ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާ ކުރެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢު އިފްތިތާހު ކޮށްދެއްވައިފި

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމު ކުރުމެވެ.   މިއަހަރުގެ ޖަނަވަރީ މަހު ވަނީ، ހުޅުމާލޭގައި ސެޓަޕް ޤާއިމުކޮށްފައެވެ. އަދި ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފް.އެސް.އެމް ޝެޑުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުންދާކަމަށާއި، […]

އެމެރިކާ އާއި އިސްރާއީލުގެ ނިމުން ގާތްވެއްޖެ:ހުސެން ސަލާމީ

އެމެރިކާ އާއި އިސްރާއީލުގެ ބާރު ނިމެނީ ކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވެއްޖެއެވެ. ސަލާމީ މިހެން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ތެހެރާނުގައި ގްލޯބަލް އެރޮގަންސް ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި ދެއްވި ތަގުރީރުގައެވެ. އެމެރިކާއާއި އިސްރާއީލުގެ އާރާ ބާރުވެރިކަން ވެއްޓުމާ ފުރިހަމައަށް ގާތްވެފައިވާކަން ފާހަގަކުރައްވައި، ސަލާމީ ވަނީ ވޮޝިންޓަނާއި ޓެލްއަވީވްއަށް އިންޒާރު ދެއްވާފައެވެ. ސަލާމީ ވިދާޅުވީ އިރާނުގެ ދިފާޢީ ބާރުތަކުން އިސްރާއީލަށް އެކަށީގެންވާ ވަގުތެއްގައި ޔަގިނުންވެސް ރައްދުދޭނެ […]

ހަނދާން ނުނެތޭނެވަރުގެ ބާރުގަދަ ހަމަލާއެއް ޒަޔަނިސްޓް އިސްރާއީލަށް ދެވޭނެ: އީރާން

ހަނދާން ނުނެތޭނެވަރުގެ ބާރުގަދަ ޙަމަލާއެއް ޒަޔަނިސްޓް އިސްރާއީލަށް ދޭނެ ކަމަށް އީރާނުން އަންނަނީ އިންޒާރު ދެމުންނެވެ. އެގޮތުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ވެރިޔާ ހުސެއިން ސަލާމީ ވަނީ އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެކަން ހާމަކޮށްފައެވެ. އަދި އިސްރާއީލުން އީރާނަށް ދިން މިސައިލް ޙަމަލާގެ ބަދަލުގައި ފުނޑުފުނޑު ވެގެންދާ ވަރުގެ ރައްދު ޙަމަލާއެއް އީރާނުން ދޭނެ ކަމަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވެސް ވަނީ އިސްރާއީލަށާއި އެމެރިކާއަށް އިއްޔެ […]

ނޫސްވެރިކަމުގެ އިނާމު ދިނުމުގައި އަމަލުކޮށްފައިވާގޮތް ތަހުގީގު ކުރަން އޭސީސީން، އެމްއެމްސީއަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދީފައިވާ ގޮތާމެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް އޭސީސީގެ ޓީމެއް އެމްއެމްސީއަށް ވަދެއްޖެއެވެ. އެނގިފައިވާ ގޮތުގައި އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަނީ ނޫސްވެރިކަމުގެ އިނާމު ދިނުމުގައި އެމްއެމްސީގެ މެންބަރުންގެ ތެރެއިން ބަޔަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑް ދީފައިވާ ކަމަށް ބުނާ މައްސަލައެކެވެ. އެމްއެމްސީން ބޭއްވި […]

އިސްރާއީލުގެ މަރުކަޒުތަކުން އަރަބި ދައުލަތަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދޭނަން:އިރާގުގެ އަލް ނުޖޫބާ

އިސްރާއީލުގެ މަރުކަޒުތަކުން އަރަބި ދައުލަތަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމަށް އިރާގުގައި ހަރަކާތްތެރިވާ އަލް ނުޖޫބާ ރެސިސްޓެންސް މޫވްމަންޓް އިން ބުނެފިއެވެ. އިރާގުގެ ނުޖޫބާ މޫވްމަންޓް އިން މިގޮތަށް ބުނެފައި ވަނީ އިސްރާއީލުން އެހެން ޤައުމުތަކަށް ހަމަލާ ދިނުމަށް އެމެރިކާއިން މަގުފަހިކޮށްދީ ތާއީދުކުރަމުން އަންނާތީވެ،އެ ޖަމާއަތުން އެމެރިކާއަށް އިންޒާރު ދެމުންނެވެ. އެގޮތުން އިރާގަށް ހަމަލާއެއް ދިނުމަށް އިޒްރޭލަށް އެމެރިކާއިން އެހީތެރިވެދީފިނަމަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާތައް އަމާޒު ކުރާނެ ކަމަށްވެސް އަލް ނޫޖާބާ ރެސިސްޓެންސް ހަރަކާތުން ވަނީ […]

