އައިޖީއެމްއެޗުން 100 ޑަސްބިން އަދި އައިކެއާއިން 100 ނޯޓުފޮތް ހައުސިން މިނިސްޓްރީއަށް ހަދިޔާކޮށްފި!

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ފަރާތުން 100 ޑަސްބިން އަދި އައިކެއާއި އޮޕްޓިކަލްގެ ފަރާތުން 100 ނޯޓުފޮތް ހައުސިން މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ. ގްރީން ބިލްޑިންގައި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ހިމެނޭހެން ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.އެހެންކަމުން އެ މިނިސްޓްރީން ދެމުން އައި ޚިދުމަތްތައް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތްތައް ދޭން ވަނީ […]
ސޯމާލިއާ ބަޔަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި

ސޯމާލިއާ ބަޔަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ދެންމެ ބުނީ ސޯމާލިއާ މީހުން ކަމަށް ޝައްކުކުރެވޭ ތިން މީހުން ތިބި ޑިންގީއެއް ފުވައްމުލައް ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ފެނިފައިވާ ކަމަށެވެ. އެގޮތުން އެ ޑިންގީ ވަނީ އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށައް ގެނެސްފައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. އަދި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބާ ޕެޓްރޯލުން އެ ސަރަހައްދަށް […]
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ތަހުގީގަށް މަގުފަހި ކުރުމަށް އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ތަހުގީގަށް މަގުފަހި ކުރުމަށް އެޗްޑީސީގެ 15 މުވައްޒަފަކު އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފިއެވެ. އެޗްޑީސީން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އާއި ބައެއް އެހެން މުވައްޒަފުންވެސް ހިމެނެއެވެ. އެޗްޑީސީން 15 މުވައްޒަފަކު ވަކިކޮށްފައި ވާއިރު ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީގެން އުޅޭ މައްސަލައިގައި ރޭގެ ވަގުތެއްގައި އިސްތިއުފާދެއްވި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދާއެކު 20 މީހެއްގެ […]
ސަލަފް ޖަމިއްޔާއިން އަލީ ރަމީޒް ވަކިވެއްޖެ

ސަލަފް ޖަމިއްޔާއިން އަލީ ރަމީޒް ވަކިވެއްޖެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި އަލީ ރަމީޒް ކުރި ޕޯސްޓެއްގައި ބުނީ ޖަމިއްޔަތުން ސަލަފުން އިސްތިޢުފާ ދީފައިވާ ކަމަށެވެ. ނަމަވެސް އަލީ ރަމީޒު ސަލަފުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މީގެ އަހަރުތަކެއް ކުރިން ލަަވަކިޔުމުގެ ދާއިރާއިން މަޝްހޫރުވި އަލީ ރަމީޒް ވަނީ 2003 ވަނަ އަހަރު ލަވަކިޔުން ހުއްޓާލުމަށްފަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ގިނަ މަދަހަ ސީޑީތަކެއްވެސް […]
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ ތަޙުގީގަށް މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ޕޯޓަލެއް!

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ކުރިއަށްގެންދާ ތަޙުގީގަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޤާއިމުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އެއްވެސް ލިޔުމެއް އޮތްނަމަ، https://evidence.police.gov.mv އަށް ހިއްސާކުރުމަށް އެދޭ ކަމަށެވެ. މައުލޫމާތު ހިއްސާކުރާއިރު އަމިއްލަ މަޢުލޫމާތު ހާމަނުކޮށްވެސް މި ޕޯޓަލް މެދުވެރިކޮށް […]
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނަފްސުގެ އަގު ވަޒަންކުރުމާއި ގުޅޭގޮތުން ސެޝަނެއް!

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނަފްސުގެ އަގު ވަޒަންކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ސެޝަން ކުރިއަށް ގެންދާނީ މި މަހު 25 ވަނަ ދުވަހުގެ 16:00 އިން 17:30އަށެވެ. ޖުލައި މަހާއި އޮގަސްޓް މަހާއި އޮކްޓޫބަރު އަދި ނޮވެންބަރު މަހުގައިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ […]
ފަޒުލް އިސްތިއުފާ ދެއްވައިފި!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި އިސްތިއުފާ ދެއްވާކަން ހާމަކޮށް ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ ދޭތެރޭ ކުރަމުންދިޔަ އަދި މިހާރު އެކި މަންސަތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އެގޮތުން ފަޒުލް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ”ބިންވެރިޔާ“ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ […]
ހަށިވިއްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ އެ އިދާރާއާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ބިދޭސީ 7 އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ 2 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. މީގެއިތުރުން މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 3 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާއިރު، ބާކީ 6 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އެސްޕީ ރަޖުނީ ފްލެޓު ގަތްކަމަށް ބުނާ މައްސަލަ ބަލަނީ

ވިނަރެސްއިން ފްލެޓު ގަތް ކަމަށް ބުނެ ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބުއާ ގުޅޭގޮތުން ދައުރުވަމުން އަަންނަ ވާހަކަތަކާއި ގުޅިގެން އެ މައްސަލައިގައި ރަޖުނީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިކަން ހާމަކޮށްފައި ވަނީ ހަސަން ކުރުސީގެ ނަމުގައި ޓްވީޓްކުރަމުން އަންނަ އެކްސް އެކައުންޓުން ވިނަރެސް ޓަވަރުތަކުގައި ހުރި ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ރަޖުނީ ގަނެފައިވާ ކަމަށްބުނެފައި ވަނިކޮށެވެ. އެ އެކައުންޓުން އިއްޔެ ވަނީ ރަޖުނީ ހިމެނޭހެން އިތުރު ބަޔަކު ނުގަވާއިދުން ވިނަރެސް […]
ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމު ކުރަނީ

ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމަށް ދިރާސާއެއް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ. އެމްއެމްއޭއިން ބުނީ މި ފަދަ ސެންޓަރެއް ގާއިމުކުރުމުގެ މަގުސަދުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ އާއި އެއްގޮތް ހައްލުތައް ގެނެސް މާލީ ބައިވެރިވުން އިތުރުކުރުން ހިމެނޭ ކަމަށެވެ. ހަމައެހެންމެ ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ސަރަހައްދީ ގޮތުންނާއި ތަންފީޒީ ގޮތުން […]