އެކްސިޑެންޓުވުމުން ފިލި ޒުވާނާގެ ބަންދަށް 5 ދުވަސް!

ހައިވޭގައި ބާރު ސްޕީޑުގައި އޯވާޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުންވެސް މަޑުނުކޮށް ފިލި ދިވެހި ފިރިހެނަކު ހައްޔަރުކޮޮށް ބަންދަށް 5 ދުވަސް ޖަހައިފިއެވެ. ފުލުހުން މިރޭ ބުނީ، އެ އެކްސިޑެންޓް ހިނގީ އިއްޔެ 14:43 ހާއިރު ކަމަށެވެ. އެގޮތުން ގަވައިދާ ހިލާފަށް އޯވާޓޭކްކުރި ސައިކަލު އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިޔުމުންވެސް ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ ބ. އޭދަފުށި، ފަސްމީރު، ޝުނާން މުހައްމަދު […]
މާލޭގެ އެއްވެސް ތަނެއްގައި ހުއްދަނެތި ޕޯސްޓަރު ނުހިއްޕޭގޮތަށް ހަދަނީ!

މާލޭގެ އެއްވެސް ތަނެއްގައި ހުއްދަނެތި ޕޯސްޓަރު ނުހިއްޕޭގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. މިކަންހާމަކުރައްވާފައި ވަނީ ސްޓެލްކޯއިން ކަރަންޓު ބޯޑުތައް ސާފުކުރުމަށް ފެށި ”ޗާލުވެށި މަގޭ ޒިންމާ“ މަޝްރޫއު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްއެވެ. އެގޮތުން އާޒިމް ވަނީ މާލޭގެ މަގުމަތީގައި ހުރި ކަރަންޓު ފޮށިތަކުގައި ސިޔާސީ ގިނަ ބައެއްގެ ފޮޓޯތައް ހިއްޕާފައި ހުރިކަން ފާހަގަކޮށް އަނެއްކާވެސް ކޮންމެވެސް އެހެން ކެމްޕެއިނެއްގެ […]
ފައިސާ ނުދީގެން މަންމަ އާއި ކޮއްކޮއަށް ވަޅިން ބިރުދެއްކި މީހާގެ ބަންދަށް 7 ދުވަސް!

ފައިސާ ނުދީގެން މަންމަ އާއި ކޮއްކޮއަށް ވަޅިން ބިރުދެއްކި މާލެއަށް ނިސްބަތްވާ 32 އަހަރުގެ ދިވެހި ފިިރިހެނެކު ހައްޔަރުކޮށް ބަންދަށް 7 ދަުވަސް ޖަހައިފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނީ އޭނާއާ އޭނާގެ މަންމަ އަދި ކޮއްކޮއަށް ވަޅިން ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އޭނާގެ ކޮޓަރި ތެރެއިން ދެ ވަޅި ފެނިފައިވާ ކަަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މި މައްސަލައިގައި އިންޒާރު […]
މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް އެންމެ މުހިންމު ކަމަކީ ޤައުމިއްޔަތު ނެގެހެއްޓުން:ނައިބު ރައީސް

މިނިވަން ޤައުމެއްގެ ގޮތުގައި އެތައް ހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށް އެންމެ މުހިންމު ކަމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި ކުރިއަށްދިޔަ ”ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ކަޅުއޮށްފުންމި ދަރުބާރަކީ ދިވެހީންގެ އެއްބައިވަންތަކަމާއި ދެމިތިބުމާމެދު ވިސްނައި، ފިކުރުކުރުމުގެ ބައްދަލުވުމެކެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ […]
މާދަމާއިން ފެށިގެން ސްޕްރީމް ކޯޓާއި ހައިކޯޓު ރިސެސްއަށް

