އާސަންދައިން ބޭސް ލިބުން ދަތިވާނަމަ ފިހާރައިގެ ނަމާއެކު މައްސަލަ ރިޕޯޓު ކުރަން އެދިއްޖެ

އާސަންދައިން ބޭސް ލިބުން ދަތިވާނަމަ ފިހާރައިގެ ނަމާއެކު މައްސަލަ ރިޕޯޓު ކުރަން އާސަންދަން ކުންފުނިން އެދިއްޖެއެވެ. އާސަންދަ އިން ކުރި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އާސަންދައިން، ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަންޖެހޭ ނަމަ ނުވަތަ ބޭހެއް ނުލިބިއްޖެ ނަމަ އެ ޝަކުވާއެއް ހޮޓްލައިން 7951400 އަށް ވައިބާ ކުރަން އެދޭ ކަމަށެވެ. އެގޮތަށް ރިޕޯޓު ކުރާނީ ބޭސް ފިހާރައިގެ ނަމާއެކު ކަމަށާއި ބޭސް ސިޓީ އަދި ބޭހުގެ ރަސީދު ފޮނުވަން ވެސް އާސަންދަ […]

އެމްއެންޑީއެފުން މާލޭގެ މަގުމަތިން 30,569 ޓަނުގެ ފެން ހިންދައިފި

ރާއްޖެއަށް މިހާރު ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން މާލޭގޭ މަގުމަތިން 30.569 ޓަނުގެ ފެން ހިންދައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ މާލޭ ސިޓީގެ މަގުތަކުން ފެން ހިންދުމަށް އިއްޔެ 11:37 ހާއިރުން ފެށިގެން ކުރަމުން ދިޔަ މަސައްކަތުން މިއަދު 08:30 ހާއިރު ވަނީ މަގުތައް އާންމު ހާލަތަށް ގެނެވިފައި ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި 30،569 ޓަނުގެ ފެން ހިންދާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، […]

ރެކޯޑު މިންވަރަކަށް ވާރޭ ވެހި މާލެއާއި ރަށްތަކުގައި ފެންބޮޑުވެއްޖެ!

ރެކޯޑު މިންވަރަކަށް ވާރޭ ވެހި މާލެއާއި ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ. އެގޮތުން މިހާރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭގައި މާލޭގައި ފެންބޮޑުވެ ގެތަކާއި ފިހާރަތަކަށް ފެން ވަނުމުން ފުލުހުންނާއި ސިފައިން އަންނަނީ މާލޭގައި ފެންހިންދުމުގެ މަސައްކަތް ކުރަމުން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގޭގެއަށާއި ފިހާރަތަކަށް ފެން ވަނުމުން ރައްކާތެރިކުރުމަށް ވެލިބަސްތާ ޖެހުމާއި ފެން ވަދެފައިވާ ގޭބިސީތަކުން ފެން […]

ޖިމްނާސްޓިކްސް އިން ފަސް ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދި އެގްނެސް ކެލެޓީ މަރުވެއްޖެ

ޖިމްނާސްޓިކްސް އިން ފަސް ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދި ހަންގޭރީގެ އާޓިސްޓިކް ޖިމްނާސްޓިކް ކޯޗު އެގްނެސް ކެލެޓީ އުމުރުން 103 އަހަރުގައި މަރުވެއްޖެއެވެ.9 ޖެނުއަރީ 1921 ގައި ބުޑަޕެސްޓަށް އުފަން އެގްނެސް މަރުވެފައި ވަނީ މިއަދު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ. އެގްނެސް މަރުވެފައި ވަނީ މިދިޔަ ހަފްތާގައި ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައި ވަނިކޮށެވެ. އެގްނެސްގެ ދަރިފުޅު ރަފައެލް ބިރޯ-ކެލެޓީ ލޯކަލް ޕްރެސްއަށް ބުނީ އާއިލާއެއްގެ ގޮތުގައި އެކުގައި 9 ޖެނުއަރީގައި […]

އިސްރާއީލުން ޣައްޒާއަށްދިން ހަމަލާގައި ޝަހީދުވި 11 މީހުންގެތެރޭގައި ހަމާސްގެ ޕޮލިސް ޗީފް ހިމެނޭ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ޝަހީދުވި 11 މީހުންގެ ތެރޭގައި ހަމާސްގެ ޕޮލިސް ޗީފް ހިމެނޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާއަށް މިއަދު ދިން ހަމަލާތަކެއްގައި ހަމާސްގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިސް މަހުމޫދު ސަލާހާއި އޭނާގެ އެހީތެރިޔާ ހުސާމް މުސްތަފާ ޝަވާން ވަނީ ޝަހީދުކޮށްލާފައެވެ. މަހްމޫދު ސަލާހު ޝަހީދުވެފައި ވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އަލް މަވާސީ ޑިސްޓްރިކްޓްގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންގެ ޓެންޓްތަކަށް ދިން […]

މާލެ އަދި ހުޅުމާލޭގައި އިތުރު ފެން ޕްލާންޓްތައް މި އަހަރު އަޅާނެ:އެމްޑަބްލިޔުއެސްސީ

މާލެ އަދި ހުޅުމާލޭގައި އިތުރު ފެން ޕްލާންޓްތައް މި އަހަރު އަޅާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މަތީން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.އިތުރުވަމުން އަންނަ އާބާދީއާއެކު މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާކަން ހާމަކޮށް މަތީން ވިދާޅުވީ މާލެއާއި ހުލުމާލެ ހިމެނޭހެން، 5000 ޓަނުގެ ފެން އުފައްދާ އިތުރު 2 ޕްލާންޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަމާޒަކީ 2025 ވަނަ އަހަރު މި ޕްލާންޓް ބަހައްޓާ […]

ދަރުބާރުގޭގެ ހޯލުތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

ދާދިފަހުން ގްރީން ބިލްޑިންގްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާތީ، އެތަނުގެ ހޯލުތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ ތިން މިނިސްޓްރީއެއްގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާތީ އެތަނުގެ ހޯލުތައް ވަގުތީ ގޮތުން ކުއްޔަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. މި މަހުގެ ބާރަ ވަނަ ދުވަހު ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް […]

މޯލްޑިވިއަނުން 50،000 ގަސް އިންދުމަށް ޕްލެޖްކޮށް ގަސް އިންދަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، މޯލްޑިވިއަން އިން 50،000 ގަސް އިންދުމަށް ޕްލެޖްކޮށް، މިއަދު ގަސް އިންދަން ފަށައިފިއެވެ. މޯލްޑިވިއަންގެ ފަރާތުން މި ޕްރޮގްރާމްގައި ބައިވެރިވެ، 50،000 ގަސް އިންދުމަށް ޕްލެޖްކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެގޮތުން މިއަދު ހުޅުލޭގައި ފުރަތަމަ ގަސްތައް އިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ. މި ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތަކުގެ ތެރޭގައި ރުއް، ފަރު، ކަނީރު އަދި […]

އާރުޑީސީގެ ހިޔާނާތާ ގުޅިގެން މޫކޭ އާއި ޔާސިރުގެ ގެ ބަލައި ފާސްކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރުޑީސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)އާއި އޭރުގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ ގެ ބަލައި ފާސްކޮށްފިއެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ރޭ ތިން ތަނެއް ބަލާ ފާސްކޮށްފައެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އާރުޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު މޫކޭ އެ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށް، […]

އިސްރާއީލުން ޔަމަނުގެ ސަނާ އެއާޕޯޓަށް ހަމަލާދިން ވަގުތު ޑަބްލިޔުއެޗްއޯގެ ޓީމު އެ އެއާޕޯޓުގައި

އިސްރާއީލުން ޔަމަނުގެ ސަނާ އެއާޕޯޓަށް ހަމަލާދިން ވަގުތު ޑަބްލިޔުއެޗްއޯގެ ވެރިޔާއާއި އެ މަނިކުފާނުގެ ޓީމު އެ އެއާޕޯޓުގައި އެވަގުތު ތިއްބެވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔަމަނުގެ ސަނާ އެއާޕޯޓާއި އަސްކަރީ މަރުކަޒަކާއި އިންޖީނުގެއަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޔަމަނަށް ދިން މި ހަމަލާތަކުގެ ސަބަބުން 5 މީހަކު ޝަހީދުވެ، 17 މީހަކު ޒަޚަމްވެ، އަދި 3 މީހަކު ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުން ވަނީ […]