މޮޅަދޫގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ތަރައްޤީ ކޮށްދޭނަން:ރައީސް މުޢިއްޒު

ހއ. މޮޅަދޫގައިވެސް ފުރިހަމަ ފެންވަރެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. މޮޅަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމީ އަދުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، ހއ. މޮޅަދޫގައިވެސް ފުރިހަމަ ފެންވަރެއްގައި ފިޓްނަސް އެންޑް […]
ބައިތުއްޒަކާތުގެ ނަމުގައި ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ

ބައިތުއްޒަކާތުގެ ނަމުގައި ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމައިފިއެވެ. މިކަންހާމަކުރައްވާ އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބިލްޑިނގ (ބައިތުއްޒަކާތު) ނަމުގައި އިމާރާތެއް ހުޅުމާލެގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އުންމީދަކީ މި އަހަރު އެ އިމާރާތުގެ މަސައްކަތް ފެށުން ކަމަށެވެ. މި އިމާރާތް ވެގެންދާނީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށްދެވޭ ޒަކާތު ފަންޑުގެ 10 ބުރީގެ ފުރަތަމަ އިންވެސްޓްމަންޓަށް ކަމަށާއި މި އިމާރާތުގެ އޮފީސް ބައިތަކުން ލިބޭ ނަފާ […]
ހޯރަފުށީގައި ތަރައްޤީކުރި ޖުވެނައިލް ހާފްވޭ ހައުސް ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި

ހއ. ހޯރަފުށީގައި ތަަރައްޤީކުރި ޖުވެނައިލް ހާފްވޭ ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. އެ އިމާރާތް ހުޅުއްވާދެއްވާފައި ވަނީ ރައީސް މުއިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގެންފައެވެ. ސަރުކާރުން ހާމަކުރާގޮތުގައި މި ހާފްވޭ ހައުސްއަކީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި ފަރުވާގެ ނިޒާމާއެކު ޤާއިމުކުރެވިފައިވާ ތަނެކެވެ. އެހެންކަމުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން ރިހިބިލިޓޭޓުކޮށް،ތައުލީމީ ގޮތުންނާއި ދީނީ ގޮތުން ޕްރޮގްރާމްތައް ހިންގާ ހުނަރު ދަސްކޮށްދޭ ޕްރޮގުރާމުތައްވެސް […]
200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް، ސިއްރުން ރާއްޖެއަށް އެތެރެކުރި މައްސަލައެއް ބަލަނީ

ރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން ރާއްޖެއަށް އެތެރެކުރި މައްސަލައެއް ފެންމަތިވެ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، 2024 އޮކްޓޯބަރ 24 […]
ރައީސް މުޢިއްޒު ތަކަންދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވައިފި

ހއ. ތަކަންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.ރައީސް މުޢިއްޒު އެ ޕޮލިސް ޕޯސްޓު ހުޅުއްވާދެއްވާފައި ވަނީ ހއ.އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މި ކަމަށްޓަކައި މިއަދު ތަކަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ތަކަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. ޕޮލިސް ޕޯސްޓް […]
ތަކަންދޫ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށަނީ

ހއ.ތަކަންދޫ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ ތަކަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ތަކަންދޫ ޕްރީސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ބަނދަރު އެއްކޮށް ނިމިގެންދާއިރު ރަށް ގިރުމުގެ މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެ ގޮތަށްކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ތަކަންދޫއަކީ ޤައުމީ ވިސްނުމެއްގައި ސަމާލުކަންދޭންޖެހޭ ރަށެއްގެ ގޮތުގައި […]
މުރައިދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ 3 މަޝްރޫޢުއެއް ފައްޓަވައިދެއްވައިފި

މުރައިދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ 3 މަޝްރޫޢުއެއް ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢުތައް ފައްޓަވާދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހއ.އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުުރުފުޅުގައި މިކަމަށްޓަކައި މިއަދު މުރައިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ވަނީ ވަރަށް ސާފުކޮށް ސަރުކާރުން ކުރާނެ ކަންކަން ތަރުތީބުކުރެވިގެންދާނެ ގޮތް އަބަދުވެސް ހާމަކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ކުރިން ވަނީ މުރައިދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި […]
ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައެޅުމަށްފަހު: ރައީސް މުޢިއްޒު

ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، އެ ކަންކަން ކުރެވޭނެ ގޮތްތައް ކަނޑައެޅުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ.އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ހއމުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށު ސުކޫލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، ކުއްލިއަކަށް އެއްވެސް ކަމެއް ނުބައްލަވައި ނޫންކަމަށާއި، އޭގެ ބަދަލުގައި ކަންކަން ޢިއުލާން ކުރައްވަނީ، އެ ކަންކަން ރާވައި އެކަންކަން ކުރުމަށް މަޝްވަރާކުރުމަށްފަހު، […]
ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ފުރާވަޑައިގެންފި

ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީގެ ދިހަ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށްތަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، […]
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކޮށްފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކޮށްފިއެވެ. ފައިސަލްއަކީ މި ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. ހަމައެހެންމެ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވާފައި ވެއެވެ. […]