އަރިއަތޮޅާއި މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރައްވާނެއެވެ. އަދި ވަގުތު ލިބިވަޑައިގަތް މިންވަރަކުން އެ ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލު ކުރައްވާނެއެވެ. ހަމައެހެންމެ މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ރައީސް މުޢިއްޒު ބައްދަލުކުރައްވާނެއެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ […]
އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި، އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަނީ

އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި، އެތަނުގައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. އަލިމަސް ކާނިވަލުގެ ސްޓޭޖް ތަޅާލުމަށް ފަހު، އެތަނުގައި އާ ސްޓޭޖެއް އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަން ހާމަކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައެވެ. ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 16 ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށާއި ބީލަން ހުޅުވުން ވެސް […]
އިތުބާރުނެތްކަމުގެ ވޯޓަށްފަހު ފްރާންސްގެ ބޮޑުވަޒީރު ބާނިއާ މަޤާމުން އިސްތިއުފާ ދެއްވައިފި

އިތުބާރުނެތްކަމުގެ ވޯޓަށްފަހު ފްރާންސްގެ ޕްރައިމް މިނިސްޓަރު މިޝެލް ބާނިއާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.މިޝެލް ބާނިއާ ވަނީ ބުރާސްފަތި ދުވަހު ޕެރިހުގެ އެލިސީ ޕެލަސްގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި އިސްތިއުފާ ހުށަހަޅުއްވާފައެވެ. އެހެންކަމުން މިޝެލް ބާނިއާ ވެފައި މިވަނީ މި ފަހުން ފްރާންސްގެ ތާރީހުގައި އެންމެ ކުރު މުއްދަތެއްގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއަށެވެ.މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިތުރު ބޮޑުވަޒީރެއް އައްޔަނު ކުރެވުމާއި ހަމައަށް ބާނިއާ އާއި އެ މަނިކުފާނުގެ ވަޒީރުން މަޤާމުގެ މައްސޫލިއްޔަތު އަދާކުރައްވާނެއެވެ.ފްރާންސްގެ […]
ކައިވެނި ހަފްލާއެއްގައި އަކްޝޭ ލަވަކިޔާ މަންޒަރު ވައިރަލްވެއްޖެ

ބިޒީ ޝެޑިއުލެއްގައި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ބޮލީވުޑްގެ ސްޕަ ސްޓާރް އަކްޝޭ ކުމާރް 57އ ކައިވެނި ހަފްލާއެއްގައި ބައިވެރިވެ، ލަވަކިޔާ މަންޒަރު ވައިރަލްވެއްޖެއެވެ. އަކްޝޭ ކުމާރުގެ ފޭން ޕޭޖަކުން ދާދި ފަހުން ބޭއްވި ކައިވެނި ހަފްލާއެއްގައި އަކްޝޭ ލަވަ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ހިއްސާކޮށްފަ އެވެ. އެ ކައިވެނީގެ ހަފްލާގައި އަކްޝޭ ކިޔާފައި ވަނީ އޭނާގެ ފިލްމު “ސްޕެޝަލް 26” ގެ ލަވަ “މުޖް މޭން ތޫ” އެވެ. އަކްޝޭ އެ ލަވަ ހުށަހަޅާދީފައި […]
ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ކައުންސިލްތަކަށް މާލީ އެހީތެރިކަން ދެނީ!

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މުހިންމު އަދި ހަރުދަނާ ފިޔަވަޅުތަކުގެތެރޭން ކައުންސިލްތަކުން އިސްނަގައިގެން ރަށުފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ހިންގާ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން އެހީތެރިވާން ނިންމައިފި އެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ވީހާވެސް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން […]
ދުންފަތާ ދުރުވާން އެހީވާ ޚާއްސަ ހޮޓްލައިނެއް ތައާރަފުކޮށްފި!

ދުންފަތުން ދުރުހެލިވުމަށް ބޭނުންވާ ފަރާތްތަކަށް ސްޒޭޝަންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި 1676ގެ ނަމުގައި ކުއިޓްލައިނެއް ގާއިމުކޮށްފިއެވެ. މިކަންހާމަކުރައްވާފައި ވަނީ ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމްއެވެ. “ ސިޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެގޮތް ހެދުމަށްޓަކައި ކްއިޓްލައިނެއް މިވަނީ ޤާއިމްކުރެވިފައި. މިއީ 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ޤައިމްކުރެވިފައިވ ާކުއިޓް ލައިނެއް. މިއަންނަ އާދިއްތަ ދުވަހުން ފެށިގެންމި މި ކުއިޓް ލައިންގެ ޚިދުމަތް އެޗްޕީއޭ މެދުވެރިކޮށް 24 […]
ދިއްފުށީ ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި

ކ. ދިއްފުށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން އެ ރަށުގައި ގާއިމުވެތިބެ ޚިދުމަތްދޭން ފަށައިފިއެވެ. ދިއްފުށީ ޕޮލިސް ޕޯސްޓު ހުޅުވާފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ދިއްފުށި ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ. ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައި ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ […]
އިންޑިއާ ސަފީރު މުނޫ މަހާވަރު ރައީސް މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރުގެ، ސަފީރުކަމުގެ ދައުރަކީ ފަހަކަށްއައިސް ދިވެހިރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ޤައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުޙަލާއެއްކަންވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ވެހިރާއްޖޭގައި އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް […]
21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުންގެ ގޮތްތައް ދަސްކުރުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުންގެ ގޮތްތައް ދަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ. ނައިބުރައީސް މިހެން ވިދާޅުވީ މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ވަނީ މި ޒަމާނަށް އަޅުގަނޑުމެން ހޭލަންވާނީ ވަރުގަދަ ޢަޒުމަކާއި، ހިތްވަރާއެކު، ކަމުގެ ޢިލްމާއި ހުނަރާއި ފަންނުތައް ދަސްކޮށް، އެ ކަންކަމަށް ހޭލުންތެރިވެގެން ކަމަށާއި، 21 ވަނަ ޤަރުނުގެ ތަހުޒީބާއި […]
އޮފީސް ޓެލެޑުރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އޮފީސް ޓެލެޑުރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ކުރި އިއުލާނެއްގައި ބުނީ ”އެން.ސީ.އޭ – އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446“ ގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާ ކަމަށެވެ. އެހެންކަމުން މި މުބާރާތުގެ ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު 12 ވަަނަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަށް ފޯމް ހުށަހަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. މި މުބާރާތުގައި […]