ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ ޔުނިޓެއް ގާއިމުކުރަނީ

މި ހިނގާ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް އެ ޔަޤީންކަން ދެއްވާފައި ވަނީ މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރ.އަތޮޅުގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭ މަރުކަޒު ގާއިމުވެގެންދާނީ ރ. މާކުރަތުގައިކަމަށެވެ. ރައީސް ވަނީ ތަރައްޤީއަށް ހިންގާ ގިނަ […]
އަމިން ކޮންސްޓްރަކްޝަނަށް ދައުވާކޮށްފި

ފީފާ އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަނާ ދެކޮޅަށް ދައުވާކޮށްފިއެވެ. މި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރަނީ މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލި ދައުވާގައި ބުނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއިން 1,919,950 ޑޮލަރު ޖަމާކުރުމުން، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1,000,000 ޑޮލަރު ނެގޭ ގޮތަށް ބައްސާމު އެ […]
ރާއްޖޭގައި ފާލުބެލުމުގެ ހިދުމަތް ދިނުމަށް އިޝްތިހާރު ކުރި ބިދޭސީބަޔަކު އިމިގްރޭޝަނުން ހިފަހައްޓައިފި

ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް އިސްތިހާރުކުރި ބިދޭސީ ބަޔަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ. އިމިގްރޭޝަނުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފާލުބެލުމުގެ ހިދުމަތް ދިނުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރި 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިފަހައްޓާފައިވާ ކަމަށެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 18 އަހަރާއި 25 އަހަރާއި 39 އަހަރުގެ 3 ފިރިހެނުންނެވެ. އަދި އެ މީހުން ހިފަހައްޓާފައި ވަނީ އެ މީހުންނަށް ދޫކޮށްފައިވާ ވިސާއާ ހިލާފުވެގެން ކަމަށް އިމިގްރޭޝަނުން ބުނެފައި […]
ހުޅުދުއްފާރުގެ ދަނާލުގެ ޢަމަލީ މަސައްކަތްތައް މި ދެ އަހަރު ތެރޭގައި ހިންގަވައިދެއްވާނަން:ރައީސް

ރ.ހުޅުދުއްފާރުގައި ޤާއިމްކުރާ ދަނާލުގެ ޢަމަލީ މަސައްކަތްތައްވެސް މި ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު އެ ޔަޤީންކަން ދެއްވީ ރ.އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ވެ ވަޑައިގެންފައިވާ އެއްވެސް ވަޢުދުފުޅެއް ހަނދުމަނެތި ނުދާ ކަމަށް ވިދާޅުވެ ރ. ހުޅުދުއްފާރުގެ ތަރައްޤީއަށްޓަކައި އަދުގެ […]
އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރ.އަތޮޅުގައި ފަށައިފި

އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރ.އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރުގައި ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އެގޮތުން އެ ޚިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފެވެ. މިނިސްޓަރ އިހްސާން ވަނީ އެ ޚިދުމަތް […]
ސެޕްޓެމްބަރު މަސް ފެށެންވާއިރަށް ހުރިހާ ކްލާސްރޫމުތަކެއްގައި އޭސީ ހަރުކޮށް ނިންމުމަކީ އަމާޒެއް:ރައީސް
ސެޕްޓެމްބަރު މަސް ފެށެންވާއިރަށް ހުރިހާ ކްލާސްރޫމުތަކެއްގައި އޭސީ ހަރުކޮށް ނިންމުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރ.އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސް ރޫމްތަކެއް އިއާދަކުރަނިވި ހަކަތައިގެ ބޭނުންކޮށް އޭސީކޮށްދީ، […]
ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށަނީ

ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ހިނގާ 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި […]
ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް އިސްތިހާރުކުރި ފާދީރީއެއްގެ މައްސަލަ ބަލަން ފަށައިފި

ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް އިސްތިހާރުކުރި ފާދީރީއެއްގެ މައްސަލަ ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ”މާސްޓަ ދުރްގާ ރާއޯ ގުރުޖީ“ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން […]
ރައްޔިތުން އެދޭނަމަ ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހައްދަވަން ބޭނުން:ރައީސް މުޢިއްޒު

ރ. ވާދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މުޅި ރަށުގެ ހުރިހާ ހަކަތައެއް، އިޔާދަ ކުރަނިވި ހަކަތަ، ވަކިން ޚާއްޞަކޮށް އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުންކުރާ ރަށަކަށް ހެއްދެވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. ރ. ވާދޫގެ ރައްޔިތުންނަކީ ވަރަށް ފައްސި ވިސްނުމެއްގައި މަސައްކަތް ކުރައްވާ، ތަރައްޤީގެ ވިސްނުމުގެ ރައްޔިތުންތަކެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ […]
ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ރ.އަތޮޅަށް ފުރާވަޑައިގެންފި

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި މާޅޮސްމަޑުލު އުތުރުބުރީގެ އެގާރަ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށެވެ. ރައީސް އޮފީހުން ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، […]