މަސްވެރިންކުރާ ބުރަ މަސައްކަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް:ރައީސް

މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރީންކުރާ ހިންމަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއް ކަމުގައެވެ. މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުން އަންނަނީ […]
ކ.އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ ތަރައްޤީކޮށްދިނުމަށް އެދިއްޖެ

ކ.އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ ތަރައްޤީކޮށްދިނުމަށް އެ އަތޮޅު ކައުންސިލުން އެދިއްޖެއެވެ. ކ.އަތޮޅު ކައުންސިލުން މިގޮތަށް އެދިފައި ވަނީ މިއަދު ހަވީރު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން ވަނީ މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަންކަމާއި އަތޮޅުގެ ވަކި ވަކި ރަށްރަށަށް ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުންދާ އަތޮޅަކަށްވާތީ އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ އިތުރަށް […]
ފޭސްބުކްގައި ހިންގާ ”ހޯމް އާޓް ފަރުނީޗަރ“ ޕޭޖުން މުދާ ގަތުމުގައި ސަމާލުވާން އެދިއްޖެ!

އޮންލައިންކޮށް ވިޔަފާރި ކުރާއިރު ރައްޔިތުން ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ހާއްސަކޮށް ފޭސްބުކްގައި ހިންގާ ”ހޯމް އާޓް ފަރުނީޗަރ“ ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެމަށާއި […]
2025 އަދި 2026 ވެގެންދާނީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުތައް ފުދިގެންދާނެ ދެ އަހަރަށް:ރައީސް

2025 އަދި 2026 ވެގެންދާނީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުތައް ފުދިގެންދާނެ ދެ އަހަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުރައަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޖުމްލަ ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ ރަށްރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށެވެ. ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އިސްކަންދެއްވައިގެން، މިއަންނަ 2025 […]
ޑޮލަރު މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ޙައްޤުގައި:ރައީސް

ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ރާއްޖޭގެ ބޭންކުން މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ޙައްޤުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތްތައް ކުރިއަށްދާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވާފައި މި ވަނީ އަރި އަތޮޅާއި މާލެއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިޤްތިޞާދީ މައްސަލައެއްކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދަށް […]
މާލެ ސިޓީ ކައުންސިލުން، ގަލޮޅު ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވަން ނިންމައިފި

މާލޭ ސިޓީ ކައުންސިލުން ގަލޮޅު ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވަން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ ގަލޮޅު ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ޕާކު ތަރައްގީކުރުމުގެ ޕްލޭންގައި ހިމަނާނެ ކަންކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން ތްރީ-އޮން-ތްރީ ބާސްކެޓް ކޯޓަކާއި އައުޓްޑޯ ބެޑްމިންޓަން ކޯޓަކާއި ދުވާ ޓްރެކަކާއި ކުޑަކުދިން ކުޅޭނެ ހުސް ބިމެއް ހިމެނެއެވެ. މީގެ އިތުރުން އައުޓްޑޯ ޖިމަކާއި އިވެންޓް ބާއްވަން ހާއްސަ ސަރަހައްދެއްވެސް އެ […]
ރައްޔިތުންނާ މަޝްވަރާކޮށްގެން އެ ރަށެއްގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރުމަކީ އެންމެ ރަނގަޅުގޮތް:ތޮއްޑޫ ކައުންސިލް

ރައީސަކު އެރަށަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކުރައްވައިގެން އެ ރަށެއްގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރެއްވުމަކީ އެރަށަކަށް އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިގަންނަވާކަމުގައި ތޮއްޑޫ ކައުންސިލުން ފާހަގަކުރައްވައިފި އެވެ. ތޮއްޑޫ ކައުންސިލުން މިކަން ފާހަގަކުރެއްވީ ތޮއްޑޫ ކައުންސިލްގެ އިދާރާގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް […]
އަރިއަތޮޅާއި މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރައްވާނެއެވެ. އަދި ވަގުތު ލިބިވަޑައިގަތް މިންވަރަކުން އެ ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލު ކުރައްވާނެއެވެ. ހަމައެހެންމެ މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ރައީސް މުޢިއްޒު ބައްދަލުކުރައްވާނެއެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ […]
އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި، އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަނީ

އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި، އެތަނުގައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. އަލިމަސް ކާނިވަލުގެ ސްޓޭޖް ތަޅާލުމަށް ފަހު، އެތަނުގައި އާ ސްޓޭޖެއް އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަން ހާމަކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައެވެ. ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 16 ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށާއި ބީލަން ހުޅުވުން ވެސް […]
އިތުބާރުނެތްކަމުގެ ވޯޓަށްފަހު ފްރާންސްގެ ބޮޑުވަޒީރު ބާނިއާ މަޤާމުން އިސްތިއުފާ ދެއްވައިފި

އިތުބާރުނެތްކަމުގެ ވޯޓަށްފަހު ފްރާންސްގެ ޕްރައިމް މިނިސްޓަރު މިޝެލް ބާނިއާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.މިޝެލް ބާނިއާ ވަނީ ބުރާސްފަތި ދުވަހު ޕެރިހުގެ އެލިސީ ޕެލަސްގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި އިސްތިއުފާ ހުށަހަޅުއްވާފައެވެ. އެހެންކަމުން މިޝެލް ބާނިއާ ވެފައި މިވަނީ މި ފަހުން ފްރާންސްގެ ތާރީހުގައި އެންމެ ކުރު މުއްދަތެއްގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއަށެވެ.މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިތުރު ބޮޑުވަޒީރެއް އައްޔަނު ކުރެވުމާއި ހަމައަށް ބާނިއާ އާއި އެ މަނިކުފާނުގެ ވަޒީރުން މަޤާމުގެ މައްސޫލިއްޔަތު އަދާކުރައްވާނެއެވެ.ފްރާންސްގެ […]