ހިޒްބުﷲ އިން ފޮނުވާލި ރޮކެޓް ހިފެހެއްޓުމުގައި ނާކާމިޔާބުވި މައްސަލަ އިޒްރޭލުން ތަހުގީގު ކުރަނީ

ހިޒްބު ﷲ އިން އިއްޔެ އިޒްރާއީލަށްށް ފޮނުވާލި ރޮކެޓު ހިފެހެއްޓުމުގައި ނާކާމިޔާބުވި މައްސަލަ އިޒްރޭލުން ތަހުގީގު ކުރަން ފަށައިފިއެވެ. އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ހޮނިހިރު ދުވަހު ފޮނުވާލި ރޮކެޓް ހިފެހެއްޓުމުގައި ނާކާމިޔާބުވި މައްސަލަ އެ އަސްކަރިއްޔާއިން އަންނަނީ ތަހުގީގު ކުރަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހޮނިހިރު ދުވަހު ލުބުނާނުގެ ހިޒްބުالله އިން 130 އަށް ވުރެ ގިނަ ރޮކެޓް ވަނީ އިޒްރޭލަށް ފޮނުވާލާފައެވެ. އަދި މިއަދު […]

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް މާދަމާ ބާއްވަނީ

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން އެމްއެންޑީއެފްއިން ނިންމައިފިއެވެ. އެގޮތުން އެމްއެންޑީއެފުން ބުނީ މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ  ނޮވެންބަރު 3 ވަނަ ދުވަހު ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުން ކަމަށެވެ. އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ […]

އިސްރާއީލުގެ އުޅަނދެއް ބަނދަރު ކުރުމުން އިސްތަންބޫލްގެ ބަނދަރެއްގައި މުޒާހަރާ ކޮށްފި

އިސްރާއީލުގެ އުޅަނދެއް ބަނދަރު ކުރުމުން ތުރުކީގެ އިސްތަންބޫލްގެ ބަނދަރެއްގައި މުޒާހަރާކޮށްފިއެވެ. އިސްތަންބޫލްގެ އަމްބަރްލީ ބަނދަރަށް ޝިޕިން ކުންފުނި ޒިމްގެ އިޒްރޭލާ ގުޅުން ހުރި އުޅަނދެއް ބަނދަރުކުރުމުން އެތައް ހާސް ބަޔަކު އެ ބަނދަރަށް އެއްވެ ވަނީ މުޒާހަރާކޮށްފައެވެ. ތުރުކީގެ އިސްތަންބޫލްގެ މި ބަނދަރަކީ މާމާރާ ކަނޑުގެ އުތުރު އައްސޭރިފަށުގައި އޮންނަ ބަނދަރެކެވެ. އިސްތަންބޫލްގެ ބަނދަރުތަކުގައި އިޒްރޭލްގެ ”ޒަޔަނިޒަމް“ އަށް ޖާގައެއް ނެތް ކަމަށް ބުނެ އަޑުއުފުލަމުން ދިޔަ މީހުން ފަހަތަށް ޖެއްސުމަށް ބުރާސްފަތި ދުވަހުގެ ރޭ ބަނދަރުގެ […]

ޕެޓް ކެއާ ފެސިލިޓީ“އޮޅު ހިޔާ“ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ތަރައްޤީ ކުރި ޕެޓް ކެއަރ ފެސިލިޓީ ނުވަތަ ”އޮޅު ހިޔާ“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ޕެޓް ކެއާ ފެސިލިޓީ ހުޅުއްވައި ދެއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް-2 ގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެޓް ކެއަރ ފެސިލިޓީ، ހުޅުއްވައިދެއްވައި އެތަން ބައްލަވާލައްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅު ހިޔާ މަޝްރޫޢު ހަޤީޤަތަކަށް ހެދުމަށް މި ސަރުކާރުން […]

އީރާނުން މިރޭ ޔަހޫދީ އިސްރާއީލަށް ޙަމަލާ ދީފާނެ – އެމެރިކާ

އީރާނުން މިރޭ އިސްރާއީލަށް ހަމަލާދީފާނެ ކަމަށް ބުނެ ތައްޔާރީ ހާލަތުގައި ތިބުމަށް އަންގާ އެމެރިކާއިން އިންޒާރު ދީފިއެވެ. އެމެރިކާއިން އިސްރާއީލަށް މިގޮތަށް އިންޒާރުކޮށްފައި މިވަނީ އީރާނަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއިލަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަޔަށް ތައްޔާރުވެފައި ވަނިކޮށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިރޭގެ ވަގުތެއްގައި އީރާނުގެ ހަމަލާތަށް ފޮނުވާލާފާނެ ކަމަށް ބުނެ އެމެރިކާ އިން ވަނީ އިސްރާއީލުން […]