސުބިއަންތޯއަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެ މަނިކުފާނުގެ ކުރިއަށް އޮތް ދައުރުގައި ތަރައްޤީގެ އައު ހަރުފަތްތަކެއް ގިރާކުރެވި ސުލްޙަ މަސަލަސްކަން ގާއިމުކޮށް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.އަދި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައި ވެއެވެ. ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށް އިންޑޮނޭޝިއާ ސަރުކާރާއެކު […]
ރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނު ކުރަން މެލޭޝިޔާގެ ޔުނިވަރސިޓީއަކާއެކު އެއްބަސްވެއްޖެ

ރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނު ކުރަން މެލޭޝިޔާގެ ޔުނިވަރސިޓީއަކާއެކު އެއްބަސްވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.އެގޮތުން މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިސްްލާމީ އިޤުތިޞާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް […]