އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑރ.މަންމޯހަން ސިންހް އުމުރުފުޅުން 92 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ. އިންޑިއާގެ 13 ވަނަ ބޮޑުވަޒީރު ޑރ މަންމޯހަން ސިންހް މިއަދު ހަވީރު އަވަހާރަވެފައިވާކަން އިއުލާން ކުރީ މިރޭ 9:51 ހާއިރު އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިރޭ ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އައިމްސް)ގެ އެމާޖެންސީ ވޯޑުގައި ސިންހް ވަނީ އެޑުމިޓުކޮށްފައެވެ.ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ޑރ މަންމޯހަން ސިންހް ވަނީ ޔޫޕީއޭގެ ސަރުކާރުގައި ދެ ދައުރެއް […]
ފެނަކައިގެ ކުރީގެ އެމްޑީ އަދި ޕްރޮކިއުމަންޓް ހެޑަށް ދައުވާކޮށްފި

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދަށާއި ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރްޔަމް ދީނާ ސޯލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ. ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ 2018 އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަވާލުކުރެވުނު މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ […]
އިސްދޫ ދާއިރާގެ ކުރީގެ މެމްބަރުގެ ކުންފުނީގެ މައްސަލަ ތަހުގީގު ކުރަން އަންގައިފި

އިސްދޫ ދާއިރާގެ ކުރީގެ މެމްބަރުގެ ކުންފުނީގެ މައްސަލަ ތަހުގީގު ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް ފުލުހުންނަށް އަމުރުކުރައްވައިފިއެވެ. ޕީޖީ އައްބާސް އަމުރުކުރައްވާފައި ވަނީ އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން މައްސަލަ ތަހުގީގު ކުރުމަށެވެ. އެގޮތުން ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް […]
އެމްއެމްޕީއާރްސީގެ ކަރަޕްޝަނާ ގުޅިގެން، އޭސީސީގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރުގެ މައްސަލަތައް ބަލަން އަންގައިފި

އެމްއެމްޕީއާރުސީގެ ކަރަޕްޝަނުގެ މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމަށް ދައުލަތުން ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބަލަން ހައިކޯޓުން އަންގައިފިއެވެ. މި މައްސަލައިގައި އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާއިރު ރިޝްވަތު ގަބޫލު ކުރުމުގެ ދެ ދައުވާއާއި މަނީ ލޯންޑަރިންގެ ދެ ދައުވާ ހިމެނެއެވެ. އާޒިމަށް ދައުލަތުން ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން ބަލަން ހައިކޯޓުން އެންގީ، އެ މައްސަލަ ތަހުގީގުކުރަން ’ޖޮއިންޓް އިންވެސްޓިގޭޝަން’އެއް ހިންގީ ގާނޫނާ ހިލާފަށް […]
މަޖީދީ މަގުގެ ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރަނީ

މަޖީދީ މަގުގެ ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ޙައްލު ކުރުމަށް ކުރެވުނު ސާވޭގެ ތެރެއިން، މަޖީދީ މަގުގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލުގެ މުވައްޒަފުން ޗާންދަނީމަގާއި ރަށްދެބައިމަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފޮޓޯތައް އާންމުކޮށްފައެވެ. ހަމައެހެންމެ […]
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަ އަހަރުގެ ސްޓްރެޓަޖީ ފާސްކޮށްފި

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން، މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030 މިއަދު ފާސްކޮށްފިއެވެ. މި ސްޓްރެޓަޖީ ފާސްކޮށްފައި ވަނީ މިއަދު ހެނދުނު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމަށްފަހުއެވެ. މިއަދު ފާސްކުރި މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަޤްސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރި ކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް […]
އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށްނަގައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަސް ލެޕްޓޮޕް ވަގަށް ނަގައިފިއެވެ. ފުލުހުން މިރޭ ބުނީ ފަރުކޮޅުފުށީގައި ހުންނަ އެ ކުންފުނީގެ އޮފީސް މީގެ ތިން ދުވަސް ކުރިން ފަޅާލައި ފަސް ލެޕްޓޮޕް ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ. އެގޮތުން ލެޕްޓޮޕް ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވޭ މީހާ މިހާރު ހޯދާފައިވާ ކަމަށާއި އޭނާ ހުރީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ޖަލަށް ލާފައި ކަމަށް ފުލުހުން ހާމަކުރެއެވެ. މިހާތަނަށް ކުރި މަސައްކަތުން ލެޕްޓޮޕްތައް އަދި […]
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ“ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް“ އާންމުކޮށްފިއެވެ. ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ“ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް“ އާންމުކޮށްފައި ވަނީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި މިންގަނޑު އާންމުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި އަސާސްތަކާއި މިންގަނޑުތަކަކީ ދިވެހިރާއްޖޭގައި އަލަށް ތައްޔާރުކޮށް އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެކެވެ. މިއީ ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތު […]
ފެނަކައިގެ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އައްޔަންކޮށްފިއެވެ. ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދުގެ އިސްތިއުފާ ގަބޫލުކުރައްވާ އެ މަގާމުން އޭނާ ވަކިކޮށްދީފައިވާ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް […]
ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން، ޗެއާޕާސަންގެ މަގާމަށް ނަމްޒާ!

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާޕާސަނަކަށް ލޯކަލް ގަވަމެންޓުގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ އަދި އެ ކުންފުނީގެ އެމްޑީއަކަށް ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ނަސްރީން މިއަދު އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާޕާސަން ކަމުގެ މަގާމަށް، މ.ހަނީކޯމްބް، އާމިނަތު ނަމްޒާ އައްޔަން ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން […]