ނަތަންޔާހޫ ބިރުން ދަރިފުޅުގެ ކައިވެނި ފަސްކޮށް ބިންގަރާހުގައި

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބިރުން މި މަހު ބާއްވަން ހަމަޖެހިފައިވާ ދަރިފުޅުގެ ކައިވެނި ފަސްކޮށް ”އަންޑަގްރައުންޑް ސޭފްރޫމް“ އަށް ވަދެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ނަތަންޔާހޫ ބިންގަރާހަށް ވަދެފައި ވަނީ ސަރަހައްދީ ރެސިސްޓެންސް މޫވްމަންޓްތަކުން ބަދަލުހިފުމުގެ ޑްރޯން ހަމަލާތަކެއް ދީފާނެ ކަމުގެ ބިރަށެވެ. މިކަމާއި ގުޅިގެން ނަތަންޔާހޫ ވަނީ ނޮވެމްބަރު 26 ވަނަ ދުވަހު ޓެލް އަވީވްގެ އުތުރުގެ ސަރަހައްދެއްގައި ބާއްވަން ހަމަޖެހިފައިވާ އޭނާގެ ދަރިފުޅު އަވްނަރުގެ ކައިވެނިވެސް ފަސްކޮށްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް […]
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން މިއަދު ބުނީ މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ކަސްޓަމްސްއާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރއެއް ބަލައިފާސްކޮށްގެން ކަމަށެވެ. މި ތަކެތި ހޯދާފައި ވަނީ މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ އެ ކޮންޓެއިނަރ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ […]
ބަޖެޓު ބަހުސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. މި އަހަރަށް ލަފާކޮށް މަޖިލިހުން ހުށަހެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭހެން މި އަހަރުގެ ބަޖެޓު ވަނީ 56.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި […]
އިސްރާއީލުން ސީރިއާގެ ޝިންޝާ އަށް ދިން ހަމަލާގައި 9 މީހަކު ޝަހީދުކޮށްލައިފި

ޒަޔަނިސްޓް އިޒްރޭލުން ސީރިއާގެ ހޮމްސްގެ ބޭރުގައި އޮންނަ ޝިންޝާ އަވަށަށް ހަމަލާދީ 9 މީހަކު ޝަހީދުކޮށްލައިފިއެވެ. ސީރިއާގެ ލޯކަލް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ސީރިއާގެ ހޮމްސްގެ ބޭރުގައި އޮންނަ ޝިންޝާ އަވަށަށް އިޒްރޭލު ސިފައިން ވަނީ އާ ހަމަލާއެއް ދީފައެވެ. އަލްމަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ވަނީ ޝިންޝާ އަވަށުގެ އިންސާނީ އެހީގެ ކޮންވޯއީއަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އެ ހަމަލާތަކުގައި ނުވަ މީހުން މަރުވެ 10 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް […]
ޓާޝަރީ ހޮސްޕިޓަލެއް ގޮތަށް ފެސިލިޓީތައް ޤާއިމުކޮށް މި މަހު 16 ގައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަނީ

ޓާޝަރީ ހޮސްޕިޓަލެއް ގޮތަށް ފެސިލިޓީތައް ޤާއިމުކޮށް މި މަހު 16 ގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ސަރުކާރުން ނިންމައިފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްޤީކޮށް ނިންމާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ބޭނުންކުރަން ފެށި ހޮސްޕިޓަލެކެވެ. ނަމަވެސް އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާފައެއްް ނުވެއެވެ. ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް މި މަހުގެ 16 ވަނަ ދުވަހު […]
ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛަށް ވަޑައިގެންފިއެވެ. މިއީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، ރިޔާޛު ސަރަޙައްދުގެ ޑެޕިއުޓީ ގަވަރނަރ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒެވެ. މަތީ ފަންތީގެ ވަފުދަކާއެކު […]
ތެހެރާނުގެ މަގަކަށް ޝަހީދު އިސްމާއިލް ހަނިއްޔާގެ ނަން ދީފި

