ދަރުމަވަންތަ ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ތަރައްޤީކޮށް ރަސްމީކޮށް ހުޅުވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިރޭ އެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރައީސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ޓަރޝަރީ ފެންވަރުގައި ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވައި، އެ ހޮސްޕިޓަލުގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައިދެއްވައި، އަދި ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފައެވެ. މީގެއިތުރުން އެ މަނިކުފާނު މިރޭ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ […]
ކާރެއްގައި މީހަކު ރަހީނު ކުރި ކަމަށްބުނެ ހައްޔަރުކުރި މީހުންގެ އާއިލާއިންކުރާ ތުހުމަތުތައް ބަލަނީ

ހުޅުމާލެ، އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި ކަމަށް ބުނެ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރި މީހުންގެ އާއިލާތަކުން ފުލުހުންނަށް ތުހުމަތުތަކެއް ކުރާތީ އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. މި މައްސަލައިގައި މީހަކު ރަހީނުކުރި ކަމަށް ބުނެ ހައްޔަރުކުރި މީހުންގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މީހަކު ރަހީނުކުރި ކަމަށް ބުނެ ފުލުހުން ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. ”ހަމަޔަގީނުންވެސް ކާރެއްގެ ތެރޭ މީހަކު ރަހީނުކުރިކަމަށް ބުނެ ހަބަރު […]
ޑިޕްލޮމެޓިކް ޕާސްޕޯޓް ބޭނުންް ކުރާ ދިވެހިންނަށް ވިސާއާ ނުލައި 90 ދުވަހު އަޒަރުބައިޖާންގައި ހުރެވޭ ގޮތަށް ހަދައިފި

ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ބޭނުންް ކުރާ ދިވެހިންނަށް ވިސާއާ ނުލައި 90 ދުވަހު އަޒަރުބައިޖާންގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެެވެ. މިގޮތަށް އެއްބަސްވެފައި ވަނީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ކޮންފެރެންސް އޮފް ދަ ޕާރޓީސް އޮފް ދަ ޔޫއެންއެފްސީސީސީގެ ހަވާސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާއި އަޒަރުބައިޖާންގެ ހާރިޖީ ވަޒީރު ޖޭހުން ބައިރަމޯލް އާއެކު ބޭއްވި ބައްދަލު ކުރެއްވުމަށްފަހުއެވެ. ދެ ޤައުމުގެ މެދުގައި އެކުލަވާލެވުނު މި އެއްބަސްވުމުގައި ރާއްޖެއާއި އަޒަރުބައިޖާންގެ ރައްޔިތުންނަށް ދަތުރުފަތުރު […]
ސަޢޫދީ ޢަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ،ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްތީނުގެ ޙައްޤުޤައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ކޮޕް29 […]
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 8 ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 8 ބިން ވިއްކަން ހުޅުވާލައިފި އެވެ. އެޗްޑީސީން މިއަދު ބުނީ ބީލަމުގެ އުސޫލުން ދޫކުރާ މި ބިން ތަކަކީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލި ބިންތަކެއް ކަމަށެވެ. އަދި އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. މި 8 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ 2 ބިމަކާއި ބީޗް ސައިޑުން ދޫކުރާ 6 ބިމެއް ކަމަށް […]
ހިޒްބުﷲއިން ޓެލް އަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރީ މައި މަރުކަޒަށް ހަމަލާދީފި

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ޓެލް އަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރީ މައި މަރުކަޒަށް ބުދަ ދުވަހު ހަމަލާދީފިއެވެ. ރިޕޯޓުތައް ބުނާގޮތުން ހިޒްބުﷲ ޖަމާއަތުން ފުރަތަމަ ފަހަރަށް ޓެލްއަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމަލާދީ ވަނީ ގެއްލުންދީފައެވެ. އެ ޖަމާއަތުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުން އިސްރާއީލުގެ މައިގަނޑު އަސްކަރީ މުއައްސަސާތައް ހިމެނޭ ”ހަކިރިޔާ ބޭސް“އަށް ޑްރޯންތަކުގެ ސްކޮޑްރަންއަކާއެކު ވައިގެ މަގުން ހަމަލާދީފައިވާ ކަމަށެވެ. ހަމަލާދީފައިވާ އެ ތަނަކީ އިސްރާއީލުގެ ”މިނިސްޓްރީ […]
ޑޮލަރު މާރުކުރުމުގެ ގަވައިދު އުވާލަން އުއްޗު އެދިއްޖެ

ބޭރު ފައިސާ މާރުކުރުމަށް އެމްއެމްއޭއިން މިހާރު އެކުލަވާލާފައިވާ ގަވައިދަށް އަމަލުކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ސަރުކާރަށް ގޮވާލައްވައިފިއެވެ. އުއްޗު މިގޮތަށް އެދިފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އަށް ފޮނުވި ސިޓީއެއްްގައެވެ. އެމްއެމްއޭ އަށް ފޮނުވި ސިޓީގައި އުއްޗު ވަނީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކްތަކުން ޑޮލަރު މާރުކުރުމަކީ ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމެއްކަން ފާހަގަކޮށްފައެވެ. ހަމައެހެންމެ ފަތުރުވެރިކަމުގެ ދާއިރާގެ […]
ސިޔާސީ ޕާޓީތަކުން ޤާނޫނާ ހިލާފުވެއްޖެނަމަ، އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރެވޭ ޤާނޫނު އިސްލާހު ކޮށްފި

ސިޔާސީ ޕާޓީތަކުން ޤާނޫނާ ހިލާފުވެއްޖެނަމަ، އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރެވޭ ޤާނޫނު އިސްލާހު ކޮށްފިއެވެ. މި ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ޢަބްދުއްލަޠީފް މުހައްމަދު އެވެ. އިސްލާހުގައި ވާގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި އަދި އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ. […]
އީރާނުން، އިސްރާއީލާއި ގުޅުންހުރި 4 ޓެރަރިސްޓަކު މަރާލައި،7 މީހަކު ހައްޔަރަށް!

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން، ޒަޔަނިސްޓް އިސްރާއީލާއި ގުޅުން ހުރި 4 ޓެރަރިސްޓަކު މަރާލައި 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އީރާނުގެ ސިސްތާން އާއި ބަލޫޗެސްތާނުން އިސްރާއީލާ ގުޅުން ހުރި ޓެރަރިސްޓުން މަރާ ހައްޔަރު ކޮށްފައި ވަނީ އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ސިފައިން ހިންގަމުން އަންނަ ސަލާމަތީ އެކްސަސައިޒެއްގައެވެ. އެގޮތުން އެ ސަލާމަތީ އެކްސަސައިޒްގައި ފާއިތުވެ ދެ ދުވަހުގެ ތެރޭގައި 4 ޓެރަރިސްޓަކު މަރާލައި 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. […]
ކާބަން މަދުކުރުމަކީ އިޚްތިޔާރެއް ނޫން، އެއީ ކުރަންޖެހޭ ކަމެއް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާއިރު، ކާބަން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މޫސުމީ ބަދަލުތަކާބެހޭ އދގެ އިދާރާ (ޔޫ.އެން.އެފް.ސީ.ސީ) އިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކޮންފަރަންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި، ޗައިނާގެ ޑެންގޯންގް ޕްރޮވިންސުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިފްތިތާޙީ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އަޒަރުބައިޖާނުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސް […]