މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫނިމާގެ، ނަޒީހް ޝަރީފް (27އ) އާއި ޏ. ފުވައްމުލައް / ދަޑިމަގު، ވައިގެ، މުޙްސިން މުޙައްމަދު […]
ފަޒީސް ހިޖާމާ ކްލިނިކް ހެލްތު މިނިސްޓްރީން ރަޖިސްޓްރީކޮށް ދީފި

ފަޒީލާ އުސްމާނުގެ ”ފަޒީސް ހިޖާމާ ކްލިނިކް“ ހެލްތު މިނިސްޓްރީން ރަޖިސްޓްރީކޮށް ދީފިއެވެ. މިކަންހާމަކޮށް ފަޒީސް ހިޖާމާ ކްލިނިކްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ފަޒީ ބުނީ ހިޖާމާ ކްލިނިކް ރަޖިސްޓްރީ ކުރެވުމަކީ މި ވޭތުވެދިޔަ އަށް އަހަރު ކުރަމުންދިޔަ އުންމީދެއް ކަމަށެވެ. މިހާރު ރަޖިސްޓްރީ ކުރެވިފައިވީ ނަމަވެސް އެ ކްލިނިކުން ހިޖާމާ ފަރުވާ އަދި ފެށެން އޮތީ އޮޕަރޭޓިންގް ލައިސަންސް ލިބިގެން ކަމަށްވެސް ފަޒީ ވަނީ ބުނެފައެވެ. ހަމައެހެންމެ އެ ލައިސަންސް ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން […]
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ. އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައި މިވަނީ ޕީއެންސީއަށް މެންބަރުން އިތުރު ކުރަން ވަގު ފޯމްތަކެއް ހުށަހަޅާފައިވާ މައްސަލާގައި އެކަން ކުރި ކަމަށް ޝައްކުކުރެވޭ ބައެއް މީހުންގެ ފޮޓޯ އެމްޑީޕީގެ ޖަގަހައިގެ ގޭޓުގައި ހަރުކޮށްފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް މައްސަލަ ބަލާފައެވެ.
ސެނަހިޔާ ހޮސްޕިޓަލު ކައިރިން ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިއްޖެ

ސެނަހިޔާ ހޮސްޕިޓަލު ކައިރިން ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު ސެނަހިޔާ ހޮސްޕިޓަލް ކައިރިން ޒަހަމްތަކަކާއެކު މީހަކުވެއްޓިފައި އޮއްވާ ފެނިގެން އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ މައްސަލައިގެ ރިޕޯޓް ލިބިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އެ މީހާއަށް އިތުރު ފަރުވާދިނުމަށް ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅޭ […]
100 ރުފިޔާގެ އައު ނޫޓު މި މަހު 19 ގައި ނެރެނީ

ސަތޭކަ ރުފިޔާގެ އައު ނޫޓު މި މަހުގެ 19 ގައި ނެރޭނެ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭއިން ބުނީ މި ފަހުން ޗާފު ކުރި 100ގެ ނޫޓުތައް މި މަހުގެ 19 ވަނަ ދުވަހު ނެރޭނެ ކަމަށާއި އެ ނޫޓު ދައުރު ކުރާއިރު، މިހާރު ބޭނުންކުރަމުންދާ ނޫޓުތައް ވެސް ދައުރު ކުރަމުންދާނެ ކަމަށެވެ. އެމްއެމްއޭ އިން އަލަށް ޗާޕު ކުރި 100 ރުފިޔާ ނޫޓުގެ ދެ ފަރާތުގައި ވެސް ދިވެހި ރުފިޔާގެ ނިޝާން […]
ފާއިތުވި އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ!

މުދަލު ޒަކާތުގެ ގޮތުގައި ފާއިތުވި އަހަރު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނު ފުރަތަމަ ފަހަރުކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ދިވެހިރާއްޖޭގެ ޒަކާތު ހައުސް 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އިފްތިތާޙު ކުރެވިގެން […]
ފާއިތުވި އަހަރު 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފި

މަގުމައްޗަކީ އެންމެނަށް އަމާން ތަނަކަށް ހެދުމަށް ކުރެވުނު މަސައްކަތުން ފާއިތުވި އަހަރު ޖުމްލަ 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ޓްރެފިކް އަދި ޓޯވިންގ ތަފާސްހިސާބުން ދައްކާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން، ފުލުހުން ބުނީ 66،347 މީހަކަށް ނަސޭހަތް ދީފައިވާއިރު، 7،606 މީހަކަށް ވަޔަލޭޝަން ސްލިޕް ދޫކޮށްފައިވާ ކަމަށެވެ. އަދި ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު […]
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ދެ ރަށެއްގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ދެ ރަށެއްގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށާފައިވާކަަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުންގެ މީޑިއާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ސިހުރު ހަދާކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާއި ގުޅިގެން ރ. މީދޫ އަލި ރ. އަލިފުށީގައި އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިކަމާއިގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ރޯދަމަހު ސަރުކަރުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރާނެ:މިފްކޯ

މި ފެށޭ ރޯދަމަހު ސަރުކަރުން ދޭ އިނާޔަތެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރާނެ ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން މިއަދު ބުނެފި އެވެ. އެގޮތުން މިފްކޯއިން ނިންމާފައި ވަނީ ކޮންމެ ގެއަކަށް 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް ދޫކުރާށެވެ. މިފްކޯއިން މިއަދު ބުނީ އެ ކުންފުނިން ރޯދަ މަހަށް އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށްވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު މި ރޯދަމަހު އުފައްދަންޖެހޭ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވަމުން […]
ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޑީއެސްސީން ހޯދައިފި

ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ހޯދައިފިއެވެ. ރޭ ކުޅުނު ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި، ވާދަވެރި، ކުލަބް އެޗްޑީސީ ބަލިކޮށް ޑީއެސްސީން ޗެމްޕިއަންކަން ހޯދީ 1-3 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީގެ ޖާޒީ ނަންބަރު 10، ލާންސް ކޯޕްރަލް ޙުސައިން ރައްޒާނެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑެލި ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ […]