މާމިގިލި ހޮސްޕިޓަލު ތަރައްޤީ ކުރުމުގެ މަޝްރޫޢު މި އަހަރު ފަށަނީ

މާމިގިލި ހޮސްޕިޓާ ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ދަނގެތި ކައުންސިލް އިދާރާގައި މިރޭ ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި މާމިގިލި ހޮސްޕިޓާ ތަރައްޤީކޮށްދެއްވުމަށާއި ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް މާމިގިލި ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ ޕޮލިސް ސްޓޭޝަން ހިންގުމަށް […]

ރައީސް މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ ”ހުރާ އެކުވެރި ހިޔާ“ ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޑރ.މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ”ހުރާ އެކުވެރި ހިޔާ“ ހުޅުއްވައިދެއްވައިފިއެވެ. ”ހުރާ އެކުވެރި ހިޔާ އަކީ ހުރާގެ ރައްޔިތުން އެއްތަންވެ އެކުވެރިކަން އާލާކުރުމުގެ ބޭނުމުގައި ތަރައްޤީކޮށްފައިވާ ބިނާއެކެވެ. ”ހުރާ އެކުވެރި ހިޔާ“ ހުޅުއްވައިދެއްވުމަށްފަހު، ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ ވިދާޅުވީ ހުރާއަކީ ވަރަށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މިއަދު ހުޅުވިގެން މިދިޔަ ބިނާގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ […]

ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތަކާ ބެހޭ ބިލު، ރައީސް ތަޞްދީޤު ކުރައްވައިފި

ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތަކާ ބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، 2024 ޑިސެންބަރު 12 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ މަޤުޞަދަކީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، […]

އދ.އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީ ދަނގެތި، މަހިބަދޫ އަދި އޮމަދުއަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި […]

އަރުބާޒް ކައިރިން ވަރިވިއިރު ގިނަ އަދަދެއްގެ ފައިސާ އަހަރެން ހޯދި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި:މަލައިކާ

ބޮލީވުޑްގެ ބަތަލާ އަދި ނެށުންތެރިޔާ މަލައިކާ އަރޯރާގެ ކުރީގެ ފިރިމީހާ އަރްބާޒް ޚާން ކައިރިން ވަރިވިއިރު ފައިސާގެ ބޮޑު އަދަދެއް އަރްބާޒްގެ އަތުން ނެގި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި ކަމަށް އޭނާ ބުނެފިއެވެ.   އަރްބާޒްއާއި މަލައިކާ ވަރިވެފައި ވަނީ 2017 ވަނަ އަހަރުގެ މެއި މަހުއެވެ. އޭރު އެ ދެ މީހުންގެ ކައިވެންޏަށް ވަނީ ފިރިހެން ދަރިއަކުވެސް ލިބިފައެވެ. އެއީ މިހާރު އުމުރުން 21 އަހަރުގެ އަރްހާން ޚާން އެވެ. ސަތާރަ އަހަރުގެ ދިގު […]

އިސްރާއީލުން ގަސްތުކުރަނީ މުސްލިމުންގެ ހުރިހާ ޤައުމުތަކެއް އަޅުވެތިކުރުމަށް:އަންސާރުﷲގެ ލީޑަރު

އިސްރާއީލުން ގަސްތުކުރަނީ މުސްލިމުންގެ ހުރިހާ ޤައުމުތަކެއް އަޅުވެތި ކުރުމަށް ކަމަށް އަންސާރުﷲ ޖަމާއަތުގެ ލީޑަރު އަބްދުލްމާލިކް އަލް ހޫތީ ވިދާޅުވެއްޖެއެވެ. ޔަމަނުގެ އަންސާރުﷲ ޖަމާއަތުގެ ލީޑަރު ބުރާސްފަތި ދުވަހު ދެއްވި ތަގުރީރުގައި ވިދާޅުވީ އިސްރާއީލާއި އެމެރިކާއިން މުސްލިމް ގައުމުތައް ބައިބައި ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ މާލިކް އަލް ހޫތީ ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކުގައި މި ހަފްތާގައިވެސް ޣައްޒާގެ ގާތްގަނޑަކަށް 1،800 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ”އިސްރާއީލުން ނަސްލު ނައްތާލުމުގެ ހަނގުރާމަ ކުރިއަށް […]

ހިޔާ ފްލެޓްގެ ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްގެ ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި، މަރުވެއްޖެ އެވެ. ފުލުހުން މިރޭ ބުނީ 1:30 ހާއިރު ހިޔާ ފްލެޓްގެ އެޗް5 ޓަވަރުން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ވެއްޓިފައިވާ ކަމަށެވެ. އެގޮތުން އެ ކުއްޖާ ވެއްޓުނީ ހިޔާ ފްލެޓްގެ 13 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.އަދި އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ހާމަަކޮށްފައި ވެއެވެ. ފުލުހުން ބުނީ […]

ޕީއެސްއެމްއިން ގެނެސްދިން ކޮންޓެންޓެއްގައި ޤުރުއާނުގެ ބައެއް އުނިވެފައިވާތީ އެކަމަށް މާފަށް އެދިއްޖެ

ޕީއެސްއެމްއިން ގެނެސްދިން ކޮންޓެންޓެއްގައި ޤުރުއާންގެ ބައެއް އުނިވެފައިވާތީ އެކަމަށް އެ ކުންފުނިން މާފަށް އެދިއްޖެއެވެ. ޕީއެސްއެމްއިން މިއަދު އާންމުކުރި ވީޑިއޯއެއްގައި ހާމަކޮށްފައިވާ ގޮތުން އެ ކޮންޓެންޓްގައި ކީރިތި ގުރުއާންގެ ބައެއް އުނިވެފައިވާކަން އެނގުމާއެކު އެކަންތައް ހިނގަން މެދުވެރިވި ސަބަބު ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ވަނީ ބަލާފައެވެ. ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެއްގެ ސިގްނަލް އެއް ކޮންޓްރޯލްރޫމުން އަނެއް ކޮންޓްރޯލްރޫމަށް ބަދަލުކުރުމަކީ އާއްމުގޮތެއްގައި ކުރާކަމެއް ކަން ފާހަގަކޮށް ޕީއެސްއެމްއިން ބުނީ އެކަން […]

ބައްޝާރުގެ ވެރިކަން ވެއްޓުމުން ސީރިޔާގެ މުސްތަގްބަލް ސުވާލުތަކެއްގެ ތެރެއަށް

ހަޔާތު ތަހްރީރު އަލް ޝާމް ( އެޗް ޓީ އެސް ) އިން ވަރަށް ފަސޭހަކަމާއެކު ޝާމްކަރައިގެ ސީރިޔާގައި އޮތް ޚުދު މުޚްތާރު ސަރުކާރު ނިމުމަކަށްގެނެސް ގައުމުގެ ރައީސް ބައްޝާރުލް އަސަދު އޭނާގެ އާއިލާއާއެކު ގައުމުދޫކޮށް ވަޑައިގަތުން މަޖުބޫރުވެގެން މިދިޔައީ ދުނިޔެ ހައިރާން ކޮށްލާފައެވެ. ސީރިޔާއަށް މަދަދު ކުރަމުންގެންދިޔަ އީރާނާއި އަދި މުޖާހިދުންގެ ޖަމާއަތްތަކަށް ކުރެވުން އެއްވެސް ކަމެއް ނެތްކަހަލަ އެވެ. ހަގީގަތަކީ ކޮބައިކަން މުސްތަގްބަލްގައި އަލިވިލެމުންދާނެއެވެ. މިހާތަނަށް މީޑިއާތަކަށް ލިބިފައިވާ މައުލޫމާތު ތަކަށްބަލާއިރު ބައްޝާރުގެ ސަރުކާރަށް  […]

އިސްރާއީލުން ފާއިތުވި ދެ ދުވަސްތެރޭ ސީރިއާއަށް 480 ހަމަލާ ދީފީ

އިސްރާއީލުން ފާއިތުވި ދެ ދުވަސްތެރޭގައި ސީރިއާއަށް 480 ހަމަލާ ދީފިއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ސީރިއާގެ ސްޓްރެޓެޖިކް އަސްކަރީ އަމާޒުތަކަށް ގާތްގަނޑަކަށް 480 ހަމަލާ ދީފައިވާ ކަމަށެވެ. އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާ ރިޕޯޓުތައްބުނާގޮތުން އެ އަސްކަރިއްޔާއިން ހަމަލާދިން ފެސިލިޓީތަކުގައި ގިނަ ސްޓްރެޓެޖިކް ހަތިޔާރުތަކެއް ވަނީ ރައްކާކޮށްފައެވެ.  އެގޮތުން ކަނޑުގެ ސިފައިންގެ 15 އުޅަނދާއި އެންޓި އެއާކްރާފްޓް ބެޓެރީ އާއި ހަތިޔާރު އުފައްދާ ތަންތަން ހިމެނެއެވެ. […]