އުކުޅަހަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

އއ.އުކުޅަހަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ދެންމެ ބުނީ އއ. އުކުޅަސް އަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާކަމަށެވެ. އަދި އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 17:20 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި ގެނބިގެން މަރުވެފައި ވަނީ އުޒްބަކިސްތާނަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ދެ މިނިސްޓްރީ އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު!

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނު ކުރައްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި ޠާރިޤު އިބްރާހީމް ވަނީ ހުވައި […]

މައްސަލަ ހައްލުކޮށް މުޅިމާލެއަށް އަލުން ކަރަންޓު ދީފި

ދިމާވި މައްސަލަ ހައްލުކޮށް މުޅިމާލެއަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ކުންފުނިން ވަނީ ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ އެ ކުންފުނީގެ އެމަރޖެންސީ ހޮޓްލައިން 104 އަށް ގުޅުމަށް އެދިފައެވެ.ސްޓެލްކޯއިން މިއަދު ބުނީ މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ. އަދި މިހާރު މައްސަލަ ހައްލުކޮށް ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން […]

ދިވެހި ޔޫތު ލީގުގެ ނިމުން ފާހަގަކޮށް، މުބާރާތުގެ ވަނަތަކަށް އެވޯޑުދީފި!

މިދިޔަ 2024 ވަނަ އަހަރު ފެށި ”ދިވެހި ޔޫތު ލީގު“ގެ ނިމުން ފާހަގަކޮށް، އެ މުބާރާތުގެ އެކިއެކި ވަނަތަކަށް އެވޯޑުދީފިއެވެ. ރޭ ބޭއްވި ދިވެހި ޔޫތު ލީގު މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. އެގޮތުން އެ ރަސްމިއްޔާތަށް ވަޑައިގަތުމުން ޤައުމީ ފުޓުބޯޅަ ދަނޑުން ނައިބު ރައީސްއަށް މަރުހަބާ ދެންނެވީ މޯލްޑިވްސް ސޮކަރ މޭޓްސްގެ ރައީސް ޙަސަން މަނިކެވެ. މޯލްޑިވްސް ސޮކަރ މޭޓްސްއިން، ފުޓްބޯލް އެސޯސިއޭޝަން އޮފް […]

މިއަދު ހެނދުނު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ނިޔާވެއްޖެ

މިއަދު ހެނދުނު ސިނަމާލޭ ބުރިޖު ހައިވޭ މަތީގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ނިޔާވެއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯންއެއްގައި ޖެހި އެކްސިޑެންޓެއްވެފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓު ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:19ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން ހާމަކޮށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން […]

ވެރިރަށް މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ

ވެރިރަށް މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯ އިން ދެންމެ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.އަދި “މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން“ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.ހަމައެހެންމެ ޚިދުމަތް މެދުކެނޑިފައިވާތީ ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

ބިދޭސީއެއްގެ އަތުން 30،000 އަށްވުރެ ގިނަ ފައިސާ ފޭރިގަތް ދެ މީހުންގެ ބަންދަށް 10 ދުވަސް!

މާލޭގައި ބިދޭސީއެއްގެ އަތުން 30،000 އަށްވުރެ ގިނަ ފައިސާ ފޭރިގަތް ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ ގުލާބީ ގޯޅީގައި ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލަ ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 2:12 ހާއިރު ކަމަށެވެ. އެ ބިދޭސީ މީހާގެ އަތުން އެ ދެ މީހުން 33،500ރ. ފޭރުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު ފުލުހުން މިހާރު ވަނީ އާންމުކޮށްފައެވެ. އެ މައްސަލައާއި […]

ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއްގައި ހިންގާ އޮފީހެއްބަލައި ފާސްކުރަނީ

ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއްގައި ހިންގަމުން އަންނަ އޮފީހެއް ބަލައި ފާސްކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ތެރޭގައި ހަދާފައި ހުރި ޕްރައިވެޓް އޮފީހެއްގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން، ބަލައިފާސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ތަން ބަލައިފާސްކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެގޮތުން ބަލައިފާސްކުރަމުން އަންނަނީ ހ. ހުޅުގަލިގައި ހިންގާ އަމިއްލަ […]

ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ހއ. އަތޮޅުގެ 10 ރަށަކަށް ޒިޔާރަތްކުރައްވައި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އެގޮތުން މި ދަތުރުފުޅުގައި، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ […]

ސަރުކާރުން އެންމެ އިސްކަންދެނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށަން

ސަރުކާރުން އެންމެ އިސްކަންދެއްވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްފެށުމަށްފަހު، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރުގެ ކުންފުނިތައް މޮބިލައިޒްކޮށް، މަސައްކަތްފަށައި، އެ މަޝްރޫޢުތައް ނިންމުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އުލިގަމު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތް ހަވާލުކުރުމަށްފަހު، އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވިފައިވާ ޤައުމީ […]