އިރާގުގެ އިސްލާމިކް ރެސިސްޓެންސް އިން އިސްރާއީލަށް ހަތަރު ހަމަލާއެއް ދީފި

އިރާގުގެ އިސްލާމިކް ރެސިސްޓެންސް އިން އިސްރާއީލަށް ހަތަރު ހަމަލާއެއް ދީފިއެވެ. އިރާގުގެ އިސްލާމިކް ރެސިސްޓެންސް އިން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ތެރެއިން ”މުހިންމު އަމާޒުތަކަށް“ ހަތަރު ޑްރޯން ހަމަލާއެއް ދީފި އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިރާގުގައި ހުންނަ ރެސިސްޓެންސް ގްރޫޕުން މިއަދު ދިން މި ހަމަލާތަކުގެ ތެރެއިން ތިން ހަމަލާ ދީފައި ވަނީ ހިފާފައިވާ ފަލަސްތީނުގެ ދެކުނަށެވެ. އަދި އަނެއް ހަމަލާ ދީފައި ވަނީ ގޯލާން ހެއިޓްސްގައި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައި ވެއެވެ. […]

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން އެ ބޭންކުގެ ޚިދުމަތުން ވަކިވެ ވަޑައިގަންނަވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެ ބޭންކުގެ ޚިދުމަތުން ވަކިވެ ވަޑައިގަންނަވަން ނިންމަވައިފިއެވެ. މިކަން ހާމަކޮށް ބީއެމްއެލްގެ މުވައްޒަފުންނަށް މިއަދު ފޮނުއްވި އީމެއިލެއްގައި އޭނާ ވިދާޅުވީ ބީއެމްއެލްގެ ޒިންމާތަކުން ފެންނާނެ އެންމެ ފަހު ދުވަހަކީ އަންނަ ނޮވެމްބަރު 7 ކަމަށެވެ. އައިޝަތު ވިދާޅުވީ ބީއެމްއެލްގައި ހޭދަކުރެއްވި މުއްދަތުގައި ކުރިއެރުންތައް ލިބި އަދި ގޮންޖެހުންތަކާ ވެސް ކުރިމަތިލެއްވި ކަމަށެވެ. މީގެ އިތުރުން ބީއެމްއެލްގެ އާ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު އެ […]

ވަށަފަރު ޕޮލިސް ޕޯސްޓު ހުޅުވައިފި

ހއ. ވަށަފަރު ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ. އިއްޔެ ވަށަފަރުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޢަލީ ޝުޖާއު އާއި ވަށަފަރު ކައުންސިލު ރައީސް އަޙްމަދު މުޢީންއެވެ. ިމި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ ވިދާޅުވީ ”ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މި ރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން. މިއަދު ވަށަފަރު ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފެށިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭނެ […]

ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑޮކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑޮކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައިފިއެވެ. އެ ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައި ވަނީ ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ. އެގޮތުން 311 ދަސްވެނިންނަށް ސަނަދު ހަވާލުކުރެވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިން، ފަސްޓް ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިން ފުރިހަމަ […]

ދިވެއްސަކަށްވީތީ ޤައުމަށް ކޮށްދޭންޖެހޭ ކަންކަމަކީ ލޯމަރާލެވެން އޮތް ކަމެއް ނޫން:ރައީސް

ދިވެއްސަކަށްވީތީ ޤައުމަށް ކޮށްދޭންޖެހޭ ކަން ކަމަކީ ލޯމަރާލެވެން އޮތް ކަމެއް ނޫންކަމީ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސްކުރެއްވީ، ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ޢަޒުމަކަށް ވާންވީ، ގޮންޖެހުންތައް އިތުރުވިކަމުގައިވިޔަސް އަމިއްލަ ނަފުސަށް އިތުބާރުކޮށް، ޕޮޒިޓިވް ވިސްނުމެއްގައި، ތިމާއަކީވެސް ކަންކަން ކުރެވޭނެ މީހެއް ކަމަށް ޤަބޫލުކޮށްގެން މަސައްކަތުގެ ނަތީޖާ […]

ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭންވާނީ ވިޔަފާރިއަށް ވުރެ ބޮޑަށް ޘަވާބު އިސްކޮށްގެން:ނައިބު ރައީސް

ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކުން އެ ޚިދުމަތް ދެއްވަންވާނީ ވިޔަފާރިއަށް ވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމަ އާއި ޘަވާބު އިސްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރަންސް އިފްތިތާޙުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ކޮންފަރަންސްގެ އިފްތިތާޙީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މިއަދު ދިވެހިރާއްޖޭގައި މި ފަދަ ކޮންފަރަންސެއް ބޭއްވޭކަމީ، މި މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ […]

ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ޤައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް ނެތް:ރައީސް

ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ޤައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ޒުވާން އަންހެނަކު ރީތީގެ މުބާރާތެއްގައި ވާދަ ކުރާކަން ހާމަކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރައީސް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ ޤުރުއާނުގެ އާޔަތަކާއި މާނަވެސް ހިއްސާ ކުރައްވާފައެވެ. وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ […]

އިސްރާއީލުން އީރާނަށް ތީރެއް ޖަހާލިޔަސް އެކަމަށް ރައްދު ދޭނަން

އިސްރާއީލުން އީރާނަށް ތީރެއް ޖަހާލިޔަސް އީރާނުން އެކަމަށް މާފު ނުކުރާނެ ކަމަށާއި ޔަގީނުންވެސް އިސްރާއީލަށް ރައްދު ދޭނެ ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އީރާނުގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިއާ ޖެނެރަލް އަޒީޒް ނާސިރުޒާދޭ މިހެން ވިދާޅުވީ މިއަދު ހެނދުނު ބޭއްވި ކެބިނެޓް ޖަލްސާގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އިސްރާއީލުން އެގައުމުގެ ފަސްގަނޑަށް ކުރާ ކޮންމެ އަނިޔާއަކަށް އީރާނުން ރައްދުދޭނެކަން ފާހަގަކުރައްވާ އަޒީޒް ނާސިރް ޒާދޭ ވިދާޅުވީ އިސްރާއީލުން އީރާނަށް ތީރެއް ޖެހި ނަމަވެސް އެ […]

މިސް ޔުނިވާސްގައި ބައިވެރިވުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ދިވެއްސަކު ބައިވެރިވުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފައެވެ. ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަން ހާމަކޮށް އެހެން ދޭހަވާ ގޮތަށް ވާހަކަތައް ނުފަތުރަން ގޮވާލާފައެވެ.އަދި  މިސް ޔުނިވާސްގައި ބައިވެރިވުމަށް ނިންމާފައިވާ ދިވެހި ޒުވާނާއަށް އެ ކަން ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ. ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ […]

ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފި

ސަރުކާރުގެ ފަރާތުން މި އަހަރަށް ލަފާކޮށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި ބަޖެޓް ފާސްކުރުމަށް 75 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި މި ބަޖެޓް ފާސް ކުރުމާއި ދެކޮޅަށް 11 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެހެންކަމުން މި އަހަރަށް ލަފާކޮށް މަޖިލިހުން ހުށަހެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭހެން […]