އިސްރާއީލަކީ ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް،ޕާކިސްތާން އޮތީ އީރާނާއެކު: ޕާކިސްތާނުގެ ޖަމާއަތު އިސްލާމް

އިސްރާއީލަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި ޕާކިސްތާން އޮތީ އީރާނާއެކު ކަމަށް ޕާކިސްތާނުގެ އިސްލާމިސްޓް ސިޔާސީ ޕާޓީއެއް ކަމަށްވާ ޖަމާއަތު އިސްލާމްގެ ނައިބު ލީޑަރު އިލްމުވެރިޔާ ލިޔާޤަތު ބަލޫޗް ވިދާޅުވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުގެ ޖަމާއަތު އިސްލާމްގެ ޑެޕިއުޓީ ލީޑަރު ދާދިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ”އިސްރާއީލަކީ ދުނިޔެއަށް ބޮޑު ނުރައްކަލެއް“ ކަމަށް ވިދާޅުވެ، ”ޕާކިސްތާން އޮތީ އީރާނާ އެކު“ ކަމަށް ވިދާޅުވެފައެވެ. އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ […]

އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެ

އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ވެރިޔާ ހުސެއިން ސަލާމީ ވިދާޅުވެއްޖެއެވެ. ސަލާމީ މިހެން ވިދާޅުވީ އިރާނުގެ ބިމަށް އިޒްރޭލުން ދިން ހަމަލާއަށް އިޝާރާތް ކުރައްވައެވެ. އެގޮތުން މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވީ އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ އިސްރާއީލަށް ތަސައްވަރު ނުކުރެވޭނެ ކަމަށެވެ. ސަލާމީ މިހެން ވިދާޅުވީ އީރާނުގެ ސިފައިންގެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސާވީއަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި […]

އަސްލާ ހިލާފު ލިޔުމެއް ތައްޔާރުކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފި

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން  ތަހުގީގު ކުރަމުންދާ، އަސްލާ ހިލާފު ލިޔުމެއް ތައްޔާރުކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް އޭނާ ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ ނާޝިޠު އިބްރާހީމް، އަނޯނާގެ / ބ. ތުޅާދޫ (23އ)އެވެ. ފުލުހުން މިއަދު ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން […]

ފުލުހުންނަށް ޤައުމިއްޔަތު ސެޝަނެއް ކުރިއަށް ގެންގޮސްފި

ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ދިވެހި ފުލުހުންގެ މުވައްޒަފުންނަށް ގައުމިއްޔަތާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ކަމަށެވެ.އަދި މި ސެޝަނުގައި، ގޭންގު ކްރައިމް އެންފޯސްމަންޓާއި ޑްރަގް އެންފޯސްމަންޓުގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ .ކަމަށް ފުލުހުން ހާމަކުރެއެވެ އެ ސެޝަނަކީ ފުލުހުންގެ ގޭން ކްރައިމް އެންފޯސްމަންޓާއި ދިވެހި ބަހާއި […]

އިރާނުގެ މިސައިލް ފެޝިލިޓީތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ދެ މީހަކު ޝަހީދުވެއްޖެ

އިސްރާއީލުން ރޭ ދަންވަރު ވައިގެ މަގުން އީރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ސިފައިންގެ ދެ މީހަކު ޝަހީދުވެއްޖެއެވެ. އިރާނުގެ އަސްކަރިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނީ ރޭ ދަންވަރު އިޒްރޭލުން އިރާނަށް ދިން ހަމަލާ ކާމިޔާބު ކަމާއެކު އެ ގައުމުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ސިސްޓަމުން ކުރިމަތިލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި ބައެއް ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މި ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ ސިފައިންގެ ދެ މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ. […]

