ދެން އަންނަ ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން މަސްދަޅުކޭހެއް!

ދެން އަންނަ އަހަރުގެ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތަކުގެ ބަދަލުގައި މަސްދަޅުކޭހެއް ހަދިޔާކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެގޮތުން ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ“ކުރިއަށް އޮތް ރަމަޟާން މަހަށް ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން،“ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެސްޓީއޯގެ އެމްޑީއަށް އަންގާފައި ވާނެ […]

މި ސަރުކާރަކީ އުންމީދު ގެނެސްދޭނެ ސަރުކާރެއް:ނައިބު ރައީސް

މި ސަރުކާރަކީ އުންމީދު ގެނެސްދޭނެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ކުރިއަށްއޮތް ތަނުގައި ދިވެހީންގެ ރާއްޖެ މެނިފެސްޓޯ ތަންފީޒުވަމުންދާ މަންޒަރު ފެނިގެންދާނެ ކަމަށާއި ބަޖެޓުގެ ބޮޑު ބައެއް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ޚާއްޞަކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށިގެންދާނޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ބޭރުގެ ފަރާތްތަކުން […]

އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް އައުމާއެކު ޔުކްރެއިން-ރަޝިޔާ ހަނގުރާމަ އަވަހަށް ނިމިދާނެ:ޒެލެންސްކީ

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވެ ވަޑައިގަތުމާއެކު ޔުކްރެއިން-ރަޝިޔާ ހަނގުރާމަ ދާދި އަވަހަށް ނިމިގެން ހިނގައިދާނެ ކަމަށް ޔުކްރެއިންގެ ރައީސް ވްލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ޒެލެންސްކީ މިހެން ވިދާޅުވެފައި މި ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ޓްރަމްޕާ ފޯނުން ދެއްކެވި ވާހަކަފުޅަށްފަހުއެވެ. ޒެލެންސްކީ ވިދާޅުވީ ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތުމުން ޔުކްރެއިނުން ރަޝިޔާއާ އެކު ކުރާ ހަނގުރާމަ ”އަވަހަށް ނިމޭނެ“ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޓްރަމްޕާއެކު ކުރެއްވި […]

މަސްތުވާތަކެތީގެ މައްސަލައެއްގައި މަޑިފުށިން ހައްޔަރުކުރީ މީހާގެ ބަންދަށް 15 ދުވަސް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ތ.މަޑިފުށިން ހައްޔަރުކުރީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން މިއަދު ބުނީ ނޮވެމްބަރު 14 ވަނަ ދުވަހު މަޑިފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަޑިފުށި  ބަނދަރު ސަރަހައްދުން ހައްޔަރުކޮށްފައިވަނީ ތ. މަޑިފުށި / އެދުރުގެ، ހާޝިމް ޢަބްދުﷲ (28އ) ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަަމަށް ފުލުހުން ހާމަކުރެއެވެ.  މި މައްސަލައާ ގުޅިގެން […]

ނަތަންޔާހޫގެ ގެއަށް ފްލެޝް ބޮމުގެ ހަމަލާއެއް!

 އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް ފްލެޝް ބޮމުގެ ހަމަލާއެއްދީފިއެވެ. ނަތަންޔާހޫގެ ގެއަށް ފްލެޝް ބޮމުގެ ހަމަލާއެއްދީފައި މި ވަނީ އެ ގެއަށް ޑްރޯން ހަމަލާއެއްދިންތާ މަހެއްހާ ދުވަސް ފަހުންނެވެ. އެގޮތުން ފަލަސްތީނުގެ ސިޒޭރިއާގައި ހުންނަ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް ފްލެޝް ބޮމުގެ ހަމަލާއެއްދީފައިވާކަން ހާމަކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ.   އިސްރާއީލުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ދެ ސިގްނަލް ފްލޭއާ ވެއްޓިފައި ވަނީ ނަތަންޔާހޫ ގޭގެ ބަގީޗާތެރެއަށެވެ. އިސްރާއީލު ސިފައިންގެ […]

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ތައިލެންޑްގެ ވެރިރަށް ބެންކޮކުން އިއްޔެ ދިވެއްސަކު      ހައްޔަރުކޮށްފައި ވަނީ އިނގިރޭސިވިލާތުން ފޮނުވި ޕްރޮޓީން ސަޕްލިމެންޓް ކޮންޓެއިނަރެއްގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް ތިން ކިލޯގެ މެފެޑްރޯން ކޫރިއާ ފެސިލިޓީއަކުން ނަގަން އުޅެނިކޮށެވެ. މި މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް އޭނާގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.

އައު ޚިދުމަތްތަކަކާއެކު ހުޅުމާލެ ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވައިދެއްވައިފި

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު، ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުއްވައިދެއްވައިފިއެވެ. އެ ހޮސްޕިޓަލް ހުޅުއްވާދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ.، އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ޚިދުމަތްތަކާއެކު އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ވަނީ ތަރައްޤީކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި […]

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް މިރޭ ހުޅުވައިފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް މިރޭ ހުޅުއްވައިދެއްވައިފިއެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. މި ބޭންކް ތަރައްޤީކޮށްފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އުމަރު ޝޮޕިން އާކޭޑް އިމާރާތުގައެވެ. ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެ ބޭންކަށް ލައިސަންސް ދީފައި ވަނީ […]

އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އިމާރާތްކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ބ.އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އިމާރާތްކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި މި އެއްބަސްވުން ހަވާލުކުރީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން 15 ފަންގިފިލާގެ ތިން ޓަވަރު ޢިމާރާތްކޮށް، 3 ކޮޓަރީގެ 336 ފުލެޓު އަދި 2 ކޮޓަރީގެ 772 ފުލެޓު ތަރައްޤީކުރާނެއެވެ. މި ހައުސިން ޔުނިޓުތައް ވެގެންދާނީ، އޭދަފުއްޓާއި އެ ސަރަޙައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އާބާދީތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ފުރުޞަތަކަށް ކަމުގައި އިމާރަތް […]

އައިވީއެފް ހެދުމުގެ ފުުރުސަތު 64 މީހަކަށް ދޭން ނިންމައިފި

އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) އަދި އިންޓްރަޔުޓްރައިން އިންސެމިނޭޝަން (އައިޔޫއައި) ހެދުމުގެ ފުރުސަތު 64 މީހަކަށް ދޭން ނިންމާފައިވާ ކަމަށް އެންސްޕާއިން މިރޭ ނެރުނު ލިސްޓުގައި ބުނެފިއެވެ. އެންސްޕާއިން މީގެ ކުރިން ބުނީ އައިވީއެފްގެ ފަރުވާގެ ޚަރަދު އަމިއްލައަށް ކުރުމަށް ދަތިވާ ފަރާތްތަކަށް ދަޢުލަތުގެ އެހީއަށް އެދުމުގެ ފުރުޞަތުގެ ދެވަނަ ބުރަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 215 މީހުން އައިވީއެފް އެހީއަށް އެދިފައިވާ ކަމަށެވެ. ހަމައެހެންމެ އެ ފުރުސަތަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 63 ފަރާތެއް ހޮވިފައިވާއިރު […]