އީރާނުގެ ވެރިރަށް ތެހެރާނުގެ މަގަކަށް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސްގެ ސިޔާސީ ލީޑަރު ޝަހީދު އިސްމާއިލް ހަނިއްޔާގެ ނަން ދީފިއެވެ. ޝަހީދު ހަނިއްޔާގެ ނަމުން ނަން ދީފައި ވަނީ ތެހެރާނުގެ ކުރީގެ އުތުރު ފަލަސްތީނުގެ މަގަށެވެ. އިސްމާއިލް ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑަކު ޝަހީދުކޮށްލާފައި ވަނީ ޖުލައި 31 ވަނަ ދުވަހު ތެހެރާނުގައެވެ. އެއީ އީރާންގެ އާ ރައީސް މަސްއޫދު ޕެޒެސްކިއާން މަޤާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަނިއްޔާ ހުންނެވި ގެކޮޅަށް ޔަހޫދީން ދިން ހަމަލާއެއްގަ […]
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާފަށް އެދިއްޖެ

ފަނަރަ ވަނަ ބޮޑީ ބިލްޑިންގް މުބާރާތް ބޭއްވުމަށްފަހު ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއެމް) އިން ދިވެހި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ފަރާތުން މާފަށް އެދިއްޖެއެވެ. ބީބީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކެނެރީފް މޯލްޑިވްސް ރިސޯޓުގައި ކުރިއަށް ގެންދާ 15 ވަނަ ވޯލްޑް ބޮޑީ ބިލްޑިން މުބާރާތާ ބެހޭ ގޮތުން އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މާފަށް އެދޭ ކަމަށެވެ. އެގޮތުން މި މުބާރާތް […]
ހިޒްބުﷲ އިން އިސްރާއީލުގެ އަސްކަރީ މުވާސަލާތީ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި!

ހިޒްބު ﷲ އިން އިސްރާއީލުގެ އަސްކަރީ މުވާސަލާތީ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ. ލުބުނާނުގެ ހިޒްބުﷲ ރެސިސްޓެންސް މޫވްމަންޓުން ޒަޔަނިސްޓް އިސްރާއީލުގެ އަސްކަރީ މުވާސަލާތީ މަރުކަޒަކަށް ވައިގެ ހަމަލާ އަމާޒުކޮށްފައި ވަނީ ސުއިސައިޑް ޑްރޯންތަކުގެ ސްކޮޑްރަންއަކާ އެކުގަ އެވެ. ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ހިޒްބުﷲ އިން ބުނީ އެ ޖަމާއަތުން ޓިބެރިއާސް ލޭކްގެ ދެކުނުން ލުބުނާނާއި ފަލަސްތީނުގެ ބޯޑަރާއި 55 ކިލޯމީޓަރު ދުރުގައި އޮންނަ އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ އައިން ޚޮޒްލޮޓް ބޭސް އަށް ހަމަލާދީފައިވާ […]
ޕާކިސްތާނުގެ ރޭލްވޭ ސްޓޭޝަނެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 25 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ރޭލު ސްޓޭޝަނެއްގައި ޖާނުން ފިދާވެގެން މިއަދު ދިން ބޮމުގެހަމަލާއެއްގައި 25 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދު 09:00 ގައެވެ. މި ހަމަލާގެ ޒިންމާ ނަގާފައި ވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ ބެލޫޗިސްތާން ލިބަރޭޝަން އާމީ އިންނެވެ. އަދި މިއީ ސިފައިންނަށް އަމާޒުކޮށްގެންދިން ހަމަލާއެއް ކަމަށް އެނގިފައި ވެއެވެ. ރެއިލްވޭ ސްޓޭޝަނަށް ދިން މި ހަމަލާގައި 25 މީހުން މަރުވެފައި ވާއިރު 53މީހަކު ވަނީ ޒަޙަމްވެފައެވެ. ”ހަމައެހެންމެ ކަމާބެހޭ ފަރާތްތަކުން ވަނީ […]