އީރާނުގެ ވެރިރަށުގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށްފި

އީރާނުގެ ވެރިރަށް ތެހެރާނުގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށްފި އެވެ. ތެެހެރާނުގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓް ކޮށްފައި ވާއިރު އިސްރާއީލުން ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އިރާނަށް ވައިގެ ހަމަލާތަކެއް ދީފައެވެ. ދެފަހަރެއްގެ މަތިން އިސްރާއީލުން އިރާނަށް ހަމަލާ ދީފައިވީ ނަމަވެސް މިހާތަނަށް މި ހަމަލާތަކުގައި ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން އީރާނުގެ ވެރިރަށް ތެހެރާން ޕްރޮވިންސްގެ އެއާ ޑިފެންސް އެކްޓިވޭޓްކޮށްފައި ވަނީ އިޒްރޭލުން ދީފާނެ ހަމަލާޔަކާ ކުރިމަތިލުމަށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މީޑިއާ ރިޕޯޓުތައް […]

ބުޅާ ފެޝިލިޓީ އަންނަ މަހު ދޭއްގައި ހުޅުވަން ނިންމައިފިި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީ ކުރަމުން އަންނަ ބުޅާ ފެސިލިޓީ އަންނަ މަހުގެ 2 ވަނަ ދުވަހު ހުޅުވަން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ތަަރައްޤީ ކުރަމުން އަންނަ ބުޅާ ފެޝިލިޓީގެ މަސައްކަތްތައް ނިމި ހުޅުވަން ތައްޔާރުވެއްޖެކަން ހާމަކޮށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރީން ބުނީ އެ ފެޝިލިޓީ މި އަންނަ މަހުގެ ދޭއް ގައި ހުޅުވާނެ ކަމަށެވެ. އެގޮތުން މި ފެސިލިޓީގެ މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ ކަމަށާއި މިހާރު […]

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ!

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް އެ ދެމީހުން ހޯދަން އާންމުކޮށް އަންގާ އިއުލާނުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ އަޙްމަދު ރާއިފް، ގަނދަކޯޅިމާގެ / މ. މުލައް، (25އ) އަދި އިސްމާޢީލް ޝައިމަން، ގ. ރަންނާޅިގެ / މާލެ، (28އ) އެވެ. ފުލުހުން ބުނީ އެ ދެ މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި […]

އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ ޕްރޮގްރާމުގެ ދެވަނަ ބުރު ފެށިގެން ކުރިއަށް!

ދިވެހި ފުލުހުންގެ ޚިދުމަތުން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ޓްރެއިނިންގ ފަށައިގެން ކުރިއަށް ގެންދާކަމަށް އެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ މި ޓްރެއިނިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 20 ވަނަ ދުވަހުން ފެށިގެން ފަސްދުވަހުގެ މުއްދަތަށް ކަމަށެވެ. އިންޑޯ އަދި އައުޓްޑޯ ކްލާސްތައް ހިމެނޭ މި ޓްރެއިނިންތައް […]

އިޒްރޭލާއެކު ވިޔަފާރި ނުކުރަން އަޔަލޭންޑުން ނިންމައިފި

އިޒްރޭލާއެކު ވިޔަފާރީ ނުކުރަން އަޔަލޭންޑުން ނިންމައިފިއެވެ. އަޔަލޭންޑްގެ ޕްރައިމް މިނިސްޓަރު ޓާއޮއިސެކް ސައިމަން ހެރިސް ބުދަ ދުވަހު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ނިންމުމަކަށް އަޔަލޭންޑުން ”އިންތިޒާރު ނުކުރާނެ“ ކަމަށެވެ. އެގޮތުން ހަފްތާތަކެއްގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރިން އުފައްދާ އުފެއްދުންތަކުގެ ވިޔަފާރި ހުއްޓާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ޖުލައި މަހު ނެރުނު ލަފާދޭ ޚިޔާލުގެ ތެރެއިން، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ވިޔަފާރީގެ މައްސަލައިގައި ޔޫރަޕްގެ އެހެން ޤައުމުތަކުން ގޮތެއް ނިންމަންދެން […]