މާދަމާއިން ފެށިގެން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި،ހައިކޯޓު އެއްމަސްދުވަހަށް ރިސެސްއަށް ދާން ނިންމައިފިއެވެ. ގާނޫނުގައިވާގޮތުން، ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ.ސްޕްރީމް ކޯޓުގެ އިތުރުން ހައިކޯޓުންވެސް ވަނީ މިއަދު ނެރުނު އިއުލާނެއްގައި އެއްމަސްދުވަހަށް އެ ކޯޓު ރިސެސްއަށް ދާކަންހާމަކޮށްފައެވެ. ރިސެސްގެ މުއްދަތުގައި އާންމު އަޑުއެހުންތައް ކުރިއަކަށް ނުގެންދާނެއެވެ. ނަމަވެސް ވަކި މުއްދަތެއްގެ ތެރޭގައި ވަކި […]
ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވެ، އެ ޤައުމެއްގެ ސިޔާސީ ވިސްނުމާއި އިޤްތިޞާދީ ބާރުގެ ބޭނުންހިފަން ރައީސް ގޮވާލައްވައިފި

ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވެ، އެ ޤައުމެއްގެ ސިޔާސީ ވިސްނުމާއި އިޤްތިޞާދީ ބާރުގެ ބޭނުންހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިގޮތަށް ގޮވާލެއްވީ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި، ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއަދާހަމައަށްވެސް ފަލަސްޠީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، […]
އެމިރޭޓްސްގައި ޔަހޫދީންގެ ރަބާއި މަރާލި ކަމަށް ޝައްކު ކުރެވޭ މީހުން ތުރުކީން ހައްޔަރުކޮށްފި

ޔުނައިޓެޑް އެރެބް އެމިރެޓްސްގައި މޮލްޑޯވާއަށް ނިސްބަތްކުރެވޭ ޔަހޫދީންގެ ރަބާއީ ޒުވީ ކޯގަން މަރާލި ކަމުގެ ތުހުމަތު ކުރެވޭ އުޒުބަކިސްތާނުގެ 3 މީހަކު ތުރުކީގެ އެއަރޕޯރޓަކުން އެތެރެވުމަށްފަހު ޓެކްސީއަކަށް އަރަން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފިކަމަށް އެގައުމުގެ ނޫހަކަށް ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސް އިން އިއްޔެ ބުނެފިއެވެ. ތުރުކީގެ ސަލާމަތީ ބާރުތަކުން ގެންދިޔައީ އެ 3 މީހުން ދަތުރުކުރި ފްލައިޓް ދެނެގަތުމަށްފަހު އެމީހުން އެ ގައުމަށް އެތެރެވަންދެން ފާރަލަމުން ކަމުގައި ތުރުކީގެ ހުއްރިއްޔަތު އަދި ސަބާހް […]
ޒަހަމްތަކަކާއެކު މޫދުން ފެނުނު މީހާ ނިޔާވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު ބޭރުން މޫދުން ޒަހަމްތަކަކާއެކު ފެނުނު މީހާ ނިޔާވެއްޖެއެވެ. ޒަހަމްތަކަކާއެކު މިއަދު މޫދުން ނެގީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު ބޭރު ތޮށިގަނޑާ ދިމާލުން މޫދުގައި އަނިޔާތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ މޫދުން ފެނުނު މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ.ފުލުހުން ބުނީ އޭނާއަށް އަނިޔާވެފައި ވަނީ އުޅަނދެއްގައި ޖެހިގެން ކަމަށެވެ. ފުލުހުން […]
ކުޑަ ފިރިހެން ކުއްޖަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

ކުޑަ ފިރިހެން ކުއްޖަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ މިފަދަ މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ހުށަހަޅާފައި ވަނީ ކ، އއ، އދ އަދި ވ. އަތޮޅު ހިމެނޭ ނޯތު ސެންޓްރަލް ޕޮލިސްއަށް ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ފިރިހެން ކުއްޖާއަކީ 18 އަހަރުން ދަށުގެ ފިރިހެން […]
ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުން ނެގި މީހާގެ ބޮލުގައި އުޅަނދަކުން ޖެހިފައިވޭ

ޒަހަމްތަކަކާއެކު ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުން ނެގި މީހާގެ ބޮލުގައި ކަނޑު އުޅަނދަކުން ޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު ބޭރު ތޮށިގަނޑާ ދިމާލުން މޫދުގައި އަނިޔާތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ މޫދުން ފެނުނު މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި އެ މީހާގެ ބޮލުގައި އުޅަނދަކުން ޖެހިފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު […]