އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭ އުސޫލު ތަސްދީގު ކުރައްވައިފި

އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭ އުސޫލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، މި މަހުގެ 9 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ ދަށުން، މިހާރު ތަންފީޛުކުރެވެމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ޤާނޫނުގައި މިހާރު އެކުލެވޭ، ކަފާލާތުގެ ޢާންމު އުސޫލުތަކާއި، ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތައް […]

ސައިބާ ކްރައިމާއި ގުޅުންހުރި އަމަލުތަކަކީ ކުށެއް ކަމަށް ކަނޑައަޅާ ބިލު ތަސްދީގު ކުރައްވައިފި

ސައިބާ ކްރައިމާއި ގުޅުންހުރި އަމަލުތަކަކީ ކުށެއް ކަމަށް ކަނޑައަޅާ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، މި މަހުގެ 9 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ، ސައިބަރސްޕޭސްގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވެފައިވާތީއާއި، އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ ޢަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން […]

އައްޑޫން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ބޯޓަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ”ސީމެކްސް ބޯޓު“ގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ނޭޕާލް ރައްޔިތެއް ކަމަށްވާ ރާޖް ކުމާރް އެވެ. ފުލުހުން ބުނީ އެ ބޯޓު މިހާރު އޮތީ ފުވައްމުލައް ސިޓީ ބަނދަރުގައި ކަމަށާއި އޭނާ ބޯޓުގައި ނެތްކަން އެނގުނީ އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ކަނޑުމަތިން ފުވައްމުލަކާއި އަށް މޭލު ކައިރިވެފައި ވަނިކޮށް ކަމަށެވެ. އައްޑޫން ފުރައިގެން މާލެއަށް ދަތުރު […]

ޖަނަވަރީ 2 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

މި ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ 2 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، މީލާދީ އާ އަހަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ކަލަންޑަރުގައިވާގޮތުން 2025 ޖަނަވަރީ 1ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހާ ކަމަށްވެފައި، އެ […]

ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ރާއްޖޭގައި ލެބޯޓަރީއެއް ޤާއިމުކުރަނީ

ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ރާއްޖޭގައި ލެބޯޓަރީއެއް ޤާއިމުކުރަން ނިންމައިފިއެވެ.މި ލެބޯޓަރީ ތަރައްޤީކުރަން ނިންމާފައި ވަނީ ހދ. ހަނިމާދޫގައެވެ. ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު މި އަހަރު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ރުކު މަޑި ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ސަރުކާރުގެ ދެމެދުގައި ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް […]

މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުން އަންހެނެއް 12 އަހަރަށް ޖަލަށް!

ޑައިމޯފިން ޓްރެފިކް ކުރަން އުޅުނު އަންހެނަކު ބާރަ އަހަރާއި ހަމަސްދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި 12 އަހަރަށް ޖަލައްލާން ހުކުމްކޮށްފައި ވަނީ ގދ. މަޑަވެލީ އުދަރެސްގޭ ސަހާ ވަހީދުގެ މައްޗަށެވެ. މި އަހަރުގެ އޮގަސްޓު ހަތްވަނަ ދުވަހުގެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސ. ގަމަށް ދިއުމަށް ޓާމިނަލުގެ ސެކިއުރިޓީ ޗެކިންއަށް ދިއުމުން، ލައިގެންހުރި ޖިންސުގެ ތެރެއިން ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.   އެގޮތުން އެ ދެ ޕެކެޓުގައި 202.2 ގްރާމުގެ […]

ވެއްޓޭނެއެވެ. އެކަމަކު އަލުން ތެދުވާނަމެވެ.

ހައިރާންކުރުވަނިވި ޔޫ-ޓާރނެއްގައި ހަނގުރާމަ ހުއްޓުމަށްފަހުވެސް އިސްރާއީލުގެ ސިފައިން ވަގުތީގޮތުން ގައްޒާގައި ތިބުމަށް ހަމާސްއިން އެއްބަސްވެއްޖެކަމަށް އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން މިއަދު ޚަބަރު ދީފިއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މިއީ ރަހީނުން މިނިވަން ކުރުމަށްވެސް ހުޅުވިގެންދިޔަ ރަނގަޅު ފުރުސަތެކެވެ. ހަނގުރާމަ ހުއްޓުމުގެ އެބަސްވުމުގެ ދަށުން މިނިވަން ކުރެވޭނެ 30 ރަހީނުންގެ ލިސްޓެއް މިއަދު ހަމާސްއިން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި އެމެރިކާގެ ރައްޔިތުންވެސް ހިމެނެއެވެ. އަދި އޭގެ ތެރޭގައި މަރުވެފައިވާ 5 މީހެއްގެ ހަށިގަނޑުވެސް ހިމެނެއެވެ. ހަމާސްގެ […]

މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ ހުރަސްތައް ގިރާކުރަމުން:ރައީސް

މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ ހުރަސްތައް ގިރާކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ، ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މާތް ﷲގެ އިރާދަފުޅާއެކު، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުން ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި އެ […]

އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދެނީ

އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަޙައްމަލުކުރަމުންދާ ކޮމެޓީތަކެއް ކަމަށެވެ. އެހެންކަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމެޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް، އެކަމަށް ޙައްލެއް ގެނައުމަށް […]

ދަނގެތި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް، 2025 ވަނަ އަހަރު ފައްޓަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އދ.ދަނގެތި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް، 2025 ވަނަ އަހަރު ފައްޓަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފިއެވެ. ރައީސް މުޢިއްޒު ދަނގެތީގެ ރައްޔިތުންނަށް، މި ޔަޤީންކަންދެއްވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން،ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މަސައްކަތް ފަށާ ހިސާބުން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. މީގެ އިތުރުން، […]