ޓުއަރިސްޓު ވިސާގައި ރާއްޖެއައި އަންހެނަކު ގެއްލިގެން ހޯދަނީ

ޓުއަރިސްޓު ވިސާގައި ރާއްޖެއައި ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ. ފުލުހުން މިއަދު ބުނީ ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ 2025 ޖަނަވަރީ 22 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ ފުލުހުންނަށް […]

ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެންސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ކައްޕިންނަށް ދައުވާކުރަނީ

ދެހާސް ތޭވީސް ވަނަ އަހަރުގެ އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު “ސަސް އީ ސްޕީޑް” ލޯންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2”ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި، އެތަނުން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލަ ތަހުގީގުކޮށް ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 52 އަަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އެ […]

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުން ލާޒިމުކަމެއް:ރައީސް

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައި މި ވަނީ، ސާފު ހަކަތައިގެ ދުވަހުގެ މުނާޞަބަތުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައެވެ. ރައީސް ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއްކަން ފާހަގަކުރައްވާފައެވެ. އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން […]

އޭސީސީން ކުރާ ތަހުގީގުތައް އަވަސްކުރަން ޕީޖީން އަމުރުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިނގާ ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އައްބާސް ޝަރީފް އަމުރުކުރައްވައިފިއެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ އޭސީސީއިން ހިންގާ ޖިނާއީ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ޕްރޮސިކިއުޓާ ޖެނެރަލް ބެއްލެވިއިރު، ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުގީގު ހިމެނޭގޮތުން، އޭސީސީން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި […]

‎އޭސީސީގެ މެންބަރު ކަމަށް 2 ބޭފުޅަކު ޢައްޔަން ކުރައްވައިފި

 އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، 2 ބޭފުޅުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. ‎އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވީ އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި ޢަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާއެވެ.އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޢަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ […]

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު، މިއަދު ހެނދުނު ޢައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވި 2 ބޭފުޅުންނަކީ، މުޙައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކ.ހުރާ، ރޯޒް އެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މި ދެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް […]

ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ،ރަށްތައް ގުޅުވާލަދިން، ޤައުމީ ބަދަހިކަމުގެ ޚާދިމެއް:ސާޖިދާ

ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ، ދުރުދުރުގައި މާކަނޑެއްގެ އުސްރާޅުތަކުގެ ނިވަލުގައި އެތުރިފައިވާ ރަށްތައް ގުޅުވައިލަދިން، ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ސާޖިދާ މިހެން ވިދާޅުވީ، މިއަދު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި، ”ވިޝަންސް އޮފް ދަ ފިއުޗަރ“ ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދީ، އެ ދާއިރާއާ މެދު ޝައުޤުވެރިކަން […]

އޭއައިގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތު ފަހިވެފައިވާ މި ދަނޑިވަޅުގައި ފަންނިއްޔާތާއި ތަޢުލީމު އެކުއެކީގައި އެކުލެވިގެންދިއުމަކީ ލާޒިމުކަމެއް:ރައީސް

އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތަޢުލީމު ދުވަހާ ގުޅޭގޮތުން ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައެވެ. މި އަހަރުގެ ދުނިޔޭގެ ތަޢުލީމު ދުވަހުގެ ޝިޢާރުކަމަށްވާ، ”އޭ.އައި އެންޑް އެޑިއުކޭޝަން: ޕްރިޒަރވިންގް ހިއުމަން އޭޖެންސީ އިން އަ ވަރލްޑް އޮފް އޮޓޮމޭޝަން“އެވެ. އެގޮތުން މިކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި […]

ފޭސް 2ގެ އެޕާޓްމަންޓަކުން ވަގަށްނެގި 2000 ޑޮލަރުގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ހުޅުމާލެ ފޭސް 2ގެ އެޕާޓްމަންޓަކުން ވަގަށްނެގި 2000 ޑޮލަރުގެ ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހު 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފޭސް 2 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، ތުހުމަތުކުރެވޭ މީހާ ހޯދައި ސުވާލުކޮށް އެ ތަކެތި ހޯދާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ […]

ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި އެ ރަށްތަކުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ ރަށްރަށަށް ވަޑައިގެން، […]